06 ފެބުރުއަރީ 2022
މ. ދިއްގަރުގައި ހޯމްސްޓޭ ޓޫރިޒަމް ފެށިތާ މަހެއް ވީއިރު، އެކަން ފަށަން ދިޔަ ޓޫރިސްޓުން ފިޔަވައި އިތުރު މީހަކު ނުދާ ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
މ. ދިއްގަރުގައި ހޯމްސްޓޭ ޓޫރިޒަމް ފެށިތާ މަހެއް ވީއިރު، އެކަން ފަށަން ދިޔަ ޓޫރިސްޓުން ފިޔަވައި އިތުރު މީހަކު ނުދާ ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ދިއްގަރުގައި ހޯމް ސްޓޭ ފަށަން މިދިޔަ މަހުގެ އެއްވަނަ ދުވަހު އެ ރަށަށް ދިޔައީ ސޫދާންގެ ދެމަފިރިއަކާއި އެމެރިކާގެ ދެމަފިރިއެއްގެ އިތުރުން އދ. އިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ މަންދޫބު ކެތުރިން ހެސްވެލް އެވެ. އެ މީހުން އެ ރަށުގައި މަޑުކުރީ ދެ ރޭ ވަންދެންނެވެ. އޭގެ ފަހުން އެ ރަށަށް ޓޫރިސްޓަކު ނުދެ އެވެ.
ދިއްގަރު ކައުންސިލް ރައީސް އަހުމަދު ނިޝާން "މިހާރު" އަށް ވިދާޅުވީ ޓޫރިސްޓުން ނުދަނީ ރަނގަޅަށް މާކެޓްނުކުރެވޭތީ ކަމަށެވެ. އެންމެ ފުރަތަމަ ދުވަހު ދިޔަ ފަސް ޓޫރިސްޓުންނަކީ ޓޫރިޒަމް މިނިސްޓްރީން ގެންދިޔަ ޓޫރިސްޓުން ކަމަށާއި އަމިއްލަ އަށް ޓޫރިސްޓުން ގެނައުމަށް ހޯމްސްޓޭގެ ވިޔަފާރި ކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަސްލު ފުރަތަމަ މިކަން ފެށި އިރު ޕްރޮމޯޓް ކުރަން ވަކި ގޮތެއް ހެދިފައެއް ނެތް. ފުރަތަމަ ޓޫރިސްޓުން މިނިސްޓްރީން ގެނަޔަސް، ފަހުން އަމިއްލައަށްތާ ގެންނަން ޖެހޭނީ. އެހެންވެ، ކައުންސިލުން މިހާރު މިދަނީ އެ އެހީތެރިކަން ދެމުން،" ނިޝާން ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ހޯމްސްޓޭ ފެށީ ދިއްގަރުގެ "މޫރިތިގެ"އިންނެވެ. ހޯމް ސްޓޭ ފެށިއިރު އެ ގެ އެއްކޮށް ތައްޔާރު ނުވާ ކަމަށާއި އޭގެ ސަބަބުން ބުކިންތަކެއް ކެންސަލް ކުރަން ޖެހުނު ކަމަށް ވެސް ނިޝާން ވިދާޅުވި އެވެ. އޭނާ ލަފާ ކުރާ ގޮތުގައި އެ ރަށަށް ޓޫރިސްޓުން ދެން ދާން ފަށާނީ މި މަސް ނިމޭ ހިސާބުގަ އެވެ.
"ބައެއް ކަންކަން ހުރި އެ ގޭގައި ނުނިމި. އެހެންވެ އެކަންކަން ވެސް ނިންމަން މިދިޔަ ދުވަސްތަކުގައި މަސައްކަތްތައް ކުރީ. މި މަހު ފަހުކޮޅު ނޫނީ އަންނަ މަހު ކުރީ ކޮޅު އަނެއްކާ ވެސް ޓޫރިސްޓުން އަންނަ ފަށާނެ،" ނިޝާން ވިދާޅުވި އެވެ.
މޫރިތިގޭގެ ވެރިޔާ، މުހައްމަދު އަހުމަދު ވެސް ބުނީ އޭނާ އަށް ޓޫރިސްޓުން ނުގެނެވެނީ އެކަމަށް ރަނގަޅަށް މަސައްކަތް ނުކުރެވޭތީ ކަމަށެވެ. އޭނާ ލަފާ ކުރާ ގޮތުގައި ޓޫރިސްޓުން ދާން ފަށާނީ އަަހަރުގެ މެދުތެރެއިން ފެށިގެންނެވެ.
"ޓޫރިސްޓުން ގެންނަން އަސްލު ކުރަން ޖެހޭ ވަރަކަށް މަސައްކަތް ނުކުރެވޭ. އެކަމަކު މިހާރު އެ ކަންކަން ކުރަމުން މިގެންދަނީ. އަހަރުގެ މެދުތެރެއިން (ޓޫރިސްޓުން) އަންނަން ފަށާނެ،" މުހައްމަދު އަހުމަދު ވިދާޅުވި އެވެ.
ދިއްގަރުގައި މި ވަގުތު ހޯމްސްޓޭގެ ވިޔަފާރި ކުރަނީ މޫރިތިގެއިން އެކަންޏެވެ. އެ ގެއިން ކޮޓަރިތައް ކުއްޔަށް ދޫކުރީ ރެއަކަށް 40 ޑޮލަރު (616ރ.) ގެ ރޭޓުންނެވެ. އެ ރަށުގެ އިތުރު ދެ ގެއަކުން ހޯމްސްޓޭ ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރަށު ކައުންސިލުން ބުނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ދިއްގަރު ކައުންސިލްގެ މި ދައުރު ނިމުމުގެ ކުރިން އެ ރަށުން 200 އެނދު ނެރެވޭނެ އެވެ.
ދިއްގަރު ކައިރީގައި އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީކުރަނީ
ބޮޑުތިލަދުންމައްޗަށް އެންމެ ރަނގަޅީ ލޯކަލް ޓޫރިޒަމް: މިނިސްޓަރު
ހޯމްސްޓޭ ވަޔަކު ނުހިފި، ނުވެސް ހިފާނެ!
ވިލިނގިލީގައި އަޅާ ގެތަކުން 100 ކޮޓަރި ހޯމްސްޓޭއަށް
ލަގްޒަރީ ހޯމްސްޓޭގެ ނަމޫނާ: ރެއަކަށް 1200 ޑޮލަރު!
ހޯމްސްޓޭ ބަރަހަނާކުރުން: މައުސޫމް ދެއްވަނީ މި ރައްދު!
ހޯމް ސްޓޭ ފެށީ 40 ޑޮލަރުގެ ރޭޓުން
ހޯމް ސްޓޭގެ ސަބަބުން ގެއްލުމެއް ނެތް: ގޭމް
އަމާޒަކީ ދިއްގަރުން ހޯމް ސްޓޭގެ 200 އެނދު ނެރުން
ހޯމް ސްޓޭގެ ފުރަތަމަ ބްރޭންޑަކީ "ރިހާކުރު އައިލެންޑް"