17 މާޗް 2022
ޚިޔާނާތާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތައް ރަނގަޅަށް ތަހުގީގު ނުކުރެވި ހުރުމުން އިންސާފު ހޯދައިދިނުމުގެ ބޭނުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަން މިއަދު އުވާލައްވައިފި އެވެ.
ޚިޔާނާތާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތައް ރަނގަޅަށް ތަހުގީގު ނުކުރެވި ހުރުމުން އިންސާފު ހޯދައިދިނުމުގެ ބޭނުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަން މިއަދު އުވާލައްވައިފި އެވެ.
މި ކޮމިޝަން އުވާލި އިރު އެ ކޮމިޝަނުން ކުރަމުން އައި މަސައްކަތްތައް ދެން ކުރާނީ ކަމާ ގުޅުންހުރި އެހެން މުއައްސަސާތަކުން ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.
ކޮމިޝަން އުވާލެއްވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު އަލުން މެންބަރުން އައްޔަންކުރެއްވުމާ އެކުގަ އެވެ.
މުހިންމު މަގްސަދެއްގައި އުފެއްދި ކޮމިޝަނަށް އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރެވި އެކަމަކު އެ ކޮމިޝަނަށް ބޮޑު ހޭދައެއް ކުރާތީ އާންމުންގެ ބޮޑެތި ފާޑުކިޔުންތައް އޮތީ އަމާޒުވެފަ އެވެ. އެހެންވެ މި ކޮމިޝަނަށް ޒިންމާ އަދާނުކުރެވޭ ކަމަށް ބަލައި އުވާލުމަށް އެކި ފަހަރު މަސައްކަތްކުރި އެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ކޮމިޝަނުގެ މަސައްކަތް ނިންމާލައި ކޮމިޝަން އުވާލަން މަސައްކަތްކުރި ނަމަވެސް ފަހުން ނިންމީ މިދިޔަ ޑިސެމްބަރު 15 ގެ ނިޔަލަށް ހުރިހާ މަސައްކަތެއް ނިންމައި ކޮމިޝަން އުވާލަން ކަމަށް އެނގިފައިވެ އެވެ.
ޖަނަވަރީ 1، 2012 އިން ނޮވެންބަރު 17، 2018 ގެ ނިޔަލަށް ހިނގާފައިވާ ޚިޔާނާތާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތައް އެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ލިބިފައި ނުވާތީ އެ މައްސަލަތައް ތަހުގީގުކުރުމުގެ ބޭނުމުގައި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އުފެއްދެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަސް ކަމަށްވާ ނޮވެމްބަރު 17، 2018 ގަ އެވެ.
ކޮމިޝަނުން މިހާތަނަށް ތަހުގީގު ނިންމައި ދައުވާކުރަން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި އޮތީ އެންމެ އަށް މައްސަލައެއްގަ އެވެ. އޭގެ އިތުރުން ޓޫރިޒަމްގެ ބޭނުމަށް ނުއަގުގައި ދޫކުރި ރަށްތަކާ ގުޅޭ ގޮތުން ރިޕޯޓެއް ހަދައި ރައީސް އޮފީހަށް ފޮނުވާފައިވެ އެވެ. މީގެ އިތުރުން ބައެއް މީހުން ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަންގެ އިތުރުން، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލަން އުފެއްދި ރިޔާސީ ކޮމިޝަނަށް ވެސް ނަތީޖާ ނުނެރެވޭ ކަމުގެ ފާޑުކިޔުން ބޮޑެވެ. މަރު ކޮމިޝަންގެ މެންބަރުންނަށް މިހާތަނަށް މުސާރައިގެ ގޮތުގައި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެސެޓް ރިކަވަރީ ކޮމިޝަންގެ މެންބަރުންގެ މުސާރަ އަށް ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެ ކޮމިޝަނަށް ކުރި އެހެން ހޭދަތަކާ އެކު 10 ވަރަކަށް މިލިއަނަށް ވުރެ އިތުރަށް ހަރަދު ވެފައިވާނެ ކަމަށް އަންދާޒާކުރެވެ އެވެ.
ރިޔާސީ ކޮމިޝަންގެ ރިޕޯޓު ރައީސަށް އަރުވައިފި
ރިޔާސީ ކޮމިޝަންގެ މަގްސަދާ މެދު ޝައްކެއް ނެތް: ރައީސް
ރިލްވާންގެ މައްސަލާގައި ރައީސް ދޫދެއްވުމެއް ނެތް!
"ކޮމިޝަނުން ފާހަގަކުރި ކަންތަކަށް ފިޔަވަޅު އަޅާނަން"
ރިޔާސީ ކޮމިޝަންގެ ބިލް އެޖެންޑާ އިން ނަގައިފި
ރިޔާސީ ކޮމިޝަންގެ ބިލެއް މައުމޫން އެކުލަވާލައްވައިފި
ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅަން ހުޅުވާލައިފި
ބިލު ފާސްނުވެ އޮތުމުން ތަހުގީގުތައް ލަސްވާނެ: ސުއޫދު
ދެ ކޮމިޝަނަށް ދިން ބޮޑެތި ބާރުތައް ބިލުން ނަގައިފި
ދެ ކޮމިޝަނަށް ދޭ ބާރުތައް: ކަންބޮޑުވުންތަކާ ދިމާލަށް؟