20 ޑިސެމްބަރ 2016
ލޯކަލް ކައުންސިލް އިންތިހާބު ދެ މަހަށް ފަސް ކުރަން ސިވިލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފް ލަސްވާތީ ހައި ކޯޓަށް ފާޑުކިޔުން އަމާޒުވެފައިވީ ނަމަވެސް، މައްސަލަ ހުށަނާޅައި ލަސްކުރީ އިލެކްޝަންސް ކޮމިޝަނުން ކަން އެނގިއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ދެ މަހަށް ފަސް ކުރަން ސިވިލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފް ލަސްވާތީ ހައި ކޯޓަށް ފާޑުކިޔުން އަމާޒުވެފައިވީ ނަމަވެސް، މައްސަލަ ހުށަނާޅައި ލަސްކުރީ އިލެކްޝަންސް ކޮމިޝަނުން ކަން އެނގިއްޖެ އެވެ.
ޖެނުއަރީ 14 ގައި ބާއްވަން އުޅުނު އިންތިހާބު ދެ މަހަށް ސިވިލް ކޯޓުން ފަސްކުރީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ހުށަހަޅައިގެންނެވެ. އެއީ ގާނޫނީ މައްސަލަތަކެއް ކުރިމަތިވާނެ ކަމަކަށް ވާތީ، އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އޭގެ ފަހުން، ދެ ހަފުތާ ވެފައިވާ އިރު، ސިޔާސީ ޕާޓީތަކާއި އާއްމުންގެ ގިނަ ބަޔަކަށް ވެސް ހީވެފައި އޮތީ މައްސަލަ ކުރި އަށް ނުގެންގޮސް ދިގު ދަންމަނީ ހައި ކޯޓުން ކަމަށެވެ. އެ މައްސަލާގައި ފާޑުކިޔުން ވެސް އަމާޒުވެފައި ވަނީ ހައި ކޯޓަށެވެ.
އެކަމަކު އިސްތިއުނާފް މައްސަލަ އިއްޔެގެ ނިޔަލަށް ކޯޓަށް ހުށަހަޅާފައި ނުވާ ކަން އެ ކޯޓުގެ އޮފިޝަލް އަމީން ފައިސަލް ކަށަވަރު ކޮށްދެއްވި އެވެ.
އަމީން ވިދާޅުވީ އިސްތިއުނާފަށް ހުށަހެޅި ފޯމުގައި ހުރި ބައެއް ކަންތައް އިސްލާހު ކުރަން އިލެކްޝަންސް ކޮމިޝަނަށް އެންގި ކަމަށެވެ. އިސްތިއުނާފް ކުރި އަށް ގެންދެވޭނީ އަލުން ފޯމް ހުށަހެޅުމުން ކޯޓުން މައްސަލަ ބަލައިގަތުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އިސްތިއުނާފް ކުރުމަށް އޮންނަ 10 ދުވަހުގެ މުއްދަތު ހަމަވުމާ އެކު ހައި ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ދެ ވަނަ ފުރުސަތެއް ދީފަ އެވެ.
ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ނުކޮށް ލަސްކުރި ސަބަބާ ގުޅޭ ގޮތުން އިލެކްޝަނުގެ ބަހެއް ނުލިބުނެވެ.
އެ ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ އިންތިހާބުގެ މައްސަލަ އިސްތިއުނާފްކުރުމުގައި އިލެކްޝަންސް ކޮމިޝަނުން އަންނަނީ ފުރިހަމަކުރަން ޖެހޭ ގާނޫނީ ހުރިހާ ކަމެއް ފުރިހަމަކުރަމުން ކަމަށެވެ.
އެއް ގޮތަކުން ބަލާއިރު އިސްތިއުނާފްކުރުން މިހާރު މި އޮތީ ބޭކާރު ކަމަކަށް ވެފަ އެވެ. ސަބަބަކީ ދަށު ކޯޓުގެ ހުކުމް ގޯސް ކަމަށް ހައި ކޯޓުން ނިންމިޔަސް، ޖެނުއަރީ 14 ގައި އިންތިހާބު ބޭއްވުމުގެ ފުރުސަތު ނެތުމެވެ. ސިވިލް ކޯޓުން ކައުންސިލް އިންތިހާބު ފަސްކުރަން އަމުރުކުރީ، ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން އެ ގޮތަށް ބޭނުންވެގެން ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. އެ ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާއިރު، އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ. ޕީޕީއެމަށް ބައިވެރި ނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ. ޕީޕީއެމް ދެ ބައި ވީ، ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ބޮޑު ޚިޔާލު ތަފާތުވުމެއްގަ އެވެ.
އީސީން ހުށަހެޅި މައްސަލަ ކޯޓުން ބަލައެއް ނުގަތް
އިންތިހާބުގެ އިސްތިއުނާފް ހައި ކޯޓަށް ހުށަހަޅައިފި
އިންތިހާބުގެ މައްސަލަ ހައި ކޯޓުން އަދި ބަލަައެއް ނުގަނޭ
އިންތިހާބުގެ އިސްތިއުނާފްގައި "ބުރެކި" ޖެހިފައި!
އިންތިޚާބަށް އަލުން ހުޅުވާލުމުގެ މައްސަލަ ބޭރުކޮށްލައިފި
އިންތިޚާބަށް އަލުން ހުޅުވާލުމުގެ މައްސަލަ:ހުކުމް މާދަމާ
އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމުގެ ޝަރީއަތް ފަށައިފި
އިންތިޚާބު ފަސް،ކުރާ މައްސަލަ ސުޕްރީމް ކޯޓަށް
އެމްޑީޕީން ނުދިއުމުން ކެންޑިޑެސީ މައްސަލަ ބޭރުކޮށްލައިފި
ކެންޑިޑެސީ ބާތިލްކުރި މައްސަލައިގެ ޝަރީއަތް ފަސްކޮށްފި