Roadha Mihaaru
ޓިކްޓޮކަށް 10 މިނެޓްގެ ވީޑިއޯ ލެވޭނެ ގޮތް ހަދައިފި

ޓިކްޓޮކަށް 10 މިނެޓްގެ ވީޑިއޯ ލެވޭނެ ގޮތް ހަދައިފި

01 މާޗް 2022

ކުރު ވީޑިއޯތަކުން މަޝްހޫރުކަން ހޯދި ސޯޝަލް މީޑިއާ އެޕް "ޓިކްޓޮކް" އަށް 10 މިނެޓްގެ ވީޑިއޯ އަޕްލޯޑް ކުރެވޭނެ ގޮތް ހަދައިފަ އެވެ.

ކުރު ވީޑިއޯތަކުން މަޝްހޫރުކަން ހޯދި ސޯޝަލް މީޑިއާ އެޕް "ޓިކްޓޮކް" އަށް 10 މިނެޓްގެ ވީޑިއޯ އަޕްލޯޑް ކުރެވޭނެ ގޮތް ހަދައިފަ އެވެ.

ދިގު ވީޑިއޯތައް އަޕްލޯޑް ކުރެވޭނެ ގޮތް ހަދަން ޓިކްޓޮކުން ޓެސްޓުތައް ކުރަމުން އަންނަތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ. މިދިޔަ އަހަރު ޖުލައިގައި އެ އެޕުން ވަނީ ތިން މިނެޓުގެ ވީޑިއޯ ވެސް އަޕްލޯޑް ކުރެވޭނެ ގޮތް ހަދައިފަ އެވެ.

ޓިކްޓޮކުން ބުނީ އެ ބަދަލު ގެނައީ އެ އެޕް ބޭނުންކުރާ މީހުންގެ ތަރުހީބު ވެސް އެކަމަށް ލިބޭނެ ކަމަށް ފެންނާތީ އާއި އެ އެޕް ތަރައްގީކުރަން ކުރެވޭ މަސައްކަތުގެ ތެރެއިން އެޕް ބޭނުންކުރާ މީހުންނަށް ރަނގަޅު ވީޑިއޯތައް އުފައްދަން ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި ދިގު ވީޑިއޯތަކާ އެކު ޓިކްޓޮކްގެ މިހާރުގެ އަމާޒަކީ ޔޫޓިއުބްއާ ވާދަކުރުމެވެ.

ޓިކްޓޮކުން ކުރު ވީޑިއޯތައް މަޝްހޫރުވުމުން ޔޫޓިއުބް އާއި އިންސްޓަގްރާމް އަދި ސްނެޕްޗެޓް ކަހަލަ ސޯޝަލް މީޑިއާ އެޕްތަކުން ވަނީ އެ އެޕާ އެއްގޮތަށް ކުރު ވީޑިއޯ ބެލޭ ފީޗާއެއް ވެސް ހަދައިފަ އެވެ. އެކަމަކު، އެ ފީޗާތަކަށް މާ ބޮޑު ތަރުހީބެއް ނުލިބުނެވެ.