Roadha Mihaaru
ޗެލްސީގައި ޓުޗެލްގެ ކުރިމަގު ސާފެއް ނޫން

ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ޗެލްސީގައި ޓުޗެލްގެ ކުރިމަގު ސާފެއް ނޫން

13 މާޗް 2022

ލަންޑަން (މާޗް 13) ޗެލްސީ އާއި އެކްލަބްގެ ވެރިޔާ ރަޝިއާގެ ރޯމަން އަބްރޮމޮވިޗާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އެކްލަބްގެ ކޯޗު ތޯމަސް ޓުޗެލްގެ ކުރިމަގާމެދު ސުވާލު އުފެއްދިއްޖެ އެވެ.

ލަންޑަން (މާޗް 13) ޗެލްސީ އާއި އެކްލަބްގެ ވެރިޔާ ރަޝިއާގެ ރޯމަން އަބްރޮމޮވިޗާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އެކްލަބްގެ ކޯޗު ތޯމަސް ޓުޗެލްގެ ކުރިމަގާމެދު ސުވާލު އުފެއްދިއްޖެ އެވެ.

ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އާގުޅިގެން އަބްރޮމިވިޗަށް ފިޔަވަޅު އެޅުމުގެ ގޮތުން ޕްރިމިއާ ލީގުން ވަނީ ޗެލްސީގެ ޑިރެކްޓަރުކަމުން އަބްރޮމޮވިޗް ވަކިކޮށްފަ އެވެ. އަދި އިނގިރޭސި ބޭންކުންތަކުން ވަނީ ޗެލްސީގެ އެކައުންޓްތައް ފުރީޒުކޮށްފަ އެވެ. މިހާލަތުގައި ޗެލްސީއާ އެކު އޭނާ އަށް ކުރިމަގު އެބައޮތްތޯ ސުވާލު ކުރުމުން ޓުޗެލް ބުނީ އޭނާ އަށް އެއްވެސް ކަމެއް ޔަގީންކޮށް ބުނަން މިހާރު ނޭނގޭ ކަމަށެވެ.

"ކުރިމަގުގައި ވާނެ ގޮތެއް ބުނާކަށް ނޭނގެ. މިވަގަުތު އަހަރެންގެ ކުރިމަގު އޮތީ އާދިއްތަ ދުވަހުގެ ނިޔަލަށް ނޫނިއްޔާ ބުސާފަތި ދުވަހުގެ ނިޔަލަށް ނުވަތަ އެއްވަުރެ އިތުރު ދުވަސްކޮޅަކަށް،" ޓުޗެލް ބުންޏެވެ.

ޓުޗެލް ބުނީ އޭނާ ޗެލްސީގައި ހުރީ ހިތްހަމަޖެހިގެން ކަމަށާއި އުނދަގޫ ވަގުތުގައި ވެސް ރަނގަޅު ވިސްނުމެއްގައި ކުރިއަށްދާން އެކްލަބަށް އެނގޭނެ ކަމަށެވެ.

"އަހަރެންގެ ވެސް ހުންނާނީ އެ ވިސްނުން،" އޭނާ ބުންޏެވެ.

"އަހަރެން ފާހަގަ ކުރަން މި ކްލަބްގައި އޮތް އުސޫލުތަކާއި މި ކްލަބަށް އޮތް ސަޕޯޓަރުންގެ ލޯބި."

ބޭންކު އެކައުންޓްތައް ފުރީޒު ކުރުމުން ކުޅުންތެރިން ގެނައުމުގައި ހުރި ދަތިތަކާ ބެހޭގޮތުން ސުވާލު ކުރުމުން ޓުޗެލް ބުނީ ވަކި ކުޅުންތެރިޔަކު ގެންނަން ޝަރތުކޮށް އޭނާގެ ކޮންޓްރެކްޓް ނުހަދާ ކަމަށެވެ.