Roadha Mihaaru
ޒަވީގެ ކުރީގެ ކޯޗު ބާސާ ހުއްޓުވައިފި

ޒަވީގެ ކުރީގެ ކޯޗު ބާސާ ހުއްޓުވައިފި

11 މާޗް 2022

ބާސެލޯނާ (މާޗް 11) - ޕެޕް ގާޑިއޯލާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ބާސެލޯނާގައި ޒަވީ ހެނާންޑޭޒް އާއެކު މަސައްކަތް ކުރި ޑޮމެނިކް ޓޮރެންޓް މިހާރު ކޯޗުކޮށްދޭ ގަލަތަސާރާއިން ޒަވީގެ ބާސެލޯނާ މޮޅުވިޔަ ނުދީ ހިފަހައްޓައިލައިފި އެވެ.

ޓޮރެންޓް ވަނީ ބާސެލޯނާގައި ކޯޗެއްގެ ގޮތުގައި ޒަވީ ކުރަމުންދާ މަސައްކަތަށް ތައުރީފް ކޮށްފަ އެވެ. އެކަމަކު ޓޮރެންޓްގެ ގަލަތަސާއީން ބާސާ ލަނޑެއް ޖެހިޔަ ނުދީ އެއްވަރު ކުރުމުން އޭނާގެ ޓީމަށް އޮހުނު ތައުރީފް މާބޮޑެވެ.

ގަލަތަސާއީ އާއި ބާސާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭއެފްޕީ

ގަލަތަސާއީ އާއި ބާސާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭއެފްޕީ

ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ތުރުކީ ސުޕަ ލީގުގެ 11 ވަނައިގައި އޮތް ޓީމުން ބާސާ އާ ދެކޮޅަށް ކުޅުނީ ޑިފެންސިވް ގޭމެކެވެ. އެޓީމުން ކުޅުނު އެ ގޭމްގައި ބާސާގެ ފޯވާޑުން ހުއްޓުވި އެވެ.

ޒަވީއާއެކު މިދިޔަ ދެ މަހު އެއްވެސް މެޗަކުން ބާސާ ބައްޔެއް ނުވެ އެވެ. އެކަމަކު އެޓީމުން މޮޅު ވަމުން އައި ޓްރެކަށް ގަލަތަސާއީން ވަނީ ނިމުން ގެނެސްފަ އެވެ.

ޔޫރޮޕްލާ ލީގުގެ އެންމެ ކާމިޔާބު ޓީމު، ސެވިއްޔާއިން ވަނީ ރޭ ވެސްޓްހޭމް އާ ދެކޮޅަށް ކުޅެ 1-0 ން މޮޅުވެފަ އެވެ. ސެވިއްޔާގެ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުގެ ލަނޑު ޖެހީ މުނީރު އަލް ހައްދާދީ އެވެ.