25 ޖެނުއަރީ 2022
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ގިނަ މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހުރިހާ މުވައްޒަފުން ގޭގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ގިނަ މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހުރިހާ މުވައްޒަފުން ގޭގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި 130 އަށް ވުރެ ގިނަ މީހުން މަސައްކަތްކުރާ އެ އޮފީހުގެ އެކި ޑިޕާޓްމަންޓުތަކުން ވިއްސަށް ވުރެ ގިނަ މުވައްޒަފުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.
އޭސީސީގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ، އެ އޮފީހުގެ ގިނަ މުވައްޒަފުންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގޭގައި ތިބެގެން މަސައްކަތް ކުރަން އަންގާފައި ވާނެ ކަމަށެވެ. އެކަމަކު، އެގޮތަށް އެންގި ނަމަވެސް، ކޮންމެހެން އޮފީހަށް ގޮސްގެން ކުރަން ޖެހޭ މަސައްކަތެއް ހުރި ނަމަ، އެކަމަށް ހުއްދަ ދޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިގޮތަށް ނިންމިޔަސް، ހ. ސަކީނާ މަންޒިލްގައި ހިންގާ އޭސީސީގެ އޮފީހުގެ ކައުންޓަރުން ލިބޭ ހުރިހާ ހިދުމަތެއް އަދިވެސް އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގިނަ ހިދުމަތްތައް އޮންލައިކޮށް ވެސް ލިބޭނެ އެވެ.
އޭސީސީ މި ވަގުތު އޮތީ ވެސް ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ. އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ ކަމަށް ތުހުމަތުކޮށް، އެ ކޮމިޝަންގެ ހުރިހާ މެމްބަރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މަސައްކަތް ފެށުމާއެކު، އެ ކޮމިޝަންގެ ހުރިހާ މެމްބަރުން މިދިޔަ މަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ފަހުން އެ ކޮމިޝަނަށް މެމްބަރުން އައްޔަންކުރުމުގެ ކަންކަން ހަލުވި ސްޕީޑެއްގައި ކުރިއަކަށް ނުދެ އެވެ.
ރާއްޖޭގައި ކޮވިޑްގެ ކޭސްތައް މި ދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެ، ކޮންމެ ދުވަހަކު 2،000 އަށް ވުރެ ކޭސްތައް ރިޕޯޓްކުރެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސަރުކާރުގެ ވަރަށް ގިނަ އެހެން އޮފީސްތަކުގައި ވެސް މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެ، ގޭގައި މަސައްކަތް ކުރަން އަންގާފައިވެ އެވެ. އެކަމަކު، ސިވިލް ސާވިސް ކޮމިޝަނުން (ސީއެސްސީން) މިއަދު ބުނީ އެއްވެސް އޮފީހަކުން އެކަން އެ ކޮމިޝަނަށް އަދި އަންގާފައި ނުވާ ކަމަށެވެ.
ވެކްސިން ނުޖަހާ މުވައްޒަފުން ޓެސްޓު ހެދުން ލާޒިމު
އެޗްޕީއޭގެ އިރުޝާދަށް އަމަލުނުކުރާ ނަމަ އަންގަން އެދެފި
ކަރަންޓީނުގަައި ހުރި މީހަކު އައިޖީއެމްއެޗުގައި މަރުވެއްޖެ
ކަރަންޓީނުކުރާ ސިވިލް ސާވަންޓުންނަށް ޚާއްސަ ޗުއްޓީއެއް
ސިއްހީ ދާއިރާ މުވައްޒަފުންގެ އޯޓީ ލިމިޓްކުރުމުން ޝަކުވާ ބޮޑުވެއްޖެ
ބާކީ މުވައްޒަފުންނަށް އަންނަ މަހު އެލަވަންސް ލިބޭނެ
ސިއްހީ ދާއިރާގެ ބޮޑު މުސާރަ ރައީސް އިއުލާންކުރައްވައިފި
ކުރިއެރުން ނުދޭތީ ސިއްހީ ދާއިރާގެ މުވައްޒަފުން ކޯޓަށް
ޑޮކްޓަރުންގެ ޝަކުވާ ރައީސް ހައްލުކޮށްދެއްވާނެ: މަބްރޫކް
ފަންނީ ވަޒީފާތަކުގެ ޕްރޮމޯޝަން ހުއްޓާލުމުން ފާޑުކިޔުން