27 މާޗް 2022
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރަކަށް ހުންނެވި އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްފައިވާ ދެ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކީގެ ތެރޭގައި ހިމެނޭ ނޯޓްގައި އޮތީ ދައުވާގައި ބުނާ މައްސަލާގައި ހިމެނޭ އެކައުންޓް ނަންބަރު ނޫން ކަމަށް އާޒިމާ މިއަދު ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރަކަށް ހުންނެވި އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްފައިވާ ދެ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކީގެ ތެރޭގައި ހިމެނޭ ނޯޓްގައި އޮތީ ދައުވާގައި ބުނާ މައްސަލާގައި ހިމެނޭ އެކައުންޓް ނަންބަރު ނޫން ކަމަށް އާޒިމާ މިއަދު ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށްކުރި މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން، މަނީ ލޯންޑަރިންގައި ޔާމީނަށް އެހީވުމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ލިބޭ އާޒިމާ ވިދާޅުވީ އޭނާގެ މައްޗަށް ދައުވާކުރަނީ ދެ ހެއްކެއްގެ މައްޗަށް ބިނާކޮށްގެން ކަމަށާއި އެއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ލަފައެއް ދިނުމާއި ޔާމީންގެ ފައިސާ ޖަމާކުރިކަން އަންގައި ނޯޓެއް ފޮނުވުން ކަމަށެވެ.
އާޒިމާ ވިދާޅުވީ އޭނާ އޭސީސީއަށް ލަފައެއް ނުދެއްވާ ކަމަށާއި އެފަދަ އެއްވެސް ހެއްކެއް ވެސް ނެތް ކަމަށެވެ. އަދި އޭނާ ފޮނުއްވި ނޯޓްގައި އެކައުންޓް ނަންބަރު އޮތީ ނުބައިކޮށް ކަމަށާއި ދައުވާކޮށްފައި ވަނީ އެކައުންޓް ނަންބަރު ނުބައިކަން ދައުލަތަށް އެނގިހުރެ ކަމަށް ވެސް ވިދާޅުވި އެވެ.
އަޅުގަނޑު ލިޔެފައި މި އޮތް ނޯޓްގައި، އެސްކްރޯ އެކައުންޓްގައި ބެހެއްޓުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު އެކައުންޓަށް ފައިސާ ޖަމާކުރި ވާހަކަ ދެންނެވީމޭ ކިޔާފައި އަޅުގަނޑު ސޮއިކުރި އިރު މި ނޯޓްގައި މި އޮތީކީ ބީއެމްއެލްގެ، ދައުލަތުން އެ ވިދާޅުވާ އެކައުންޓް ނަންބަރެއް ނޫން: އާޒިމާ
އާޒިމާ ވިދާޅުވީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭނީ ދައުވާގައި އެ ބުނާ ގޮތުން ނަމަ، އޭނާ ކުރެއްވި އަމަލެއްގެ ސަބަބުން މަނީ ލޯންޑަރިން ހިންގަން ފުރުސަތު ލިބުނު ކަމުގެ ހެކި ހުރެގެން ކަމަށެވެ. އާޒިމާ އޭސީސީއަށް ލަފައެއް ދެއްވި ކަމަށް ދައުލަތުން ކުރިން ބުނެފައި ވާއިރު އެކަން އެނގޭނެ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަކީ އޭސީސީއަށް ލަފާ ދޭން ވެސް ހުރި މީހެއް ވެސް ނޫން. އަޅުގަނޑަކީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ އިސް ލީގަލް އޮފިސަރު،" އޭނާ ވިދާޅުވި އެވެ.
ދެން އޮތީ އޭނާ ކުރެއްވި އެންމެ އަމަލެއް ކަމަށާއި އެއީ ދައުވާގައި ބުނާ ނޯޓް ނުވަތަ ސިޓީގެ މައްސަލަ ކަމަށެވެ. އެއަށް ބެލުމުން އެނގެނީ، އެ ނޯޓް ފޮނުވާފައި އޮތީ ވެސް ޔާމީންގެ މައްޗަށް ކުށް ސާބިތުވުމަށް ބޭނުންވާ ދެ ކަންތައް ހިނގި ފަހުން ކަމަށް އާޒިމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭންކުގައި ޔާމީން ފައިސާ އިންވެސްޓްކުރުމުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި އެކަން އެނގޭނެ އެއްވެސް ހެއްކެއް ވެސް ނެތް ކަމަށެވެ. އަދި ޔާމީންގެ މައްސަލަ ހުރިހާ ކޯޓަކުން ނިމިގެން ދިޔައިރު ދައުލަތުން އެންމެ ފަހަރަކު ވެސް އާޒިމާގެ ބައިވެރިވުން މިކަމުގައި އޮތް ކަމަށް ބުނެފައި ނުވާ ކަމަށާއި އެއީ ކީއްވެގެންތޯ ވެސް އާޒިމާ ސުވާލުކުރެއްވި އެވެ.
އާޒިމާ ވިދާޅުވީ އޭސީސީން ބުނި އެކައުންޓަށް ފައިސާ ޖަމާކުރިކަން އަންގަން ފޮނުވި ނޯޓްގައި ސޮއިކުރެއްވި ކަމަށާއި އެކަމަށް އިންކާރު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ލިޔެފައި މި އޮތް ނޯޓްގައި، އެސްކްރޯ އެކައުންޓްގައި ބެހެއްޓުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު އެކައުންޓަށް ފައިސާ ޖަމާކުރި ވާހަކަ ދެންނެވީމޭ ކިޔާފައި އަޅުގަނޑު ސޮއިކުރި އިރު މި ނޯޓްގައި މި އޮތީކީ ބީއެމްއެލްގެ، ދައުލަތުން އެ ވިދާޅުވާ އެކައުންޓް ނަންބަރެއް ނޫން،" އާޒިމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭނާ އަކީ އޭރު ދައުލަތުގެ ވަޒީރެއް ކަމަށާއި ނޯޓެއް ފޮނުވަން އޭނާއަށް އެންގުމުން އެކަން ކުރުމަށް ބުނާނީ އެހެން މުވައްޒަފުން ގާތުގައި ކަމަށެވެ.
"މި ސިޓީ ލިޔެގެން ގެނައި އިރު މި ސިޓީގައި އޮތް ކުށެއް މިއީ."
އާޒިމާ ވިދާޅުވީ މިއީ ކުށެއްކަން ދައުލަތަށް ވެސް އެނގޭ ކަމަށާއި އެހެންވެ ޝަރީއަތަށް ހުށަހެޅި އިރު ވެސް އެކައުންޓް ނަންބަރު ތިރީގައި އަންޑަލައިންކޮށް ފާހަގަކޮށްފައިވާ ކަމަށެވެ.
"މިވަރުގެ ދައުވާއެއް ކުރައްވައިގެން މި އުޅެނީ،"
އާޒިމާ ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމި ޔާމީންގެ މައްސަލާގައި، ދައުވާއެއްގައި ހުށަހެޅި ވާގިއާ ނުވަތަ ފެކްޓް އެ ހުށަހެޅި ސަބަބު ސާބިތުވާން ޖެހޭނެ ކަމަށް އެބަ އޮތް ކަމަށާއި ނަންބަރުގައި އޮތީ އޮޅުމެއް ނަމަވެސް އެކަން ވެސް ސާބިތުކޮށްދޭންޖެހޭނެ ކަމަށެވެ.
އާޒިމާ ވިދާޅުވީ އޭނާގެ މައްޗަށް ކުށް ސާބިތުކުރަން ބަލާއިރު އޭސީސީ އަށް ދިން ކަމަށް ބުނާ ލަފައެއް އޮންނަން ޖެހޭނެ ކަމަށާއި އެފަދަ ލަފައެއް ދެއްވާފައި ނުވާނެ ކަމަށެވެ. އަދި ދެން ކުރެއްވި އަމަލީ ފޮނުއްވި ނޯޓް ކަމަށާއި އޭގައި އޮތީ ދައުލަތުން ބުނާ މައުލޫމާތު ނޫން ކަމަށެވެ. މިކަމުގައި އޭނާ ހަވާލާދެއްވީ ޔާމީނަށް ކުށް ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށެވެ.
އެހެންވެ މި ހެކީގެ މައްޗަށް ބަލައިފި ނަމަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ތަނެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުން އޮތީ ދެ ފަރާތުން ހެކި ހުށަހަޅައި، މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދިއުމާ މެދު ޝަރީއަތުން ނިންމުމަށެވެ. ހެއްކޭ ބެހޭ ގޮތުން އާޒިމާ މި ވާހަކަތައް ދެއްކެވުމުގެ ކުރިން ދައުލަތުން ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ސާބިތުކުރުމަށް 11 ހެއްކެއް ހުށަހަޅައިފަ އެވެ. އަދި މަނީ ލޯންޑަރިންއަށް މަގު ފަހިކޮށްދިނުމުގެ ކުށުގެ ދައުވާ ސާބިތުކުރުމަށް 20 ހެއްކެއް ހުށަހެޅި އެވެ.
އާޒިމާގެ ފަރާތުން އޭނާގެ ވަކީލް އަލީ ސައީދު ދިފާއުގައި ހުށަހެޅުއްވި ހެކީގެ ތެރޭގައި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް ހުށަހެޅި އެވެ. ބިޝާމް ހުށަހެޅީ އޭނާ އަކީ އެމްއެމްޕީއާރްސީ މައްސަލާގައި މަސްލަހަތު އޮތް މީހެއްކަން ސާބިތުކޮށްދިނުމަށެވެ.
ކިތާބީ ހެކީގެ ގޮތުގައި ދެ މެސެޖެއް ހުށަހެޅި އެވެ. އެއީ އޭރުގެ ރައީސް އަބްދުﷲ ޔާމީނާ ކޮށްފައިވާ މުއާމަލާތެއްގެ އިތުރުން ބޭންކް އޮފް މޯލްޑިވްގެ އޭރުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފްގެ މެސެޖުތަކެއްގެ ސްކްރީންޝޮޓެވެ.
ޔާމީންގެ މެސެޖުގެ ސްކްރީން ޝޮޓް ހުށަހަޅަނީ، އާޒިމާ އަށް ދައުވާކުރުމުގައި ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ރައީސް އޮފީހުގެ ނޯޓަކީ ޔާމީން ދެއްވި އިރުޝާދާ އެއްގޮތަށް އާޒިމާ ފޮނުއްވި ނޯޓެއްކަން ސާބިތުކޮށްދިނުމަށެވެ.
ޝަރީފް ފޮނުވި މެސެއްޖެއް ހުށަހެޅީ އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ބޭންކް އޮފް މޯލްޑިވްސް އަށް އެނގޭކަން ސާބިތުކޮށްދިނުމަށެވެ.
މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ގެންދެވިދާނެތޯ ފަނޑިޔާރު ނިންމަވާ މަރުހަލާގައި ދައުވާ ލިބޭ ފަރާތަށް ވާހަކަ ނުދެއްކޭނެ ކަމަށް ދައުލަތުން މިއަދު ބުނުމުން އާޒިމާ ވަނީ އެކަމަށް ރައްދު ދެއްވައިފަ އެވެ.
ހުށަހަޅާފައިވާ ހެކިތަކާ ބެހޭ ގޮތުން ބައެއް ވާހަކަ ދައްކަވަން ފެއްޓެވުމުން ގާޒީ އަލީ އާދަމް ވެސް ވިދާޅުވީ މިއީ ހެއްކޭ ބެހޭ ގޮތުން ވާހަކަ ދައްކާ މަރުހަލާ ނޫން ކަމަށެވެ.
"މަދަނީ މިންގަނޑަކީ ޝަރީއަތަށް ބުރަވެވޭ ބުރެވެވުމެއް އިނގޭތޯ. ދެ ފަރާތުން ދައްކާ ވާހަކައެއް ނޫން،" އާޒިމާ ދައްކަވާ ވާހަކަ އެއްސެވުމަށް އެދިވަޑައިގަތުމުން ގާޒީ ވިދާޅުވި އެވެ.
"މި މައްސަލާގައި ދައުވާ ލިބޭ ފަރާތަކީ އަޅުގަނޑު. އަޅުގަނޑަށް ދައުވާއިން ބަރީއަވުމަށްޓަކައި ލިބެންޖެހޭ ހުރިހާ ފުރުސަތެއް ލިބެންޖެހޭނެ. އެއީ ގާނޫނުއަސާސީން އަޅުގަނޑަށް ލިބިދޭ ހައްގެއް. މަދަނީ މިންގަނޑުން ފަނޑިޔާރުން ނިންމަވާ ނިންމުންތަކަކީ، ރަނގަޅުތޯ ނޫންތޯ ރާއްޖޭގެ އިސްތިއުނާފީ މަރުހަލާތަކުގައި ވަކާލާތު ކުރެވިފައި ހުރި ކަންކަން. އެހެންވެ އެ މަރުހަލާގައި ވެސް އަޅުގަނޑުގެ ފަރާތުން ދައްކަންޖެހޭ ވާހަކައެއް ދެއްކުމުގެ ފުރުސަތު އަޅުގަނޑަށް އޮންނަންވާނެ،" އާޒިމާ ވިދާޅުވި އެވެ.
އާޒިމާއަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ ޖިނާއީ އިޖުރާއާތުގެ 115 ވަނަ މާއްދާގައި އޮންނަ ގޮތުން، މަދަނީ މިންގަނޑުން ޝަރީއަތް ކުރިއަށް ގެންދިއުމުގެ ފަނޑިޔާރުން ރިއާޔަތްކުރައްވަންޖެހޭ ކަންކަމުގެ ތެރޭގައި އޮތީ ދައުވާ އާއި އެ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތަކަށް ކަމަށެވެ. އެހެންވެ މިކަމަށް އެކަނި ބެއްޔަށް މިއީ ދައުވާ ލިބޭ ފަރާތުން ދައްކާ ވާހަކަތަކަށް ރިއާޔަތްކުރަންޖެހޭ މަރުހަލާއެއް ނޫން ކަމަށް ވަކީލް ވިދާޅުވި އެވެ.
"ޔާމީން މިނިވަންވުމުން އަޅުގަނޑަށް ދައުވާ ނުކުރެވޭނެ"
އާޒިމާ މިހާރު ކުރައްވަނީ ގާޒީ ބަދަލުވުމުގެ ޝަކުވާ
މިފަހަރު އާޒިމާ އާއި ބިޝާމް: ދުޝްމަނަކީ ބިޝާމް
ޔާމީނާއި އާޒިމާ ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި
އާޒިމާ އަށް އުފުލި ދައުވާގެ ލިޔުންތައް ހަވާލުކޮށްފި
އާޒިމާގެ މައްޗަށް ދައުވާކޮށް، ކޯޓަށް ފޮނުވައިފި
ޔާމީނާއި އާޒިމާގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި
ޔާމީނަށް ތުހުމަތުކުރަނީ ޚިޔާނާތު ފައިސާ ލޯންޑަކުރިކަމަށް
އާ ހެކިތަކުގެ މައްސަލަ ސުޕްރީމް ކޯޓުގައި ފަށަނީ
ޔާމީނަށް ދައުވާކުރާ މައްސަލަތައް ރިވިއުކުރަން އެދެފި