17 މާޗް 2022
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހްގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގެ އަޑުއެހުންތައް ނިންމާލައި މި މަހުގެ 29 ވަނަ ދުވަހު ހުކުމްކުރަން ތާވަލްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހްގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގެ އަޑުއެހުންތައް ނިންމާލައި މި މަހުގެ 29 ވަނަ ދުވަހު ހުކުމްކުރަން ތާވަލްކޮށްފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ކޮމިޝަން އޮން ކޮރަޕްޝަން އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގުކުރާ ބައެއް މައްސަލަތަކުގައި ހިމެނޭ ބައެއް ރަށްތަކާ ގުޅިގެން ތަހުގީގު ނުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކަށް ސޯލިހް ސިޓީ ފޮނުއްވި ކަމަށް ބުނެ ކޮށްފައިވާ ދައުވާގައި މިއަދު އޮތީ ދެ ފަރާތުން ހުލާސާ ބަޔާން ހުށަހެޅުމެވެ.
ދިފާއުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ދައުލަތުން ޝަރީއަތަށް ހުށަހެޅި ކަންކަމަށް ބަލާއިރު ސޯލިހް ސޮއިކުރައްވާފައިވާ ސިޓީތަކުން ބަޔަކަށް ނާޖާއިޒް ގޮތުގައި މަންފާއެއް ހޯދައިދިންކަން ސާބިތު ނުވާ ކަމަށާއި ދައުލަތުން ބުނާ ރަށްތަކާ ގުޅޭ ގޮތުން ކޮމިޝަނުން އެއްވެސް ތަހުގީގެއް ވެސް ކޮށްފައިނުވާ ކަމަށެވެ.
ރަށްތަކާ ގުޅޭ ގޮތުން މިނިސްޓްރީއަށް ހުށަހަޅާ ސިޓީތަކަށް ބަރާބަރަށް ޖަވާބުދެމުން ދިޔަ ކަމަށާއި އާންމު އުސޫލުން ހުރިހާ ކަމެއް ހިނގަމުން ދިޔަ ކަމަށް ވެސް ދިފާއުން ބުންޏެވެ. ތަހުގީގުގައި ހިމެނޭ ރަށްތަކާ ގުޅޭ ގޮތުން ބައެއް ކަންކަން ނުކުރުމަށް ކޮމިޝަނުން އަންގާފައި ވަނިކޮށް އެކަމާ ހިލާފަށް ސޯލިހް އަމަލުކުރެއްވި ކަމަށް ބުންޏަސް މިހާރު ވެސް ކޮމިޝަންގެ އެ އެންގުމާ ހިލާފަށް މިނިސްޓްރީން އަމަލުކުރާ ކަމަށް ވެސް ބުންޏެވެ.
ސޯލިހްގެ މައްޗަށް ކުރާ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ކަންކަމާ ބެހޭ ގޮތުން ދައުލަތުން ހުށަހެޅި ކަންކަމުގެ ހުލާސާ އިއްވައި އަދި ދިފާއުން ހުށަހެޅި ކަންކަމާ ގުޅޭ ގޮތުން ހުށަހެޅި ބަޔާނަށް ފަހު ގާޒީ އަލީ އާދަމް ވިދާޅުވީ ދެން އޮންނާނީ ދައުވާ ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައަޅައި ހުކުމްކުރުން ކަމަށާއި އެ ޝަރީއަތް އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު ފަހު 1:30 ގައި ކަމަށެވެ.
ސޯލިހަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ:؛ ކޯޓު
ގަސްދުގައި ލިޔެކިއުންތައް ގެއްލުވާލާފައިވޭ: އަސްއަދު
ބޮޑުކާށިހުރާ ސަރުކާރުން އަތުލީ ރަނގަޅަށް: ސިވިލް ކޯޓް
ބޮޑު ހިޔާނާތުގައި ހިމެނޭ ފަޅެއްގެ އޯނާޝިޕް ބަދަލުކުރަނީ
ސްޓޭޓް މިނިސްޓަރު ސޯލިހަށް ކުރި ދައުވާ ސާބިތެއްނުވި
އާޒިމް ތަހުގީގު އަނބުރާލަން ރިޝްވަތު ނެގިކަމުގެ ދައުވާ
ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުގެ ދިފާއަށް ފަސް ވަޒީރެއް
މަޑުޖައްސާލި އެމްއެމްޕީއާރްސީގެ ރަށްތަކަށް ހުއްދަދީފި
އެމްއެމްޕީއާރުސީ ރަށްތަކުގެ މުއާމަލާތް ހުއްޓުވައިފި
ހިބަޅިދޫ އަނބުރާ ދޭން ކުރި ހުކުމް ބާތިލްކޮށްފި