Roadha Mihaaru
އަދިތުޔާ ބައްޕައަކަށް ވަނީ

އަދިތުޔާ ބައްޕައަކަށް ވަނީ

27 ޖެނުއަރީ 2022

ކައިވެންޏަށް ފަހު ރާއްޖެ އަށް ހަނީމޫނަށް ވެސް ޒިޔާރަތްކުރި އިންޑިއާގެ މަޝްހޫރު ހޯސްޓް އަދިތުޔާ ނާރަޔަން އަށް ދަރިޔަކު ލިބެން އުޅޭ ކަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކައިވެންޏަށް ފަހު ރާއްޖެ އަށް ހަނީމޫނަށް ވެސް ޒިޔާރަތްކުރި އިންޑިއާގެ މަޝްހޫރު ހޯސްޓް އަދިތުޔާ ނާރަޔަން އަށް ދަރިޔަކު ލިބެން އުޅޭ ކަން އިއުލާންކޮށްފި އެވެ.

މިކަން ހާމަކޮށްފައި ވަނީ އަންހެނުން ޝުވޭތާ އަގަރްވާލްއާ އެކު ނަގާފައިވާ ފޮޓޯތަކަކުން ސޯޝަލް މީޑިއާގަ އެވެ. އިންސްޓަގްރާމް ޕޯސްޓެއްގައި އަދިތުޔާ ބުނެފައި ވަނީ ދަރިޔަކު ލިބެން އުޅޭތީ ދެމަފިރިން ވަރަށް އުފަލުން ތިބި ކަމަށެވެ.

އަދިތުޔާ އާއި ޝްވޭތާ ކައިވެނިކުރީ 2020 ގަ އެވެ. މި ދެ މީހުން ރައްޓެހިވީ އެކީގައި ކުޅުނު ފިލްމު 2010 ގެ "ޝަޕިތު" ގެ މަސައްކަތް ކުރި ދުވަސްވަރެވެ.

ލަވަކިޔުންތެރިއެއްގެ ގޮތުގައި އަދިތިޔާ، 34، ކުރިން ބޮޑަށް ފާހަގަކުރެވެމުން އައި ނަމަވެސް މި ފަހުން އޭނާ ބޮޑަށް ހަރަކާތްތެރި ވަނީ ޓީވީ ޝޯތައް ހޯސްޓްކުރުމުގަ އެވެ. އެގޮތުން މިދިޔަ އަހަރު އޭނާ ހޯސްޓްކުރި ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް 12" އަށް ފަހު ދެން ޓީވީ ޝޯތައް ހޯސްޓް ނުކުރާނެ ކަމަށް ބުންޏެވެ. އެކަމަކު އޭގެ ފަހުން އަދިތިޔާ އަކީ މިހާރު ޒީޓީވީން ގެނެސްދޭ "ސާރޭގާމާޕާ" ގެ ހޯސްޓް ވެސް މެ އެވެ.

ރާއްޖޭގައި އަމިއްލަ ވީޑިއޯ ލަވަތަކެއް ވެސް ޝޫޓްކުރި އަދިތުޔާ ދެ ފަހަރެއްގެ މަތިން ރާއްޖޭގައި ޝޯތައް ވެސް ދީފައިވެ އެވެ.