Roadha Mihaaru
މުސާރަ ދީފި، މިނިމަމް ވޭޖްގެ ނަތީޖާ އަކީ ކޮބާ؟

މުސާރަ ދީފި، މިނިމަމް ވޭޖްގެ ނަތީޖާ އަކީ ކޮބާ؟

31 ޖެނުއަރީ 2022

މިނިމަމް ވޭޖާ އެކު މުސާރައިގެ އެންމެ ބޮޑު ބަދަލެއް ފެންނާނީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށެވެ. މި މަހުން ފެށިގެން، ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖަށް އަމަލުކުރަން ފެށުމާ އެކު ޓޫރިޒަމް ދާއިރާގެ ބައެއް މުވައްޒަފުންގެ މުސާރަ ދެ ގުނަވާނެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިނިމަމް ވޭޖާ އެކު މުސާރައިގެ އެންމެ ބޮޑު ބަދަލެއް ފެންނާނީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށެވެ. މި މަހުން ފެށިގެން، ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖަށް އަމަލުކުރަން ފެށުމާ އެކު ޓޫރިޒަމް ދާއިރާގެ ބައެއް މުވައްޒަފުންގެ މުސާރަ ދެ ގުނަވާނެ އެވެ.

ވަރަށް ގިނަ ރިސޯޓްތަކުގައި މިހާރު ޖެނުއަރީ މަހުގެ މުސާރަ ދީފި އެވެ. ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން، މިނިމަމް ވޭޖަށް އަމަލު ކުރަން ފެށުމާ އެކު ދެން މުސާރަ ދޭން ޖެހޭނީ އެ ގާނޫނުގެ ދަށުންނެވެ. ބައެއް ރިސޯޓްތަކުގައި އަންނަ މަހުގެ 10 ގެ ކުރިން ކުރީ މަހުގެ މުސާރަ ދޭން އޮތަސް، ގިނަ ރިސޯޓްތަކާއި ހޮޓާތަކުން މަސް ނިމުމުގެ ކުރިން މުސާރަ ދެ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ 150 އެއްހާ ރިސޯޓުގައި 16،000 ވުރެ ދިވެހިން ވަޒީފާ އަދާ ކުރެ އެވެ. ދިވެހިންގެ ތެރެއިން ގިނަ ބަޔަކު މަސައްކަތް ކުރަނީ ހައުސިން ކީޕިން އާއި ރެސްޓޯރެންޓާއި ރިސޯޓުތަކުގެ ލޯންޗުތަކުގެ ކްރޫންގެ ގޮތުގަ އެވެ. މިނިމަމް ވޭޖާ އެކު އެ އެންމެންގެ މުސާރަ ވެސް ބޮޑުވާން ޖެހެ އެވެ.

ރިސޯޓް ދާއިރާގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން މި މަހުގެ މުސާރަ އާ އެކު، މުސާރަ ސްލިޕް މިހާރު ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށް، އުފާ ފާޅުކޮށްފަ އެވެ. އަދި މިނިމަމް ވޭޖަށް އަމަލުނުކުރާ ރިސޯޓެއް އޮތް ނަަމަ، އެކަން އެންގުމަށް ވެސް، މުވައްޒަފުންގެ ހައްގުގައި އަޑު އުފުލާ ޖަމާއަތްތަކުން އަންނަނީ ގޮވައި ވެސް ލަމުންނެވެ.

މިނިމަމް ވޭޖް ތަންފީޒު ކުރޭތަ؟ މުސާރަ ބޮޑުވިތަ؟

ވ. އަތޮޅުގެ އާރަށުގައި ހުޅުވާފައިވާ ސިނަމަން ވިލިފުށި ރިސޯޓުގެ ޕަބްލިކް އޭރިއާގައި ކުނިކަހާ ސާފު ކުރާ މުވައްޒަފުންނަށް މިނިމަމް ވޭޖުގެ ކުރިން ލިބެމުން އައީ މަހަކު 2،500ރ. އެވެ. އެހެން ނަމަވެސް އެ މުވައްޒަފުންނަށް ވެސް މިހާރު 8،000ރ. ލިބޭ ކަމަށް ވެ އެވެ. އެ ރިސޯޓުގެ ރިސެޕްޝަންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކުރިން އަސާސީ މުސާރައިގެ ގޮތުގައި 4،000ރ. ލިބުނު ނަމަވެސް އެ އަދަދު މިހާރު ވަނީ ދެ ގުނަ އުފުލިފަ އެވެ. މިއީ އެ މީހުން ގަބޫލުކުރާ ގޮތުގައި މިނިމަމް ވޭޖާ އެކު އައި ވަރަަށް މުހިންމު ބަދަލެކެވެ.

ޓޫރިސްޓް ރިސޯޓެއްގައި މުވައްޒަފުންތަކެއް: ގިނަ ރިސޯޓުތަކުން މިނިމަމް ވޭޖާ އެއްގޮތަށް މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެސްފައިވޭ-- ފައިލް ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޓޫރިސްޓް ރިސޯޓެއްގައި މުވައްޒަފުންތަކެއް: ގިނަ ރިސޯޓުތަކުން މިނިމަމް ވޭޖާ އެއްގޮތަށް މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެސްފައިވޭ-- ފައިލް ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"މިއީ ވަރަށް ބޮޑު އިތުރު ވުމެއް. މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް. މިހާރު އަސާސީ މުސާރައިގެ އިތުރަށް ސާވިސް ޗާޖު ވެސް ލިބޭނެ،" ވ. ވިލިފުށި ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ބުންޏެވެ.

ރާއްޖޭގެ ނަން މަޝްހޫރު އެއް ރިސޯޓް، ވޮލްޑޯފް އެސްޓޯރިއޯގެ މުވައްޒަފަކު ބުނީ އެ ރިސޯޓުގެ މުވައްޒަފުންނަށް ވެސް ލިބުނީ މިނިމަމް ވޭޖު ހިމެނޭ މުސާރަ ކަމަށެވެ. އޭނާ ބުނީ މިއީ ގިނަ ދިވެހި މުވައްޒަފުންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށެވެ.

"ރިސޯޓުތަކުގެ ގިނަ ދިވެހިން މިއުޅެނީ މިނިމަމް ވޭޖުގެ ބަދަލު ފެންނާނެ ވަޒީފާތަކުގައި. މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުގެ މުސާރަ އަށް 100 ޑޮލަރު އިތުރުވި،" އޭނާ ބުންޏެވެ.

އަރިއަތޮޅުގައި އޮންނަ އެންމެ ލަގްޒަރީ އެއް ރިސޯޓް، "ކޮންސްޓެންސް މޫފުށި" ރިސޯޓުގެ މުވައްޒަފުންގެ މުސާރަތަކަށް ވެސް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ހަމައެކަނި މުސާރަ އަށް ބަދަލު އައީ އާދައިގެ ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނަށް އެކަންޏެއް ނޫނެވެ. މިނިމަމް ވޭޖާ އެކު އެ ރިސޯޓުގެ ސެލެރީ ސްޓްރަކްޗަރަށް ވެސް ބަދަލު ގެނަ އެވެ. އެހެންވެ، މެނޭޖްމެންޓުގައި އިސް މަގާމުތަކުގައި އުޅޭ މީހުންގެ މުސާރަ އަށް ވެސް ބަދަލުތައް ވަނީ އައިސްފަ އެވެ.

އެކި ދާއިރާތަކަށް ކަނޑައެޅި މިނިމަމް ވޭޖްގެ އިންފޮގްރެފިކްސް: އަލީ ނަހުޒާން/ މިހާރު

އެކި ދާއިރާތަކަށް ކަނޑައެޅި މިނިމަމް ވޭޖްގެ އިންފޮގްރެފިކްސް: އަލީ ނަހުޒާން/ މިހާރު

އެ ރިސޯޓުގެ ހައުސް ކީޕިންގައި އުޅޭ މުވައްޒަފަކު ބުނީ މީގެ ކުރިން 250 ޑޮލަރުގެ އަސާސީ މުސާރައެއް ލިބުނު ނަމަވެސް މިނިމަމް ވޭޖާ އެކު 519 ޑޮލަރު އަސާސީ މުސާރައިގެ ގޮތުގައި ލިބެން ފަށާފައިވާ ކަމަށެވެ. މީގެ އިތުރަށް ސުޕަވައިޒަރުންގެ އަސާސީ މުސާރަތައް 650 ޑޮލަރަށް ވަނީ ބޮޑު ކޮށްފަ އެވެ.

"މިނިމަމް ވޭޖަށް އަމަލު ކުރަން ފެށުމުން ކުރިން ސުޕަވައިޒަރުންނަށް ލިބެމުން ދިޔަ މުސާރަ އަޅުގަނޑުމެންނަށް މި ލިބެނީ. އެހެންވެ ސުޕަވައިޒަރުންނަށް ވެސް މިވަނީ މުސާރަ ބޮޑުކޮށްފައި،"

"މިނިމަމް ވޭޖަށް އަމަލު ކުރަން ފެށުމުން ކުރިން ސުޕަވައިޒަރުންނަށް ލިބެމުން ދިޔަ މުސާރަ އަޅުގަނޑުމެންނަށް މި ލިބެނީ. އެހެންވެ ސުޕަވައިޒަރުންނަށް ވެސް މިވަނީ މުސާރަ ބޮޑުކޮށްފައި،" އޭނާ ބުންޏެވެ.

ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް ގިނަ ރިސޯޓުތަކުން ތަބާވެ، މުވައްޒަފުންނަށް ދޭން ޖެހޭ އެންމެ ކުޑަ އުޖޫރަ ދޭން ވަނީ ފަށައިފަ އެވެ. ގިނަ ރިސޯޓުތައް ހިމެނެނީ ބޮޑެތި ވިޔަފާރިތަކުގެ ލިސްޓުގައި ކަމުން އެންމެ އާދައިގެ ވަޒީފާގައި އުޅޭ މުވައްޒަފުންނަށް ވެސް 8،000ރ. މިހާރު ލިބޭނެ އެވެ.

ބައެއް ރިސޯޓުތަކުން ނެގީ މިނިމަމް ވޭޖުގެ ނާޖައިޒް ފައިދާ

ގިނަ ރިސޯޓުތަކުގެ މިނިމަމް ވޭޖުގެ ގާނޫނާ އެއްގޮތަށް އަމަލު ކުރަމުން ދިޔަ ނަމަވެސް ބައެއް ރިސޯޓުތަކުން މިނިމަމް ވޭޖު ދިނުމުގައި ބޮޑެތި އޮޅުވާލުންތައް ވެސް އޮޅުވާލި ކަން އެނގިފައި ވެއެވެ. ވ. އަތޮޅުގެ ރިސޯޓެއްގެ މުވައްޒަފަކު ބުނީ މިނިމަމް ވޭޖާ އެއްވަރަށް މުސާރަ އަށް ބަދަލު ގެންނާނެކަން މެނޭޖްމެންޓުން އެންގި އިރު ޑިސެމްބަރު މަހުގެ މުސާރަ ވެސް އަދި ނުލިބޭ ކަމަށެވެ. އޭނާ ބުނީ މިނިމަމް ވޭޖު ދިނުމުގައި ހުރިހާ މުވައްޒަފުންގެ އަސާސީ މުސާރަ 8،000ރ. އަށް ބޮޑު ކުރިއިރު އެ ރިސޯޓުގައި 15 ވަރަކަށް އަހަރު މަސައްކަތްކޮށް، ބޮޑު މުސާރަ ނަގަމުން އައި މީހުންގެ އަސާސީ މުސާރަ ވެސް 8،000ރ. އަށް ކުޑަކޮށްފައިވާ ކަމަށެވެ.

"އަދި މުސާރައެއް ނުއެއް ލިބޭ. ލިބުނީމަ އެނގޭނީ ހަދައިފައި އޮތް އެއްޗެއް. އެކަމަކު ބުނަނީ ހުރިހާ ދިވެހި މުވައްޒަފުންނަށް ވެސް މިނިމަމް ވޭޖާއެއް ގޮތަށް މުސާރަ ދޭނެ ކަމަށް."

ރިސޯޓެއްގެ މުވައްޒަފަކު. ބައެއް ރިސޯޓުތަކުން މިނިމަމް ވޭޖު ދިނުމުގައި ވަނީ އޮޅުވާލާފައި--ފޮޓޯ:މިހާރު

ރިސޯޓެއްގެ މުވައްޒަފަކު. ބައެއް ރިސޯޓުތަކުން މިނިމަމް ވޭޖު ދިނުމުގައި ވަނީ އޮޅުވާލާފައި--ފޮޓޯ:މިހާރު

އެ ރިސޯޓުގެ އެހެން މުވައްޒަފަކު ބުނީ މިނިމަމް ވޭޖާ ހެދި އޭނާގެ މުސާރަ ކުޑަވެފައިވާ ކަމަށެވެ.

"ކުރިން 15،000ރ. ޖުމްލަ ލިބުނު. އެކަމަކު މިހާރު އެ އަދަދު ވަނީ 8،000ރ. ކުޑަވެފައި. މެޖޭޖްމެންޓަށް ޝަކުވާ ހުށަހެޅުމުން ބުނަނީ މި އަހަރު ދެން ކުރިއަށް ދާނީ މި ގޮތަށް ކަމަށް،" އޭނާ ބުންޏެވެ. "މި ހެދި ގޮތަކީ އޯޓީ ކަނޑާލީ."

އޭނާ ބުނީ ރިސޯޓުގެ ދިވެހިންނަށް އެވްރެޖްކޮށް މުސާރަ ބޮޑުވި އިރު އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ މީހުންގެ މުސާރަ ވަރަށް ބޮޑަށް ކުޑަކޮށްފައިވާ ކަމަށެވެ. ކުރިން ރިސެޕްޝަންގައި މަސައްކަތް ބިދޭސީ މުވައްޒަފުންނަށް 250 ޑޮލަރު ލިބުނު އިރު މިހާރު އެ މީހުންގެ މުސާރަ 100 ޑޮލަރަށް ކުޑަ ކުރާނެ ކަމަށް އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ.

"މިނިމަމް ވޭޖާ އެކު ދިވެހިންގެ މުސާރަ ބޮޑުވެފައި ބިދޭސީ މުވައްޒަފުންގެ މުސާރަ އެހާ ބޮޑަށް ކުޑަ ކުރީމަ އެ މީހުން ތިބީ ވަރަށް ހިތްހަމަނުޖެހިފައި. އަނެއްކޮޅުން މިކުރަނީ ހަމަ އެއް މަސައްކަތެއް. އެކަމަކު ލިބޭ އުޖޫރަ އެހާ ބޮޑަށް ތަފާތު،" އޭނާ ބުންޏެވެ.

މިނިމަމް ވޭޖުގެ އިތުރަށް އެ ރިސޯޓުގެ ސާވިސް ޗާޖު ވެސް ފިކްސްޑް އެލަވަންސެއްގެ ގޮތުގައި ދޭން އެ ރިސޯޓުން ވަނީ ނިންމައިފަ އެވެ.

ރިސޯޓެއްގެ ބައެއް މުވައްޒަފުންނާއެކު އެ ރިސޯޓުގެ އިސް ބޭފުޅުންތަކެއް ފޮޓޯއަކަށް ހުއްޓިލައިގެން--

ރިސޯޓެއްގެ ބައެއް މުވައްޒަފުންނާއެކު އެ ރިސޯޓުގެ އިސް ބޭފުޅުންތަކެއް ފޮޓޯއަކަށް ހުއްޓިލައިގެން--

ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުން މިހާރު ވަނީ ގާނޫނީ ގޮތުން މަޖުބޫރުކޮށްފަ އެވެ. ކަން މިހެން އޮތް ނަމަވެސް ބައެއް ރިސޯޓުން ވަނީ އެ ރިސޯޓުގެ ސާވިސް ޗާޖު 500 ޑޮލަރުގައި ފިކްސް ކުރަން ކަނޑައަޅައިފަ އެެވެ.

ސާވިސް ޗާޖާ އެކު ބައެއް ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ދިނުމުގައި ވެސް ލިމިޓުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އެ ރިސޯޓުގެ މުވައްޒަފަކު ބުނީ، މުވައްޒަފުންނަށް މިހާރު އިތުރު ގަޑީގެ ފައިސާ ލިބޭނީ، ކޮންމެ ޑިޕާޓްމެންޓެއްގެ ވެރިޔަކު އެޕްރޫވަލްއާ އެކު ކަމަށެވެ.

"މިނިމަމް ވޭޖް ދޭ ގޮތަށް އޮތީ. އެކަމަކު އޯޓީ ދިނުމުގައި ބަދަލުތަކެއް ގެންނަން އޮތީ ނިންމައިފައި،" ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު ބުންޏެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން މުވައްޒަފުންނަށް މިނިމަމް ވޭޖް ދޭން ވާނީ މުސާރައާ ފިކްސްޑް އެލަވަންސްތައް ހިމެނޭ ގޮތަށެވެ. އެހެން ނަމަވެސް މިނިމަމް ވޭޖާ ގުޅުވައިގެން އިތުރު ގަޑީގެ ފައިސާ ދިނުމަކަށް ބަދަލެއް ނުގެނެވޭނެ އެވެ. މިނިމަމް ވޭޖު ދިނުމުގައި ރިސޯޓުތަކުން ހަދާ އޮޅުވާލުންތައް ބެލުމުގެ މަސައްކަތް ޓޫރިޒަމް ދާއިރާގެ ޖަމިއްޔާ "ޓީމް" އިން ވެސް އަންނަނީ ކުރަމުންނެވެ. އެކަން ކަން ފާހަގަކޮށް އެ ރިސޯޓުތަކުގެ މައުލޫމާތުތައް ކުރިއަށް އޮތްތަނުގައި ހާމަ ކުރާނެ ކަމަށް ޓީމް އިން ބުންޏެވެ.