09 މާޗް 2022
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތްތައް ފުޅާކުރަން، އެ ހޮސްޕިޓަލް ގޯތިތެރޭގައި އިމާރާތްކޮށްފައިވާ ހަ ބުރީގެ އިމާރާތަށް ހޮސްޕިޓަލްގެ ބައެއް ހިދުމަތްތައް ބަދަލުކޮށްފައި ވާއިރު އެތަނުގައި އައިސީޔޫއަކާއި އެންއައިސީޔޫއެއް ހަދަން ޓެންޑަކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތްތައް ފުޅާކުރަން، އެ ހޮސްޕިޓަލް ގޯތިތެރޭގައި އިމާރާތްކޮށްފައިވާ ހަ ބުރީގެ އިމާރާތަށް ހޮސްޕިޓަލްގެ ބައެއް ހިދުމަތްތައް ބަދަލުކޮށްފައި ވާއިރު އެތަނުގައި އައިސީޔޫއަކާއި އެންއައިސީޔޫއެއް ހަދަން ޓެންޑަކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލުން "މިހާރު" އާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އާ އިމާރާތުގެ ފުރަތަމަ ފްލޯގައި ކޮންސަލްޓޭޝަން ނުވަ ކޮޓަރިއާއި މާބަނޑު މީހުންގެ ކްލިނިކް (އާރްއެޗްޔޫ) ގެ ހިދުމަތް އަންނަނީ ދެމުންނެވެ.
ހޮސްޕިޓަލްގެ އިދާރީ އޮފީސް ހިންގަނީ އެ އިމާރާތުގެ ހަތަރު ވަނަ ބުރީގަ އެވެ.
އޭގެ އިތުރުން ހަތަރު އޮޕަރޭޝަން ތިއޭޓަރު ރޫމް ހިމެނޭ ގޮތަށް، އޮޕަރޭޝަން ތިއޭޓަ ކޮމްޕްލެކްސެއް ހެދުމަށް ނޭޝަނަލް ޓެންޑަރިންނަށް ފޮނުވާފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
"ދެ ވަނަ ފަންގިފިލާގައި 10 އެނދުގެ އައިސީޔޫއަކާއި 12 އެނދުގެ އެންއައިސީޔޫއެއް ގާއިމްކުރުމަށް ބޭނުންވާ ކުރެހުން ނިމި ޓެންޑަރިންނަށް ފޮނުވުމުގެ މަރުހަލާގައި ވަނީ،" އެ މައުލޫމާތުގައިވެ އެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާ އެކު، ހުޅުމާލެ ހޮސްޕިޓަލަށް ވަރަށް ބޮޑަށް ބާރުބޮޑުވެފައިވެ އެވެ.
އެ ހޮސްޕިޓަލުން ކޮންމެ ދުވަހަކު ވެސް އޯޕީޑީގައި 300 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދަ އެވެ. އެކަށީގެންވާ ވަރަކަށް ޑޮކްޓަރުންނެއް ވެސް ނެތެވެ. އެ ހޮސްޕިޓަލުގައި ތިބީ މެޑިކަލް އޮފިސަރުންގެ ގޮތުގައި 32 ޑޮކްޓަރުން އަދި ސްޕެޝަލިސްޓް 36 ޑޮކްޓަރުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އާސަންދައިން ހުޅުމާލެ ހޮސްޕިޓަލް ހިންގިއިރު، ޖާގައިގެ ދަތިކަން ހައްލުކުރުމަށް ހަ ބުރީގެ އިމާރާތް ހަދަން ފެށުމަށް ފަހު ކުންފުނީގެ ދަށުން އެ ހޮސްޕިޓަލް އަތުލުމުން އެ މަސައްކަތް ވެސް ހުއްޓުނެވެ. އެހެންވެ އެތަނުގައި ހިދުމަތްތައް ފެށުން ލަސްވެގެން ދިޔަ އެވެ.
ހުޅުމާލޭ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކޮށްފި
ނަފުސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒެެއް ހުޅުމާލޭގައި
ހިތާނީ ކޭމްޕް ނިމުނު އިރު އައިސީޔޫ ވީތަނެއް ނޭނގޭ!
ބޮޑު އާބާދީއަކަށް ހުޅުމާލެ ހޮސްޕިޓަލް ތައްޔާރެއް ނޫން
ހުޅުމާލޭ ހޮސްޕިޓަލުން އައިސީޔޫއާއެކު ހިދުމަތް ފުޅާކުރަނީ
ޑރ. އެންޑީ އަބްދުﷲގެ ހަނދާން، ލޮލުގެ ސެންޓަރުން
ހުޅުމާލެ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓް ހުޅުވައިފި
ހުޅުމާލޭ ހޮސްޕިޓަލުގައި ވެންޓިލޭޓަރެއް ނެތް!
ހުޅުމާލެ ހޮސްޕިޓަލުގައި ޓްރިއާޖްގެ ހިދުމަތް ފަށައިފި
އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައި ހިދުމަތް ފަށައިފި