20 މާޗް 2022
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުންނާއި ސަރުކާރުގެ އިސް ވެރިން އދ. ގެ އާއްމު މަޖިލީހުގެ ބައްދަލުވުމަށް ނިއު ޔޯކަށް ކުރެއްވި ދަތުރުގެ ހަރަދުތަކުގެ ރަސީދު ދިޔަރެސް ނޫހަށް ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގުމުން އެ ނިންމުން ރައީސް އޮފީހުން ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުންނާއި ސަރުކާރުގެ އިސް ވެރިން އދ. ގެ އާއްމު މަޖިލީހުގެ ބައްދަލުވުމަށް ނިއު ޔޯކަށް ކުރެއްވި ދަތުރުގެ ހަރަދުތަކުގެ ރަސީދު ދިޔަރެސް ނޫހަށް ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގުމުން އެ ނިންމުން ރައީސް އޮފީހުން ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅައިފި އެވެ.
ދިޔަރެސް ނޫހުން އެދުނީ ދަތުރުގެ ހަރަދުތަކުގެ ތަފްސީލާއި އެ ހަރަދުތަކުގެ ރަސީދުގެ ކޮޕީއެއް ހޯދާށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ދިޔަރެސް ނޫހުގެ އަހުމަދު އަޒާން ހުށަހެޅި މައްސަލައިގައި ރައީސް އޮފީހުން ވަނީ އެ ދަތުރަށް ހިނގި ހަރަދުތައް ހާމަކޮށްފަ އެވެ. ނަމަވެސް، ހަރަދުތަކުގެ ތަފްސީލް ހިމެނޭ ރަސީދުގެ ކޮޕީ ދޭން ރައީސް އޮފީހުން އިންކާރުކުރީ އެވެ.
އދ. ގެ 76 ވަނަ އާއްމު ޖަލްސާގައި ބައިވެރިވުމަށް ރާއްޖޭގެ ވަފްދުން ކުރި ދަތުރަށް 5.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރި މައުލޫމާތުގައިވެ އެވެ. އެއީ؛
▪ ހުރުމާއި ކެއުމުގެ ހަރަދަށް 2.1 މިލިއަން ރުފިޔާ
▪ ޓިކެޓު ހަރަދަށް 2.3 މިލިއަން ރުފިޔާ
▪ ދަތުރުގެ ހަރަދަށް 577،206ރ.
▪ އިންސިޑެންޓަލް އާއި ޕޮކެޓްމަނީއަށް 326،730ރ.
މި ހަރަދުތަކުގެ ތަފްސީލް ހިމެނޭ ރަސީދު ދޭން އެންގުމުން އެ ނިންމުން އިސްތިއުނާފަށް ހުށަހެޅި ނަމަވެސް ހައި ކޯޓުގައި އެ މައްސަލަ އަދި ރަޖިސްޓްރީއެއް ނުކުރެ އެވެ.
ހަރަދުގެ ރަސީދު ނުދިނުމުން އަޒާން ވަނީ އެ މައްސަލަ ރައީސް އޮފީހުގެ މުރާޖައާ ކޮމިޓީއަށް ވެސް ހުށަހަޅައިފަ އެވެ. އެ ކޮމިޓީން ނިންމީ އެއީ ސިއްރު މައުލޫމާތު ކަމަށާއި އެހެންވެ ދޭން ނުޖެހޭނެ ކަމަށެވެ.
ސިޔާސީ މަގާމުތަކުގައި ތިބެ ވަކާލާތު ނުކުރެވޭތީ ކޯޓަށް
ޑޯނިއާ ދުއްވަން ނުދޭ ސަބަބު ހާމަނުކުރަން ކޯޓަށް
ބީއެމްއެލްގެ އިސްވެރިންގެ މުސާރައަކީ ސިއްރެއް: ކޯޓް
ސަރުކާރު ކުންފުނިތަކަށް އާރްޓީއައި ގާނޫނު ހިނގާނެ
އިބޫގެ ދަތުރުފުޅުގެ ރިސިޓް ހާމަކުރަން ނުޖެހޭނެ:ދައުލަތް
ފެނަކައިގެ ދަރަނި ހާމަކުރަން އެންގީ ރަނގަޅަށް:ހައިކޯޓް
އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރަން ނިންމީ ގޯސްކޮށް
ރައީސްގެ ދަތުރު ހަރަދު ހާމަކުރާތީ ސުޕްރީމް ކޯޓަށް
އިންޑިއާސިފައިންގެ އަދަދު ހާމަކޮށްފިނަމަ ކާޑުގެ ދަތިކަން
ރައީސްގެ ދަތުރުފުޅުގެ ރިސިޓްތައް ދޭންޖެހޭނެ: ހައިކޯޓް