Roadha Mihaaru
ތަމްރީނުގައި ހާލު ދެރަވި ޒުވާނާ އަދިވެސް އައިސީޔޫގައި

ސިފައިންގެ ތަމްރީނުގައި ހާލު ދެރަވި ޒުވާނާ އަދިވެސް އައިސީޔޫގައި

12 މާޗް 2022

ޅ. މާފިލާފުށީގައި ސިފައިންގެ ތަމްރީނު ހަދަމުން ދަނިކޮށް ހާލު ދެރަވި ޒުވާނާއަށް އަދިވެސް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޅ. މާފިލާފުށީގައި ސިފައިންގެ ތަމްރީނު ހަދަމުން ދަނިކޮށް ހާލު ދެރަވި ޒުވާނާއަށް އަދިވެސް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތަމްރީން ތެރޭގައި ހާލު ދެރަވި ދެ ފިރިހެނުންނަށް ރެއިން ފެށިގެން އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އެ ތަނުން، 19 އަހަރުގެ ޒުވާނާއަށް އައިސީޔޫގައި ފަރުވާ ދޭއިރު ވޯޑުގައި އެޑްމިޓުކޮށްގެން 21 އަހަރުގެ މީހަކަށް ވެސް ފަރުވާ ދެ އެވެ.

ނަމަވެސް އެ ދެ މީހުންގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.

މާފިލާފުށީގައި މިދިޔަ އާދިއްތަ ދުވަހު އޮތް ތަމްރީނަށް ދިޔަ 19 އަހަރުގެ ސިފައިންގެ މީހަކު ވެސް ނިޔާވެފައިވެ އެވެ.

އެމްއެންޑީއެފުން ބުނީ، ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް 19، ނިޔާވީ ނޭވާލާން އުނދަގޫވެގެން ފަރުވާދިނުމަށް ފަހު، އިތުރު ފަރުވާ އަށް ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށެވެ.