27 ޖެނުއަރީ 2022
ދަތުރުފަތުރު ކުރުމުގައި އިންޖީނުލީ އެއްގަމު އުޅަނދުތައް ބޭނުންކުރާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމުގެ ސަބަބުން ސްރީ ލަންކާގެ ވައި ނުސާފުވަމުންދާތީ، އެކަން ހައްލުކުރުމުގެ ގޮތުން ވީހާ ގިނަ ބަޔަކު ބައިސްކަލުގައި ދަތުރުކުރުމަށް، ލަންކާގެ ތިމާވެއްޓާ ބެހޭ ވަޒީރު އިއްޔެ ގޮވާލައްވައިފި އެވެ.
ދަތުރުފަތުރު ކުރުމުގައި އިންޖީނުލީ އެއްގަމު އުޅަނދުތައް ބޭނުންކުރާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމުގެ ސަބަބުން ސްރީ ލަންކާގެ ވައި ނުސާފުވަމުންދާތީ، އެކަން ހައްލުކުރުމުގެ ގޮތުން ވީހާ ގިނަ ބަޔަކު ބައިސްކަލުގައި ދަތުރުކުރުމަށް، ލަންކާގެ ތިމާވެއްޓާ ބެހޭ ވަޒީރު އިއްޔެ ގޮވާލައްވައިފި އެވެ.
ލަންކާގެ ތިމާވެއްޓާ ބެހޭ ވަޒީރު މަހިންދަ އަމަރަވީރާ، އިއްޔެ ވިދާޅުވީ ޖައްވު ނުސާފުވުން ކުޑަކުރުމުގެ ގޮތުން، ވީހާ ގިނަ ބަޔަކު ބައިސްކަލުގައި އެއް ތަނުން އަނެއް ތަނަށް ދަތުރުކޮށް، އިންޖީނުލީ އުޅަނދު ދުއްވާ މިންވަރު މަދުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ވީހާ ގިނަ މީހުން ބައިސްކަލުގައި އުޅުމަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން މުހިންމު ކަންތައްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދަތުރުފަތުރު ކުރުމުގައި ބައިސްކަލް ބޭނުންކުރުން އިތުރުކުރުމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުމަށް، ރައިޑް ފޯ ލައިފް ކިޔާ އަމިއްލަ ޖަމާއަތަކުން، ބައިސްކަލް ފޯ ހެލްތީ ލައިފްގެ ނަމުގައި އިންތިޒާމުކުރި ޕްރޮގްރާމްގައި ވެސް، ތިމާވެއްޓާ ބެހޭ ވަޒީރު އިއްޔެ ބައިވެރިވެވަޑައިގަތެވެ. އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި، އާންމު ދަތުރުފަތުރުގައި ބައިސްކަލް ބޭނުންކުރާ މިންވަރު އިތުރުކުރުމަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން، ކެބިނެޓްގައި ވެސް މިހާރު ވަނީ މަޝްވަރާތަކެއް ކޮށްފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދަތުރުފަތުރުތަކާ ބެހޭ ގޮތުން ހެދި ސާވޭއަކުން ދައްކާ ގޮތުގައި ބޮޑެތި ސަހަރުތަކުގައި އެއްގަމު އުޅަނދުތަކުގެ ކާރުބާރު ބޮޑުވާ ވަގުތުތަކުގައި، ދަތުރުފަތުރުކުރުމުގެ ހަރަދަށް، ކިލޯމީޓަރަކަށް 103.56 ރުޕީސްގެ ރޭޓުން ސަރުކާރުގެ ބަޖެޓުން ހަރަދުކުރެ އެވެ.
އޭގެ ބަދަލުގައި ބައިސްކަލު ބޭނުންކުރަން ފަށައިފި ނަމަ، ކޮންމެ ކިލޯމީޓަރަކަށް 236.48 ރުޕީސް ސަލާމަތް ކުރެވޭނެ ކަމަށް ވެސް އެ ސާވޭގައި ބުނެފައިވެ އެވެ.
މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެކުލަވައިލާފައިވާ ޕްރޮގްރާމް ތަންފީޒު ކުރާއިރު، ބޮޑެތި މަގުތަކުގައި ބައިސްކަލް ދުއްވުމަށް ވަކި ލޭނެއް ހާއްސަކުރާނެ އެވެ. އޭގެ އިތުރުން ބެޓެރިން ދުއްވާ އެއްގަމު އުޅަނދު އިމްޕޯޓްކުރަން ބޭނުންވާ ފަރާތްތަކަށް، ސަރުކާރުން ހާއްސަ އިސްކަމެއް ދޭން މިހާރު ވަނީ ނިންމައިފަ އެވެ.
ދިއްލީގެ ވައި ތަޣައްޔަރުވެ ނުރައްކާ ހާލަތަކަށް
ހުޅުމާލެއަށް ބައިކް ޝެއަރިން ތައާރަފުކުރަނީ
"ނަޝީދުގެ ހިތުގައި ރާއްޖެއަށް އޮތް ގަދަރު ކުޑަ"
ލަންކާގައި ފެންބޮޑުވެ ގިނަ ބަޔަކަށް ގެއްލުންވެއްޖެ
"ކޮލަމްބޯ އިން ސެޕްޓެމްބަރު މަހު ކާއެއްޗެހި ހުސްވާނެ"
ބޮޑެތި ބާރުތަކަކާ އެކު ލަންކާ ސިފައިން މަގުތަކަށް
ރާޖަޕަކްސަ ހައްޔަރުކުރަން ގޮވާލައިފި
ލަންކާ ދަތުރުތައް ދެން ފަށާނީ ހާލަތު ރަނގަޅުވުމުން
ކޮލަމްބޯގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި
އައްޑޫގެ ވައިގެ ސާފުކަން ބަލަން ސެންސަރެއް ހަރުކޮށްފި