21 މާޗް 2022
ދިރާގުން ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޔުނިޓަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.
ދިރާގުން ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޔުނިޓަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.
މީގެ ބޭނުމަކީ ހާއްސަ އެހީއަށް ބޭނުންވާ ކުޑަކުދިންނާއި ޒުވާނުންނަށް ވޮކޭޝަނަލް ޓްރެއިނިން ދިނުމުގައި އެހީވުމެވެ. މި ޕްރޮގްރާމުން ކުދިންނަށް އާޓް އެންޑް ކްރާފްޓާއި ފެހުމާއި ކޮމްޕިއުޓާ ބޭނުން ކުރާނެ ގޮތްތައް ވެސް ކިޔައިދޭނެ އެވެ. މި ޕްރޮގްރާމުގައި ޑައުން ސިންޑްރޮމް އާއި އެނޫން ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިން ބައިވެރިވާނެ އެވެ.
މިދިޔަ އަހަރު ހިންގި ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމުގައި 12 މީހަކު ބައިވެރިވި އެވެ. މި ޕްރޮގްރާމުތައް ހަފްތާއަކު ހަތަރު ދުވަހު ކުރިއަށްދާނެ އެވެ. އޭގެއިން ކޮންމެ ދުވަހު ދެ ގަޑި އިރަށް ޕްރޮގްރާމު ކުރިއަށްދާނެ އެވެ.
ދިރާގުން އަނބަދުވެސް އަންނަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކެއާ ސޮސައިޓީގެ އެގްޒެކެޓީވް ޑިރެކްޓާ އަހުމަދު އާތިފު ވިދާޅުވީ، ދިރާގުން ދޭ އެހީއާ އެކު ކުރިއަށް އޮތްތަނުގައިވެސް މުޖުތަމައުގައި އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް ބޭނުންވާ އެހީތައް ފަހިކޮށްދިނުމަށް ފަސޭހަވާނެ ކަމަށެވެ.
ދިރާގުގެ ކޯޕަރޭޓް ސާވިސްގެ ޑިރެކްޓާ އާތިފާ އަލީ ވިދާޅުވީ، މިއަހަރު ބާއްވާ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދެވޭތީ އުފާކުރައްވާ ކަމަށެވެ. މިފަދަ ޕްރޮގްރާމެއްގެ ތެރެއިން ގިނަ ކުދިންތަކަކަށް ތަފާތު އެކި ހުނަރުތައް ދަސްވެގެން ދިއުމަކީ ދިރާގުން ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށެވެ.
ދިރާގުން އަންނަނީ އިޖްތިމާއީ ގިނަ ކަންތައްތަކެއްގައި ހޭދަކުރަމުންނެވެ.
ދިރާގުން ކޮންމެ ހަފްތާއަކު ސްމާޓް ޓީވީއެއް ދެނީ
ދިރާގުން ދޭ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މިރޭ ހަމަވާނެ
މުސްތަފާ: ޓެސްލާގެ ނަސީބާ އެކު އުފަލުން!
ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ދީމާ
ދިރާގުން "މަމްސް އެއިޑް" އަށް އެހީއެއް
ދިރާގުން "ބެކް ޓު ސްކޫލް" އޮފާތަކެއް
ދިރާގުން ދުނިޔޭގެ ޓެލެކޮމިއުކޭޝަން ދުވަސް ކުލަ ގަދަކޮށް ފާހަގަކޮށްފި
އާ އަހަރަށް ދިރާގު ޕޯސްޓްޕެއިޑަށް ޑަބަލް ޑޭޓާ
ތިން ދުވަހަށް ދިރާގުން 100ރ. އަށް 100ޖީބީ ޑޭޓާ
އާ އަހަރަށް ދިރާގުގެ އާ އޮފާތަކެއް