20 ފެބުރުއަރީ 2022
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވައިލުމާ ބެހޭ މައްސަލަ ސުޕްރީމް ކޯޓުން މުރާޖައާކޮށް ނުދިނުމުން އެ ކޯޓު އުވައިލެވޭނެ އެހެން ގޮތެއް ހޯދަމުން އަންނަ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވައިލުމާ ބެހޭ މައްސަލަ ސުޕްރީމް ކޯޓުން މުރާޖައާކޮށް ނުދިނުމުން އެ ކޯޓު އުވައިލެވޭނެ އެހެން ގޮތެއް ހޯދަމުން އަންނަ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުފެއްދީ އެ ކޮމިޝަނުން ނިންމައިގެން 2012 ގައި ކަމަށް ވާއިރު، ކޯޓުތަކާ ބެހޭ ގާނޫނު ބުނާ ގޮތުން، މާލޭގައި ހުންނާނީ ހަމައެކަނި ސުޕީރިއާ ކޯޓުތަކެވެ. މެޖިސްޓްރޭޓް ކޯޓުތައް ހުންނަނީ އެހެން ރަށްރަށުގަ އެވެ.
އެހެންވެ، އެ ނިންމުން ބާތިލު ކޮށްދިނުމަށް ވަކީލުންތަކެއް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އޭރު ނިންމީ ހުޅުމާލެއަކީ މާލޭގެ ބަޔަކަށް ވިޔަސް، ހުޅުމާލޭގެ ކޯޓު އުފައްދާފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.
ޖޭއެސްސީން މީގެ ދެ އަހަރު ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ވަނީ ހުޅުމާލެ ކޯޓު އުވައިލުމުގެ މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން، އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް އިޒްމިރާ "މިހާރު" އަށް ވިދާޅުވީ 2012 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން މުރާޖައާ ކޮށްދިނުމަށް އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެ ނިންމުން މުރާޖައާ ކުރަން ނުފެންނަ ކަމަށް އެ ކޯޓުން ނިންމި ކަމަށެވެ.
އެހެންކަމުން ހުޅުމާލެ ކޯޓު އުވައިލެވޭނެ އެހެން ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިޒްމިރާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވާނީ 2012 ވަނަ އަހަރު ޖޭއެސްސީން ހުޅުމާލެ ކޯޓު އުފައްދަން ނިންމި ނިންމުން ބާތިލް ކޮށްފައި. ނަމަވެސް ސުޕްރީމް ކޯޓުގެ ނިންމުން މުރާޖައާ ނުކުރެވޭނެ ކަމަށް އެ ކޯޓުން މިދިޔަ ހަފުތާގައި އެންގީމާ މި ދަނީ ދެން އިތުރަށް ކުރެވެން އޮތީ ކޮން ކަމެއްތޯ އިދާރީ ގޮތުން ބަލަމުން،" އިޒްމިރާ ވިދާޅުވި އެވެ.
ކޯޓު އުފެއްދުމާއި އުވައިލުމަކީ ޖޭއެސްސީ އަށް ލިބިފައި އޮންނަ ބާރެކެވެ.
ހުޅުމާލޭގެ ކޯޓު އުވައިލުމުގެ މަސައްކަތް ޖޭއެސްސީން ކުރަމުން އަންނަ އިރު، 2012 ވަނަ އަހަރު ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ފުރަތަމަ ދައުވާކުރީ ވެސް އެ ކޯޓުގަ އެވެ. ކުށް ނުކުރާ މީހަކު ގާނޫނާ ހިލާފަށް ހައްޔަރު ކުރުމުގެ ދައުވާ އެ އަހަރު ނަޝީދުގެ މައްޗަށް އުފުލައި، ބައެއް އަޑުއެހުންތައް ވެސް އެ ކޯޓުގައި ކުރިއަށް ގެެންދިޔަ އެވެ
އެއް ރަށެއް، އެއް އަވަށެއް: އެއް ކަމަކަށް ދެ ކޯޓު؟
ނަޝީދަށް ފެހި "ކޯޓު": އެންމެފަހުން ރަށްމެދު ވީތަ؟
ހުޅުމާލޭ ކޯޓު މައްސަލަ: ޖޭއެސްސީގެ ބަޔާނަށް ބަދަލެއް!
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި
"ފެބްރުއަރީ 1 ގައި ގެންނަން އުޅުނީ ޖުޑީޝަލް ކޫއެއް"
ކޯޓުތަކުން ވަކިކުރި މީހުންނަށް ވަޒީފާ ދޭން އަންގައިފި
ޝުޖޫންގެ ބަދަލުގައި ޖޭއެސްސީއަށް ފަނޑިޔާރު ސުއޫދު
ސުޕްރީމް ކޯޓުގެ އެސްޖީކަމުން ފާއިޒް ވަކިކުރީ ގޯސްކޮށް
ޖުޑިޝަރީން އާދޭސް ކުރަންޖެހޭ ޖެހުމަށް ނިމުމެއް ނެތް؟
ސުއޫދު ކޯފާވެ ޖޭއެސްސީ "ބިމާހަމަކޮށްލައިފި"!