Roadha Mihaaru
އެމްއެންޔޫގެ ގްރެޖުއޭޝަން މި މަހު 26،27 ގައި

އެމްއެންޔޫގެ 457 ދަރިވަރެއްގެ ގްރެޖުއޭޝަން މި މަހުގެ 26،27 ގައި،

20 މާޗް 2022

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ މިއަހަރުގެ ފުރަތަމަ ބުރުގެ ގްރެޖުއޭޝަން މި މަހުގެ 26 އަދި 27 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ މިއަހަރުގެ ފުރަތަމަ ބުރުގެ ގްރެޖުއޭޝަން މި މަހުގެ 26 އަދި 27 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފި އެވެ.

ހަތަރު ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ ޖަލްސާގައި 457 ދަރިވަރުން ދަސްވެނިވާނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ. ޖަލްސާ އޮންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު ދަންފަޅި އާއި ރޭގަނޑުގެ ދަންފަޅީގަ އެވެ.

އެމްއެންޔޫ އިން ތާވަލު ކޮށްފައިވާ ގޮތުގައި އަންނަ ހޮނިހިރު ދުވަހު ގްރެޖުއޭޝަން އޮންނާނީ އެޑިއުކޭޝަނާއި އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ޝަރީއާ އެންޑް ލޯ ފެކަލްޓީގެ ދަރިވަރުންނަށެވެ. އެހެން ފެކަލްޓީތަކުގެ ގްރެޖުއޭޝަން އޮންނާނީ އާދީއްތަ ދުވަހު އެވެ.

ކޮންމެ އަހަރަކު ވެސް ދެ ފަހަރު އެމްއެންޔޫގެ ގްރެޖުއޭޝަން ބާއްވަ އެވެ. އެއީ މާޗު މަހާއި އޮކްޓޯބަރު މަހުގަ އެވެ.

މި މަހު ގްރެޖުއޭޓް ވާނީ މިދިޔަ އަހަރު ކިޔަވައި ނިންމި ދަރިވަރުންނެވެ. އެމްއެންޔޫގެ ގްރެޖުއޭޝަންގައި ބައިވެރިވެވޭނީ ފުރަތަމަ ޑިގްރީއިން މަތީގެ ދަރިވަރުންނަށެވެ.