24 މާޗް 2022
އިނގިރޭސިވިލާތުގެ ޝާހީ ދަރިކަލުން ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން ކޭޓް މިޑުލްޓަން ކެރީބިއަންގެ ގައުމުތަކަށް ކުރައްވާ "ރޯޔަލް ޓުއާ" ދަތުރުގައި އާންމުންގެ މުޒާހަރާތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އިނގިރޭސިވިލާތުގެ ޝާހީ ދަރިކަލުން ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން ކޭޓް މިޑުލްޓަން ކެރީބިއަންގެ ގައުމުތަކަށް ކުރައްވާ "ރޯޔަލް ޓުއާ" ދަތުރުގައި އާންމުންގެ މުޒާހަރާތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހު އެ ދެމަފިރިން ޖެމެއިކާ އަށް ވަޑައިގެންނެވީ، އިނގިރޭސި ޝާހީ އާއިލާއިން ޖެމެއިކާގެ ރައްޔިތުންގެ ކިބައިން މަފާށް އެދި، ބަދަލުދޭން ގޮވާލައި މުޒާހަރާ ކުރިތާ މާ ގިނައިރުތަކެއް ނުވެ އެވެ. ޖެމެއިކާގެ ރައްޔިތުން ތުހުމަތުކުރާ ގޮތުގައި އެ ގައުމުގައި އިންސާނީ ވަގުތު ވިޔަފާރީކުރުމުގައި ޝާހީ އާއިލާގެ ބައިވެރިވުން ވެސް އޮތެވެ.
ޝާހީ އާއިލާއާ ދެކޮޅަށް ޖެމެއިކާގައި ބޭއްވި މުޒާހަރާ.-- ފޮޓޯ: ގެޓީ އިމޭޖެސް
ޕްރިންސް ވިލިއަމްގެ ދެމަފިރިންގެ ހަފުތާއެއްގެ އެ ދަތުރުގައި ކެރީބިއަންގެ ގައުމުތައް ކަމަށްވާ ބެލީޒް އާއި ބަހާމަސް އަށް ވެސް ވަޑައިގަންނަވަން ހަމަޖެހިފަ އެވެ. އެއީ ރާނީ އެލިޒަބަތު ތަހުތުގައި އިންނަވާތާ 70 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރައްވާ ދަތުރެކެވެ.
ނަަމަވެސް، ޝާހީ އާއިލާއާ ދެކޮޅަށް ކެރީބިއަންގެ ގައުމުތަކުގައި މުޒާހަރާ ކުރަމުން ދާތީ އެ ދަތުރަށް ވަނީ ހިޔަނި އެޅިފަ އެވެ.
ޝާހީ އާއިލާއާ ދެކޮޅަށް ޖެމެއިކާގައި ބޭއްވި މުޒާހަރާ.-- ފޮޓޯ: ޕީއޭ
އިނގިރޭސިންނާއި ޖެމެއިކާއާ ދެމެދުގައި ގުޅުން ގާއިމްކޮށްފައި އޮންނަތާ ގަރުނުތަކެއް ވެއްޖެ އެވެ. އިނގިރޭސިންގެ އިސްތިއުމާރީ ބާރުގެ ދަށަށް ޖެމެއިކާ ގެންދިޔައީ 1655 ގަ އެވެ. އިނގިރޭސިންގެ ކިބައިން އެ ގައުމަށް މިނިވަންކަން ލިބުނީ 1962 ގަ އެވެ. ނަމަވެސް، ކޮމަންވެލްތުގެ ބާރު އޮންނަ ގައުމެއްގެ ހައިސިއްޔަތުން އެ ގައުމުގެ އެންމެ އިސްވެރިޔަކީ އަދިވެސް އިނގިރޭސި ރާނީ އެވެ.
ޕްރިންސް ލުއީސްގެ އާ ފޮޓޯތަކެއް
ހެރީގެ ދަރިކަނބަލުން އަލަށް ދައްކާލައިފި
މިލިއަން ޑޮލަރު ލިބޭ "އާތުޝޮޓް" ޝޯޓްލިސްޓްކޮށްފި
ބަކިންހަމް ޕެލަސްގެ މަރާމާތަށް 360 މިލިއަން ޕައުންޑް
ވިލިއަމާއި ކޭޓްގެ ޔޫޓިއުބް ޗެނެލެއް
އިނގިރޭސި ލޮކްޑައުން ދައްކުވައިދޭ ފޮތެއް ލޯންޗްކޮށްފި
ހެރީއާއި މޭގަން އަށް ޕްރިންސް ޗާލްސް ރައްދު ދެއްވަނީ
މޭގަން އާއި ހެރީ ޝާހީ އެތެރެކޮއިލު ބޭޒާރުކޮށްލައިފި
ހެރީގެ ނިންމެވުމަށް ވިލިއަމްގެ ނުރުހުން
އެންމެ މަގުބޫލު އެންގޭޖްމަންޓް އަނގޮޓި ކޭޓްގެ އަތުގައި