10 މާޗް 2022
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކަށް ޖަލުގައި އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބި ފަސް މަހަށް ވުރެ ގިނަ ދުވަސްވެފައިވާތީ އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން ދެކޮޅު ހަދައިފި އެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކަށް ޖަލުގައި އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބި ފަސް މަހަށް ވުރެ ގިނަ ދުވަސްވެފައިވާތީ އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން ދެކޮޅު ހަދައިފި އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެއްގައި 2020 ވަނަ އަހަރު ހައްޔަރުކޮށް، އަހަރެއްހާ ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު، ތ. އަތޮޅުގެ ރަށެއްގެ ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޭނާ 90 ދުވަހަށް ބަންދުން ދޫކޮށްލީ ޖަލުގައި ސިއްހީ ފަރުވާ ނުލިބޭތީ އެވެ.
އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން، ހައި ކޯޓުން މިދިޔަ އަންގާރަ ދުވަހު ނިންމީ އޭނާ ދޫކޮށްލުން ރަނގަޅު ކަމަށެވެ. ހައި ކޯޓުގެ ހުކުމުގައި ވަނީ އެ މީހާގެ ފުރަގަސްފަރާތުން ލޭ އަންނާތީ، އިތުރަށް ޓެސްޓް ހަދަން ޑޮކްޓަރުން ލަފާ ދީފައި ވިޔަސް މިދިޔަ ފަސް މަހު ޖަލުގައި އޭނާ އަށް އެކަށީގެންވާ ފަރުވާއެއް ދީފައި ނެތް ކަމަށެވެ. އަދި ކޮންމެ ސިއްހީ މައްސަލައަކީ ބަންދުން ދޫކުރަން ޖެހޭ ކަމަކަށް ނުވިޔަސް، ފުރާނަ އަށް ނުރައްކާވާ ހާލަތުގައި ބަންދުން ދޫކުރެވޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
"ފާއިތުވި ފަސް މަސް ދުވަހުގެ ތެރޭގައި އެކަށީގެންވާ ގޮތަކަށް އެ ކަމަށް ފަރުވާތެރިކަން ދެވިފައިވާ ކަމަށް ބުރައެއް ނުވެވެ އެވެ،" ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ޖަލުގައި އޭނާ ހުރިއިރު ލޭ މަނާކުރަން ކަފަކޮޅެއް ދޭން އެދުމުން ވެސް، ކަރެކްޝަންސްގެ އޮފިސަރުން ދިން ޖަވާބަކީ އޭނާ އަމިއްލަ އަށް ނަރުހުން ގާތުގައި އެދިގެން ކަފަ ހޯދުމަށެވެ. އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ޖަވާބެއް ނޫން ކަމަށް ހުކުމުގައި ބުންޏެވެ.
"ބަންދުގައި ހުންނަ މީހަކަށް އަމިއްލަ އަށް ބޭސްފަރުވާއެއް ނުކުރެވެ އެވެ. ކަފަ ބޭނުންވެގެން އޭނާ ބުނުމުން އެކަން އަމިއްލަ އަށް ނަރުހުން ގާތު ބުނެގެން ކުރިއަށް ގެންދިއުމަށް އޭނާ އަށް ދީފައިވާ ޖަވާބަކީ ބަލައިގަންނަން ދަތި ޖަވާބެކެވެ،" ހުކުމުގައިވެ އެވެ.
މި ހާލަތުގައި ފުރާނަ އަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތުމުން ވަގުތީ ގޮތުން ބަންދުން ދޫކޮށްލުން ނޫން ގޮތެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
"ބޭސްފަރުވާ ކުރަންޖެހޭޭ ޟަރޫރަތެއް އޮތްކަން އެނގޭ މީހަކަށް އެ ފަދައިން ބޭސްފަރުވާ ނުދެވޭކަށް އެނގިތިބެ، ބަންދު ދަމަހައްޓަން އެންގިދާނެ ކަމަށް ނުދެކެމެވެ،" ފަނޑިޔާރު މުހައްމަދު ނިޔާޒް ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި އެ ހުކުމުގައިވެ އެވެ.
އެ މީހާ ބަންދުން ދޫކޮށްލަން ހައި ކޯޓުން ތާއީދު ކުރިޔަސް، އޭނާ ދޫކޮށްލި މުއްދަތަށް ހައި ކޯޓުން ބަދަލު ގެނަ އެވެ. ބޭސްފަރުވާގެ މުއްދަތު 30 ދުވަހަށް ކުރުކުރުމާ އެކު، އެ މުއްދަތު ހަމަވުމުން އޭނާ އަލުން ޖަލު ބަންދަށް ގެންދަން ޖެހޭނެ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި އަންގާފައިވެ އެވެ.
ފަނޑިޔާރު ނިޔާޒްގެ އިތުރުން އެ މައްސަލަ ބެއްލެވީ ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
ގޭންގުތައް ނުހުއްޓުވޭ ސަބަބާ މެދު ފަނޑިޔާރުންގެ ސުވާލު
މަނާތަކެތި ވެއްދި މައްސަލާގައި ބަންދުކުރީ ގޯސްކޮށް
އިސްތިއުނާފު ނިމެންދެން ކަފާލާތު ދެވޭގޮތަށް ހަދަނީ
މޫސަގެ މަރު: ދައުވާ ލިބޭ މީހާ ބަންދުނުކުރީ ރަނގަޅަށް
ނަދީމްގެ މަރު: މަފާޒް އަލުން ބަންދުކުރަން އެދެފި
ހައިކޯޓުން"ވާނުވާ"ޖަހާ މީހުންގެ ބަންދު ރިވިއުނުކުރެވޭނެ
މައްސަލަ ލަސްވުމަކީ ބަންދުން ދޫކުރެވޭނެ ސަބަބެއް ނޫން
ނަދީމްގެ މަރު:ދައުވާލިބޭ މީހުން ހައިކޯޓުން ބަންދުނުކުރި
ނޫރުގެ ގާތިލަށް ކުށް ސާބިތުވިޔަސް މަރުގެއަދަބު ނުދެވޭނެ
'ތޫނު ހަތިޔާރު ގާނޫނު ހިންގަން ސަމާލުކަމެއް ނުދޭ"