އެމެރިކާ، ކެނެޑާ، ނެދަލޭންޑްސް އަދި ލަގްޒަމްބާގަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ދެ ބޭފުޅަކު އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
07 ޖޫން 2016

މިއަދު ފެށި މަޖިލީހުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި އެމެރިކާ އާއި ކެނަޑާ އަށް ކަނޑައަޅާ ސަފީރު ކަމަށް އައްޔަން ކުރަން ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވެވީ ގދ. ގައްދޫ ބެންހާގޭ ޑރ. އަލީ ނަސީރު މުހައްމަދެވެ.
އެމެރިކާ އާއި ކެނެޑާގެ އިތުރުން ޔޫއެންގެ ސަފީރު ކަމަށް ވެސް އަލީ ނަސީރު އައްޔަން ކުރަން ރައީސް ވަނީ ނިންމަވައިފަ އެވެ.
މީގެ އިތުރުން ނެދަލޭންޑާއި ލަގްޒަމްބާގުގައި ހުންނަވާ ސަފީރު ކަމަށް ގ. ސަމަންތާ އަހުމަދު ޝިއާން އައްޔަން ކުރެއްވުމަށް ވެސް ރައީސް ޔާމީން ވަނީ ނިންމަވައިފަ އެވެ.
މި ޖަލްސާގައި ދެ ބިލަކަށް ހުށަހަޅާފައިވާ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުމާއި މަޖިލީހުގެ ގަވާއިދުގެ ދަށުން ފޮނުވާފައިވާ ގަރާރެއްގެ ފުރަތަމަ ކިޔުން އިއްވުން އޮތެވެ.
އދ. އަށް ނަސީރު އައްޔަން ކުރަން ރުހުން ދީފި
އދ. އަށް ނަސީރު އައްޔަން ކުރަން ރުހުން ދީފި
ތިން ސަފީރަކު އައްޔަނުކުރަން މަޖިލީހަށް
ހައްގުތަކަށް އިހުތިރާމް ކުރަން ކެނެޑާއިން ގޮވާލައިފި
ބިލު ތަސްދީގު ނުކުރުމަށް އދ. އިން ގޮވާލައިފި
އެމްޑީޕީއަށް ފަސް ފަނި ފޮނުވައިފިން: ފަލާހު
ކައުންސިލަރުންގެ އަދަދާ ގުޅޭ ގަރާރު ބަލައިގެންފި
ކުޑޫ ހުށަހެޅި އިމްތިޔާޒު މައްސަލަ ބަލައިގެންފި
ގުރައިދޫ މަރުކަޒަށް ވަންނަން މެމްބަރަށް ހުއްދަ ނުދިން
ޖީއެސްޓީއާ ގުޅޭ ގަރާރު ބޭރުކޮށްލައިފި