23 ފެބުރުއަރީ 2022
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަން ކުރާ މެމްބަރުންގެ ނަންތައް ރައީސް އޮފީހުން މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަން ކުރާ މެމްބަރުންގެ ނަންތައް ރައީސް އޮފީހުން މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީގެ ތެރޭގައި ޖަލްސާ ބާއްވައި އެ ކޮމިޝަންގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތިން މެމްބަރަކު އިސްތިއުފާ ދެއްވީ އެވެ. އޭގެ ކުރިން އަމިއްލަ ސަބަބުތަކަކާ ހެދި ދެ މެމްބަރަކު ވަނީ ވަކިވެވަޑައިގެންފަ އެވެ.
އެހެންވެ މިއަދާ ހަމައަށް ވެސް ހިޔާނާތުގެ މައްސަލަތައް ބެލުމުގެ ޒިންމާ އޮތް އޭސީސީ އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް "މިހާރު" އަށް ވިދާޅުވީ އޭސީސީ އަށް އައްޔަން ކުުރުމަށް މަޖިލީހަށް މިއަދު ނަންތައް ފޮނުވާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލް ހާމަ ކުރާނީ މަޖިލީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކޮމިޝަނަށް ކުރިމަތިލާން ދެ ފަހަރެއްގެ މަތިން ހުޅުވާލައި މުއްދަތު ހަމަވީ މިިދިޔަ މަހުގެ 31 ގަ އެވެ. އެ ފުރުސަތުގައި 30 އަށް ވުރެ ގިނަ މީހުން ވަނީ އެ މަގާމަށް ކުރިމަތިލާފަ އެވެ.
އެނގިފައިވާ ގޮތުގައި އެ ކޮމިޝަނަށް ކުރިމަތިލެއްވި މީހުންގެ ތެރޭގައި ހިމެނޭ ސަރުކާރުގެ އޮޑިޓިން ދާއިރާގައި ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި އަދި ޓެންޑަ ބޯޑުގައި މިހާތަނަށް އާއްމުން ތަމްސީލް ކުރެއްވި މެމްބަރު އިސްމާއިލް ޒަރިޔަންދާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެންބަރު އަމްޖަދު މުސްތަފާގެ ނަމެއް ރައީސް އޮފީހުން މަޖިލީހަކަށް ނުފޮނުވަ އެވެ.
ޒަރިޔަންދު އެ މަގާމަށް ކުރިމަތިލުމުން އެމްޑީޕީގެ ގިނަ މެންބަރުން ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. ނަމަވެސް އޭނާގެ ނަން ނުފޮނުވީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.
- އާދަމް ޝާމިލް، ރަތްވިލާގެ/ ތ. ވިލުފުށި
- އަބްދުއްސަލާމް، ހަވާ/ ށ. ނަރުދޫ
- ތާހާ މުހައްމަދު، ކަޅިހާރުގެ/ އދ. މާމިގިލި
- ޝަޒްނާ ހާޝިމް، ރިހިވިލު/ ހދ. ނޮޅިވަރަންފަރު
- ޝިޔާމާ މުހައްމަދު، ނާރެސް/ ރ. ހުޅުދުއްފާރު
އެ ނަންތައް އިއުލާން ކުރުމާއި އެ މީހުންނާ އިންޓަވިއު ކުރުމުގެ މަސައްކަތް އަންނަ ހަފްތާ ތެރޭގައި ފަށާނެ ކަމަށް ބެލެވެ އެވެ.
ޒަރިޔަންދުގެ "ހައްގު ގެއްލުވާލި" މައްސަލަ ހުށަހަޅައިފި
އޭސީސީގެ ރައީސްގެ ވާހަކަތަކުގައި ހަގީގަތެއް ނެތް:ސަމީރު
އޭސީސީގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
އޭސީސީގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތައް!
އޭސީސީ/އީސީގެ ވެރިން ރައީސް ކަނޑައަޅާގޮތަށް ފާސްްކޮށްފި
ވަކިކުރަން ނިންމުމުން ސަލާމާއި ތޯހާ އިސްތިއުފާ ދެއްވައިފި
އީސީއާއި އޭސީސީގެ މެންބަރުންތަކެއް ވަކިކުރަން ފާސްކޮށްފި
އެސްއޯއީތަކުގެ ކޮރަޕްޝަން އަދިވެސް ނުހުއްޓޭ: ނާޒިމް
މަސައްކަތް ލަސްވީ ބިމާއި ފެނުގެ މައްސަލާގައި: އެންސީސީ
މެންބަރުން ވަކިކުރަނީ ނުފޫޒަށް ލެނބުމުން