Roadha Mihaaru
މަތީ ތައުލީމުގެ ލޯނަށް 1،000 ދަރިވަރުން

މަތީ ތައުލީމުގެ ލޯނަށް 1،000 ދަރިވަރުން

03 މާޗް 2022

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު ހަމަވިއިރު، 1،000 ދަރިވަރުން ކުރިމަތިލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު ހަމަވިއިރު، 1،000 ދަރިވަރުން ކުރިމަތިލައިފި އެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުރެގެން މަތީ ތައުލީމް ހާސިލްކުރަން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ލޯނުގެ 720 ފުރުސަތަށް ހުޅުވާލީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހެވެ. އެ މުއްދަތު މިއަދު ހަމަވިއިރު، 1،000 ދަރިވަރުން ކުރިމަތިލި އެވެ.

އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 417 ފުރުސަތު އަދި މި ވަގުތު ކިޔަވަމުން އަންނަ ދަރިވަރުންނަށް 303 ފުރުސަތު ހާއްސަކޮށްފައިވެ އެވެ.

ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް 138 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

މި ފަހަރު ލޯނަށް ހުޅުވާލީ ވެސް މަތީ ތައުލީމުގެ ލޯނަށް އިދާރީ ފީގެ ގޮތުގައި ނަގަމުން ދިޔަ އަދަދު ކުޑަކޮށެވެ.

މީގެ ކުރިން އިދާރީ ފީގެ ގޮތުގައި ނަގަމުން ދިޔައީ ފަސް ޕަސެންޓެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވުމާ އެކު އެ އަދަދު ތިން ޕަސެންޓަށް ދަށްކުރި އެވެ. އެންމެ ފަހުން ލޯނަށް ހުޅުވާލީ އިދާރީ ފީ އެއް ޕަސެންޓަށް ކުޑަކުރުމަށް ފަހުގަ އެވެ. މިއީ މުޅި ލޯނުން ނަގާ އަދަދެކެވެ.

ރާއްޖޭގައި ތިބެގެން މާސްޓާސް އަށް ކިޔަވަން މީގެ ކުރިން ހުޅުވާލި ސްކީމްގައި ހުޅުވާލައިފައެއް ނުވެ އެވެ. ނަމަވެސް މި ބުރުގައި ހުޅުވާލި ފުރުސަތުގައި ރާއްޖޭގައި ތިބެގެން މާސްޓާސް އަށް ކިޔެވޭނެ އެވެ.