19 މާޗް 2022
ވިލިމާލެއިން ފައިބަރު މަސައްކަތަށް ބިން ކަނޑައެޅުމުގެ ބާރު މާލޭ ސިޓީ ކައުންސިލަށް އަދި ނެތް ކަމަށް ޕްލޭނިން މިނިސްޓްރީން އަންގައިފި އެވެ.
ވިލިމާލެއިން ފައިބަރު މަސައްކަތަށް ބިން ކަނޑައެޅުމުގެ ބާރު މާލޭ ސިޓީ ކައުންސިލަށް އަދި ނެތް ކަމަށް ޕްލޭނިން މިނިސްޓްރީން އަންގައިފި އެވެ.
އެގޮތަށް ޕްލޭނިން މިނިސްޓްރީން އެންގީ ވިލިމާލެއިން ސްޓެލްކޯއަށް ދޫކޮށްފައިވާ ބިމާއި ދިރާގަށް ދޫކޮށްފައިވާ ބިން ހިމެނޭ ސަރަހައްދު ކައިރިން ފައިބަރު މަސައްކަތަށް ބިން ކަނޑައެޅުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރާ ކަމުގެ މައުލޫމާތު ލިބިގެން ފޮނުވި ސިޓީއެއްގަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ސޮއިކުރައްވައި މާލޭގެ މޭޔަރު ޑރ، މުހައްމަދު މުއިއްޒަށް ފޮނުއްވި އެ ސިޓީގައި ބުނީ ވިލިމާލެއިން އެއްވެސް ބޭނުމަކަށް ބިން ދޫކުރެވޭނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 2-56 ގެ (ބ) ގައިވާ ގޮތަށް ލޭންޑް ޔޫސް ޕްލޭން ފާސްކޮށްގެން ކަމަށެވެ.
"ލޭންޑްޔޫސް ޕްލޭން ފާސްކުރުމެއް ނެތި ވިލިމާލެއިން އެއްވެސް ބޭނުމަކަށް ބިން ދޫކުރުމުގެ މަސައްކަތް ތިޔަ އިދާރާއަށް ކުރިއަށް ނުގެންދެވޭނެކަމުގައި ދެންނެވީމެވެ،" ޕްލޭނިން މިނިސްޓްރީން ފޮނުވި ސިޓީގައިވެ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 12 ގައި ސިޓީ ކައުންސިލުން ވަނީ ލޭންޑް ޔޫސް ޕްލޭން މިނިސްޓްރީ އަށް ފޮނުވައިފަ އެވެ. އެކަމަކު އޭގައި ހުންނަން ޖެހޭ މުހިއްމު ބައިތަކެއް ނެތުމުން ގެންނަން ޖެހޭ އިސްލާހުތައް ފާހަގަކޮށް މިނިސްޓްރީން އެ ޕްލޭން އަނބުރާ ފޮނުވާލީ ޑިސެމްބަރު 28 ގަ އެވެ. ސިޓީ ކައުންސިލުން ބުނީ އެ އިސްލާހުތަކާ އެކު ލޭންޑް ޔޫސް ޕްލޭން މިދިޔަ ހަފުތާގައި ފޮނުވާފައިވާ ކަމަށެވެ.
މިފަހުން ލޭންޑް ޔޫސް ޕްލޭންގެ މައްސަލަ ބޮޑުވީ ވިލިމާލޭގެ ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުން ސަރުކާރުން ހުއްޓުވުމުންނެވެ. ލޭންޑް ޔޫސް ޕްލޭން ޕްލޭނިން މިނިސްޓްރީ އަށް ހުށަހަޅައި، އެ ޕްލޭން ފާސްވުމުން ނޫން ގޮތަކަށް ވިލިމާލޭގެ ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުމާއި ބިންތައް ބޭނުންކުރުމުގެ ބާރު ކައުންސިލަކަށް ނުލިބެ އެވެ.
އެ މައްސަލައިގައި ކައުންސިލާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ކޯޅުން ބޮޑުވެފައިވާއިރު މިނިސްޓްރީން ކައުންސިލްގެ ކަންކަން ސިފަ ކުރަނީ ސަރުކާރަށް "ދުއްޕާން" ކުރުމުގެ ގޮތުގަ އެވެ. އަދި ކައުންސިލުން ބުނަނީ ބިން ކުއްޔަށް ދޫކުރަން އިއުލާންކުރުމުގެ ކުރިން މިނިސްޓްރީއާ ބައްދަލުކޮށް މަޝްވަރާ ވެސް ކުރި ކަމަށެވެ.
ލޭންޑް ޔޫސް ޕްލޭންގެ އިސްލާހުތައް އަދިވެސް ހުށަނާޅާ
މުއިއްޒު އުޅެނީ ބްރިޖަށް ހުރަސްއަޅަން: އަކްރަމް
މުއިއްޒު އުޅުއްވަނީ ޒިންމާއިން ރެކެން: އަކްރަމް
އަބަދު ކޯޅުން: މައްސަލައަކަށް ހައްލެއް ނުލިބޭ!
މިނިސްޓްރީގެ ވާހަކަތައް ސިޓީ ކައުންސިލުން ދޮގުކުރޭ!
ތިލަފުށި-މާލެ ބްރިޖްގެ އަގުބޮޑުކަމުން ކަންބޮޑުވޭ:ސައީދު
މާލެ-ތިލަފުށި ބްރިޖް އަޅާނީ އިންޑިއާގެ ކުންފުންޏަކުން
ސިޓީ ކައުންސިލުން 364،000ރ. ދޭން ހުކުމެއް
މާލެ ނައިސް ވިލިމާލެ/ހުޅުމާލެއިން ހިދުމަތް ފޯރުކޮށްދެނީ
އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ