08 މާޗް 2022
ސަންފާ އަބްދުﷲ (ސަންފައްތަ) މުޅި ރާއްޖެއަށް ވެސް މަޝްހޫރުވެފައި ވަނީ "ރާޅު މަންމަ"ގެ ނަމުންނެވެ. ގދ. ވާދުއަށް އުފަން ސަންފައްތައަކީ ރާއްޖޭގައި މިހާރު ހުރި ރާޅާ އަޅާ އެންމެ ދުވަސްވީ އަންހެނާ އަށް ވެދާނެ އެވެ. އުމުރުން 54 އަހަރުގެ ސަންފައްތަގެ ހިތް ރާޅުތަކުގެ ތެރެއަށް ދޫވީ އޭނާގެ ދިހަ ދަރިން ރާޅާ އެޅުމަށް އޮތް ލޯބީގެ ތެރެއިންނެވެ.
ސަންފާ އަބްދުﷲ (ސަންފައްތަ) މުޅި ރާއްޖެއަށް ވެސް މަޝްހޫރުވެފައި ވަނީ "ރާޅު މަންމަ"ގެ ނަމުންނެވެ. ގދ. ވާދުއަށް އުފަން ސަންފައްތައަކީ ރާއްޖޭގައި މިހާރު ހުރި ރާޅާ އަޅާ އެންމެ ދުވަސްވީ އަންހެނާ އަށް ވެދާނެ އެވެ. އުމުރުން 54 އަހަރުގެ ސަންފައްތަގެ ހިތް ރާޅުތަކުގެ ތެރެއަށް ދޫވީ އޭނާގެ ދިހަ ދަރިން ރާޅާ އެޅުމަށް އޮތް ލޯބީގެ ތެރެއިންނެވެ.
ގައްދޫގައި މި ފަހުން ބޭއްވި ރާޅާ އަޅާ އިވެންޓަކުން ސަންފައްތަ ދިމާވެ، އޭނާ "މިހާރު"އަށް ކިޔައިދިން ގޮތުގައި ދަރިން އަބަދު މޫދަށް ގޮސް ރާޅު އެޅުމުގައި އުޅޭތީ ކުރިން ވަރަށް ހިތްހަމަނުޖެހުނެވެ. އެކަމާ ރުޅި އައިސްގެން އެތައް ފަހަރަކު އެއްޗެހި ގޮވާ ހެދި އެވެ. އެކަމަކު ރާޅާ އެޅުމަކީ ވެސް ކުރަން ރަނގަޅުކަމެއްގެ ގޮތުގައި އޭނާއަށް ވިސްނައިދޭން ދަރިން ވަރަށް މަސައްކަތްކުރި ކަމަށް ބުންޏެވެ.
"މިއީ، ކުރަން ވަރަށް ރަނގަޅު ކަމެކޭ އެ ކުދިން ބުނާނެ ކުރިން އެއްޗެހި ގޮވާތީ. ދެން އެހެންވެ ފަހުން އަޅާނުލީ،" ސަންފައްތަ ބުންޏެވެ.
ރާޅާ އަޅަން ދަސްކުރުމުން "ރާޅު އެދުރު"ގެ ފަރާތުން ސަންފައްތައާ އެކަމުގެ ލިޔުން ހަވާލު ކުރަނީ-- ފޮޓޯ: ރާޅު އެދުރު
ދަރިންގެ ބައްޕަ ނިޔާވި ފަހުން ކުދިންގެ ކަންކަން ބަލަހައްޓަމުން އައީ އޭނާ އެކަންޏެވެ. އެހެންވެ، ދަރިން އެދުމަށް ފުރަގަސްދޭން ޖެހިލުންވީ އެވެ. އެއާއެކު، ސަންފައްތަގެ ހިތް ވެސް ރާޅުތަކުގެ ތެރެއަށް ގަންބާލީ އެވެ. ރަށުގައި ހިންގި ޕްރޮގްރާމެއްގައި ބައިވެރިވެގެން ރާޅާ އަޅަން ދަސްކުރީ އޭނާގެ 13 އަހަރުގެ ދަރިފުޅު އަރުޝަމް އިބްރާހިމް ކިޔާ ވަރުންނެވެ. އެ ފަހަރު އަލަށް ރާޅާ އެޅި ނަމަވެސް ރާޅު މަތީގައި ސާފްބޯޑު ދުއްވާލައި ސަންފަދައްތަ ހުނަރު ދައްކާލި ގޮތުން އެންމެން ހައިރާންކޮށްލި އެވެ.
އާންމުކޮށް ވެސް ފަތާ އުޅޭތީ ރާޅުތައް މަތީ، ސާފުބޯޑުގައި ބެލެންސް ހިފަހައްޓާލައިގެން ކޮޅަށް ހުންނަން އެހާ އުނދަގުލެއް ނުވި އެވެ. އެކި މީހުން ކިޔައިދިން އުކުޅުތަކާ އެކީ ސާފު ބޯޑު މަތީގައި ހަމަޖެހިލީ އެވެ.
ދަރިންގެ ހުނަރު ސަންފައްތަގެ ގައިގައި ހުރިކަން އެ ދުވަހު ދައްކާލިޔަސް ދަރިއެއްގެ ވަކިވުމާ އެކު ރާޅާ އެޅުން ވެސް މެދުކަނޑާލި އެވެ.
އަރުޝަމް (ކ) ރާޅާ އަޅަނީ.
އައްޑޫގައި 2017 ވަަނަ އަހަރު ހިނގި އެކްސިޑެންޓެއްގައި އަރުޝަމްގެ ކުއްލި ވަކިވުމާ އެކު މީހާ އެކީ މޫދާ ދުރުކޮށްލީ އެވެ. އޭނާގެ ބައެއް ދަރިން ވެސް ދެ އަހަރެއްހާ ދުވަހަށް މޫދާ ދުރުވި އެވެ. އެކަމަކު ރައްޓެހިން ކިޔާ ވަރުން އަލުން ރާޅާ އަޅަން ފެށީ އެވެ.
އަރުޝަމަކީ މޫދަށް ނިކަން ފަރިތަ ހަގު އުމުރެއްގައި ރާޅާ އަޅަމުން އައި ކުއްޖެކެވެ. އާއިލާއަށް ލިބުނު ކުއްލި ހިތާމައިން ސަލާމަތްވާން މޫދަށް ތަންކޮޅެއް ދުރުވެލިޔަސް އަހަރުތަކެއް ފަހުން ސަންފައްތަ އަނެއްކާ ވެސް އެނބުރި އައީ އެވެ.
މިދިޔަ އަހަރު ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ސީ ސްޕޯޓްސް ރަންމާރި ޗެލެންޖު ހިނގި ސަރަހައްދުން ސަންފައްތަ ފެނުނީ އޭނާގެ ދެ ދަރިން މުބާރާތުގައި ބައިވެރިވުމުންނެވެ. އެ މަންޒަރު ބަލަން އެއް ފަރާތެއްގައި އޭނާ އިނީ އޭނާގެ ވަކިވި އަރުޝަމްގެ ހަނދާންތަކާ އެކު އެވެ.
ސަންފައްތައގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ވެސް ރާޅާ އަޅަ އެވެ. މުޅި އާއިލާ ރާޅަށް އޮތް ލޯބީގައި ހިތާމަ އާއި އުފާތަކުން ވެސް ކުރިއަށްދަނީ މި ރާޅުތަކުގެ ތެރެއިންނެވެ.
ރީތި ރާޅުތަކުގެ އުހުގައި މި ތިން އަންހެނުން
"ކޮކޯ ޝިކް" އާއި "މިހާރު" ގުޅިގެން ކޮންޓެސްޓެއް
އަންހެނުން ބާރުވެރިކުރުވަން ދިރާގުން އެކްޝަން ޕްލޭނެއް
އަމީމަތު: ދެ ދަރިންނާއެކު އާއިލާގެ މުހިއްމު ތަނބު!
ކަސަބް ލިބާހުގެ ކަވި މަސައްކަތުގައި ދެމައިން
ފާއިޒާ: ގައްދޫގެ ފަހުރު ދަމަހައްޓަނީ ތުނޑުކުނަލުން
އަލިފާނުގެ ބިޔަ ހުޅުން ގަޔަށް ހެޔޮވަރުކޮށްލި ލިބާސް!
މި ވިސްނުމުން ޓޫރިޒަމް ދާއިރާއަށް ހިނިތުންވުން!
ނަޝްވާ: 28 އަހަރުގެ ހިދުމަތަށް ސެލިއުޓް ހައްގު
އަންހެނުންނަށް ޓަކައި، މި ކުލަބުގެ ހިތްވަރަކީ މިއީ!