03 މާޗް 2022
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަން ދުރާލައި ރާވާފައި އޮތް ހަނގުރާމަ، މި އަހަރުގެ ފިނި މޫސުމުގެ އޮލިމްޕިކް ކުޅިވަރު މުބާރާތް ނިމެންދެން ފަސްކޮށްލުމަށް ޗައިނާ އިން ރަޝިޔާގައި އެދުނު ކަމަށް ހުޅަނގުގެ އަސްކަރީ ޖާސޫސީ އިދާރާތަކުން ބުނެފި އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަން ދުރާލައި ރާވާފައި އޮތް ހަނގުރާމަ، މި އަހަރުގެ ފިނި މޫސުމުގެ އޮލިމްޕިކް ކުޅިވަރު މުބާރާތް ނިމެންދެން ފަސްކޮށްލުމަށް ޗައިނާ އިން ރަޝިޔާގައި އެދުނު ކަމަށް ހުޅަނގުގެ އަސްކަރީ ޖާސޫސީ އިދާރާތަކުން ބުނެފި އެވެ.
ހުޅަނގުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާ އިން ރަޝިޔާގައި އެކަމަށް އެދުނީ، ހުސްވި ފެބްރުއަރީ މަހު ޗައިނާގެ ބޭޖިންގައި ބޭއްވި މި އަހަރުގެ ފިނި މޫސުމުގެ އޮލިމްޕިކް ކުޅިވަރު މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ކުރެއްވި ޒިޔާރަތުގަ އެވެ.
އޮލިމްޕިކް ކުޅިވަރު މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ކުރެއްވި ޒިޔާރަތުގައި ރައީސް ޕުޓިން ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައިފަ އެވެ. ނަމަވެސް، ޔޫކްރޭންގެ ހަނގުރާމައިގެ ވާހަކަތައް ދެކެވުނީ، ޕުޓިން އިސްވެ އެ ވާހަކަތައް ފެއްޓެވުމުންކަން، ޖާސޫސީ ރިޕޯޓުން ޔަގީން ނުވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
ޗައިނާގެ ރައީސް ޝީގެ އެ ހުށަހެޅުއްވުމާ ގުޅޭ ގޮތުން ރައީސް ޕުޓިން ރައްދެއް ދެއްވިކަން ނުވަތަ އެ ކަމާ ބެހޭ ގޮތުން އިތުރަށް މަޝްވަރާ ކުރެއްވިކަން ވެސް ޔަގީން ނުވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން
ރައީސް ޕުޓިން ޗައިނާ އަށް ވަޑައިގަތީ، ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރި އަށް ރަޝިޔާގެ 100،000 އަށް ވުރެ ގިނަ ސިފައިން ބަރު ހަތިޔާރާ އެކު ޖަމާކޮށް، ރަޝިޔާ އިން ހަނގުރާމައެއް ފަށަން އުޅޭ ކަމުގެ ނިޝާންތައް ފެންނަމުން ދިޔަ ދަނޑިވަޅެއްގަ އެވެ. އެ ދަތުރުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވުމަށް ފަހު ގުޅިފައިވާ ބަޔާނެއް އާންމުކުރެއްވި އެވެ.
އެ ބަޔާނުގައި ދެ ބޭފުޅުން ވިދާޅުވެފައިވަނީ، ދެ ގައުމުގެ ދެމެދުގައި އޮތީ ވަކި އިމެއް ނެތް ގުޅުމެއް ކަމަށާއި، ޔޫރަޕްގެ އިރުމަތީ ފަޅިއަށް ނޭޓޯ ފުޅާކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ނޭޓޯގެ ނުފޫޒު އިރުމަތީ ޔޫރަޕަށް ފުޅާ ކުރުމަކީ ރަޝިޔާ އަބަދުވެސް ދެކޮޅުހަދާ ކަމެކެވެ. އަދި ޔޫކްރޭނަށް ހަމަލާ ދިނުމަށް ރަޝިޔާ އިން ދެއްކި އެންމެ ވަރުގަދަ ބަހަނާއަކީ ވެސް، ނޭޓޯގެ މެންބަރަކަށް ވުމަށް ޔޫކްރޭން ކުރަމުންދާ މަސައްކަތެވެ.
ޔޫކްރޭން ހަނގުރާމަ ފަސްކޮށްލުމަށް ޗައިނާއިން ހުށަހެޅި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން، އެމެރިކާގެ ވޮޝިންޓަންގައި ހުންނަވާ ޗައިނާ އެމްބަސީގެ ތަރުޖަމާނު ލިއު ޕެންގްޔޫ ވިދާޅުވީ އެއީ، ބަޔަކު ހަދައިގެން ދައްކާ އެއްވެސް ހަގީގަތެއް ނެތް ތޯތޯ ވާހަކަތަކެއް ކަމަށެވެ. އަދި އެއީ މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމަ ކޮންމެވެސް ގޮތަކުން ޗައިނާއާ ގުޅުވުމަށް ބަޔަކު ދައްކާ ވާހަކައެއް ކަމަށް ވެސް ލިއު ޕެންގްޔޫ ވިދާޅުވި އެވެ.
ހުޅަނގާއި ޔޫކްރޭން ސުލްހައަށް ތައްޔާރެއް ނޫން: ޕުޓިން
ޗައިނާގެ ދިފާއީ ވަޒީރު ރަޝިޔާ އާއި ބެލަރޫސް އަށް
ޗައިނާ އަށް ވަޑައިގަތުމަށް ޕުޓިން އަށް ދައުވަތެއް
ރަހުމަތްތެރިކަމުގެ ދަތުރެއްގައި ރައީސް ޝީ ރަޝިޔާ އަށް
ޕުޓިންއާ މަޝްވަރާ ކުރެއްވުމަށް ރައީސް ޝީ ރަޝިޔާ އަށް
ޕުޓިން އާއި ޝީ ބައްދަލުކުރައްވަނީ
ހަނގުރާމަ ހުއްޓުވުމުގައި މެދުވެރިވެވިދާނެ: ރައީސް ޝީ
ރައީސް ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ
ކިމްއާ އެކު ހުރިހާ ދާއިރާއަކުން މަޝްވަރާ ކުރެވޭނެ
ޕުޓިންއާ މަޝްވަރާ ކުރައްވަން ކިމް ރޭލުގައި ރަޝިޔާއަށް