Roadha Mihaaru
ޕީޕީއެމް ވަރުގަދަކޮށް އެނބުރި އައުމުގެ މަޝްވަރާކޮށްފި

ޕީޕީއެމް ވަރުގަދަކޮށް އެނބުރި އައުމުގެ މަޝްވަރާކޮށްފި

15 މާޗް 2022

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ވަރުގަދަކޮށް، މިހާރަށް ވުރެ އިދާރީ ހިންގުން ވެސް ހަރުދަނާކޮށް އެނބުރި އައުމުގެ މަޝްވަރާތައް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމުގައި ރޭ ކުރިއަށް ގެންގޮސްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ވަރުގަދަކޮށް، މިހާރަށް ވުރެ އިދާރީ ހިންގުން ވެސް ހަރުދަނާކޮށް އެނބުރި އައުމުގެ މަޝްވަރާތައް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމުގައި ރޭ ކުރިއަށް ގެންގޮސްފި އެވެ.

މިއީ، ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފަހުކޮޅު އެ މަނިކުފާނު މިނިވަންކުރި ފަހުން ރިޔާސަތު ބެލެހެއްޓެވި ފުރަތަމަ ބައްދަލުވުމެވެ. ޕީޕީއެމާއި ޕީއެންސީގެ ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައި ދެ ޕާޓީގެ އިސްވެރިންނާ އެކު ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވީ، އެ ބައްދަލުވުމުގައި މަޝްވަރާކުރީ އިދާރީ ގޮތުން ޕާޓީގެ ހިންގުން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ކަމަށެވެ. ރަށްރަށުގައި އުފައްދާފައިވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސްޓިއަރިން ކޮމިޓީތަކާއެކު ހަރަކާތްތައް ވެސް ކުރިމަގުގައި އިތުރަށް ވަރުގަދަކުރަން ވާހަކަ ދެއްކި ކަން ހީނާ ފާހަގަކުރެއްވި އެވެ.

ޕީޕީއެމް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ޕާޓީގެ ކައުންސިލް ބައްދަލުުން ކުރިއަށް ދަނީ.

ޕީޕީއެމް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ޕާޓީގެ ކައުންސިލް ބައްދަލުުން ކުރިއަށް ދަނީ.

އޭނާ ވިދާޅުވި ގޮތުގައި ގައުމު މިހާރު އޮތް ހާލަތުން އަރައިގަތުމަށް އިދިކޮޅު ޕާޓީއެއްގެ ގޮތުން، ޕީޕީއެމްގެ ލީޑަޝިޕްގައި ވިސްނުންތަކެއް ގެންގުޅެ އެވެ. ޒިންމާދާރުކަމާއެކު އެ މަަސައްކަތް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ހިނގި ކަމަށް ހީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރޭ މަޝްވަރާކުރި ގޮތަށް ޕާޓީގެ އިދާރީ ދާއިރާތަކުގެ ހިންގުން ހަރުދަނާކޮށް، ޕާޓީގެ ހަރަކާތްތައް ހަރުދަނާކޮށް، ފުޅާކޮށް މާލެ އާއި ރަށްރަށުގައި ކުރިއަށް އޮތް ތަނުގައި ހިނގައިގަންނާނެ އެވެ. މި ވެރިކަން ފެށުމާއެކު މަނީ ލޯންޑްރިންގެ ކުށުގައި ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވުމުން ޕީޕީއެމްގެ ހަރަކާތްތައް މަޑުޖެހުނެވެ. އެ ހަރަކާތްތައް އަލުން ފަށައި ރަށްރަށަށް ދަތުރުފެށީ ޔާމީން މިނިވަންވުމުން އެ މަނިކުފާނާ އެކުގަ އެވެ. މުޅި ޕާޓީގެ އަމާޒު އޮތީ، އިންޑިއާގެ ސިފައިން ރާއްޖެ އިން ބޭލުމަށެވެ. އެކަމާ ދެކޮޅަށް ރަށްރަށުގައި ހަރަކާތްތައް ވެސް ވަނީ ފުޅާކޮށްފަ އެވެ.