Roadha Mihaaru
އައްޑޫ ލިންކް ރޯޑުގައި ހުރި 55 ރުއް ކަނޑާލައިފި

އާންމުންނަށް ނުރައްކާވާ ކަމަށް ބުނެ އައްޑޫ ލިންކް ރޯޑުގައި ހުރި 55 ރުއް ކަނޑާލައިފި

10 މާޗް 2022

އައްޑޫ ލިންކް ރޯޑުގައި ހުރި ރުއްތަކުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގަމުން ދާ ކަމަށް ބުނެ، އެ ރުއްތައް މިއަދު ކަނޑާލައިފި އެވެ. އެ މަގުގައި ހުރި 55 ރުއް ވަނީ ކަނޑާލައިފަ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫ ލިންކް ރޯޑުގައި ހުރި ރުއްތަކުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގަމުން ދާ ކަމަށް ބުނެ، އެ ރުއްތައް މިއަދު ކަނޑާލައިފި އެވެ. އެ މަގުގައި ހުރި 55 ރުއް ވަނީ ކަނޑާލައިފަ އެވެ.

އައްޑޫ ހިތަދޫ މޫލެކެޑެ އަވަށުގެ ކައުންސިލްގެ މެމްބަރު އަހްމަދު ސައީދު "މިހާރު" އަށް ވިދާޅުވީ އެ ރުއްތަކަކީ ވަރަށް ދުވަސްވީ ރުއްތަކެއް ކަމުން، ވައިގަދަވެ، ވިއްސާރަވާ ދުވަސްތަކުގައި ރުއްތަކުން އެއްޗެހި ވެއްޓި ނުރައްކާތެރި ހާދިސާތައް ހިނގާފައިވާ ކަމަށެވެ.

އައްޑޫ ލިންކް ރޯޑްގެ ދެ ފަރާތުގައި ހައްދާފައިވާ ރުއްތައް: އާންމުންނަށް ނުރައްކާވާތީ އެ ރުއްތައް ވަނީ މިހާރު ވަނީ ކަނޑާލައިފައި.-- ފޮޓޯ: ޝުޖާއު / ޓުވިޓާ

އައްޑޫ ލިންކް ރޯޑްގެ ދެ ފަރާތުގައި ހައްދާފައިވާ ރުއްތައް: އާންމުންނަށް ނުރައްކާވާތީ އެ ރުއްތައް ވަނީ މިހާރު ވަނީ ކަނޑާލައިފައި.-- ފޮޓޯ: ޝުޖާއު / ޓުވިޓާ

އެ ރުއްތަކަށް މިހާރު 70 ވަރަކަށް އަހަރު ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ރުއްތައް ކަނޑާލަން ނިންމީ ވެސް އެކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ކައުންސިލަށް ލިބޭތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. މިފަހުން ވެސް ކާރެއްގެ މައްޗަށް ރުކެއް ވެއްޓި ނުރައްކާތެރި ހާދިސާއެއް ހިނގި ކަމަށް ވިދާޅުވި އެވެ.

އެ ރުއްތައް ކެނޑުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އީޕީއޭގެ ހުއްދަ ވެސް ހޯދައިފަ އެވެ.

"ކަނޑާލި ކޮންމެ ރުކަކަށް އިތުރު ދެ ރުއް އިންދަން ކައުންސިލުން ވަނީ ނިންމައިފައި،" އޭނާ ވިދާޅުވި އެވެ.

އައްޑޫ ލިންކް ރޯޑްގެ ދެ ފަރާތުގައި ހައްދާފައިވާ ރުއްތައް: އާންމުންނަށް ނުރައްކާވާތީ އެ ރުއްތައް ވަނީ މިހާރު ވަނީ ކަނޑާލައިފައި.-- ފޮޓޯ: ޝުޖާއު / ޓުވިޓާ

އައްޑޫ ލިންކް ރޯޑްގެ ދެ ފަރާތުގައި ހައްދާފައިވާ ރުއްތައް: އާންމުންނަށް ނުރައްކާވާތީ އެ ރުއްތައް ވަނީ މިހާރު ވަނީ ކަނޑާލައިފައި.-- ފޮޓޯ: ޝުޖާއު / ޓުވިޓާ

އޭނާ ވިދާޅުވި ގޮތުގައި އެ ރުއްތައް ނެގުމަށް ފަހު، އެތަނުގައި އަލުން ގަސް އިންދާއި ލައިޓް ހަރުކޮށް، އެ ސަރަހައްދު ބޮޑަށް އަލިކުރަން ވެސް ވަނީ ޕްލޭން ކޮށްފަ އެވެ. އަދި އައްޑޫގައި ދެ ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް ކައުންސިލްގެ ޕްލޭންގައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާންމުންގެ ރައްކާތެރިކަމަށް ކައުންސިލުން ރުއްތައް ކަނޑާލިޔަސް، ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ އެ މަގުގެ ރީތިކަން ގެއްލިއްޖެ ކަމަށް ބުނެ ފާޑުކިޔައިފަ އެވެ.