Roadha Mihaaru
ރަޝިއާގައި ފޭސްބުކަށް ނުވަދެވޭ ގޮތް ހަދައިފި

ރަޝިއާގައި ފޭސްބުކަށް ނުވަދެވޭ ގޮތް ހަދައިފި

06 މާޗް 2022

ރަޝިއާ ސަރުކާރުން އެ ގައުމުގައި ފޭސްބުކަށް ނުވަދެވޭ ގޮތް ހަދައިފި އެވެ.

ރަޝިއާ ސަރުކާރުން އެ ގައުމުގައި ފޭސްބުކަށް ނުވަދެވޭ ގޮތް ހަދައިފި އެވެ.

ރަޝިއާ ސަރުކާރުން ބުނި ގޮތުގައި ފޭސްބުކް މަނާކުރަން ޖެހުނީ އެ ޕްލެޓްފޯމް މެދުވެރިކޮށް އެ ގައުމުގެ މީޑިއާތަކަށް ތަފާތުކުރާކަމުގެ 26 މައްސަލައެއް ހުށަހަޅާފައި ވާތީ އެވެ. އެ މައްސަލަތައް ހުށަހަޅާފައި ވަނީ އޮކްޓޯބަރު 2020 އިން ފެށިގެން ކަމަށް ބުނެފައިވެ އެވެ.

އެ ގައުމުގައި ފޭސްބުކް މަނާކުރީ ރަޝިއާގެ ސަރުކާރުން ހިންގާ މީޑިއާތަކަށް އެ ޕްލެޓްފޯމުން ހުރަސްއަޅާފައި ވަނިކޮށެވެ. އެ މީޑިއާތަކުން ގެނެސްދޭ ޚަބަރުތައް ފެކްޓް ޗެކްކުރުން ހުއްޓާލަން އެ ގައުމުގެ ސަރުކާރުން އެންގި ނަމަވެސް، ފޭސްބުކް އެކަމާ ދެކޮޅު ހެދި އެވެ.

ފޭސްބުކް މަނާކުރި އިރު، އެ ގައުމުގައި ޓުވިޓާ ބޭނުންކުރަން ވެސް ސަރުކާރުން އެކި ކަހަލަ ހުރަސްތައް އަޅާފައިވެ އެވެ. އެ ގައުމުގައި ފޭސްބުކް މަނާކުރިޔަސް އަދިވެސް ބައެއް ހިސާބުތަކުގައި ފޭސްބުކަށް އެކްސެސްވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރަޝިއާ އިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ މަޝްހޫރު ކުންފުނިތަކުން ދަނީ އެ ގައުމުގައި ދެމުންދާ ހިދުމަތްތައް ހުއްޓާލަމުންނެވެ.