25 ޖެނުއަރީ 2022
ކާޑެއްދޫގެ އެއާޕޯޓާއެކު އިތުރު ރަށެއް ދޭން ސަރުކާރުން ނިންމައިފި ނަމަ އެ އެއާޕޯޓް ހިންގުމާ ހަވާލުވާނެ ކަމަށް ވިލާ އެއާ އިން މިއަދު ބުނެފި އެވެ.
ކާޑެއްދޫގެ އެއާޕޯޓާއެކު އިތުރު ރަށެއް ދޭން ސަރުކާރުން ނިންމައިފި ނަމަ އެ އެއާޕޯޓް ހިންގުމާ ހަވާލުވާނެ ކަމަށް ވިލާ އެއާ އިން މިއަދު ބުނެފި އެވެ.
މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ އެއާ އިން އެހެން ބުނީ، ކާޑެއްދޫ އެއާޕޯޓް އަންނަ މަހު އެ ކުންފުންޏާ ހަވާލު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާތީ "މިހާރު" އިން ސުވާލު ކުރުމުންނެވެ.
ކާޑެއްދޫ އެއާޕޯޓް މިހާރު ހިންގަނީ ރީޖަނަލް އެއާޕޯޓްސްއިންނެވެ.
ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު "މިހާރު" އަށް ވިދާޅުވީ އެއާޕޯޓް ހިންގުމަކީ އޭގެ ޒާތުގައި ފައިދާވާ ކަމެއް ނޫން ކަމަށާއި އެހެންވެ، އަމިއްލަ ކުންފުނިތަކާ އެއާޕޯޓުތައް ހަވާލު ކުރާއިރު، އޭގެ ބަދަލުގައި ސަރުކާރުން ރަށްތައް ދޫކުރާ ކަމަށެވެ. އެހެންވެ، ކާޑެއްދޫގެ އެއާޕޯޓް ހިންގުމުގެ ހަރަދު ފޫބެއްދުމަށް ވިލާ އެއާ އަށް ވެސް ރަށެއް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޝިދު ވިދާޅުވީ، މިހާރު ކުރިއަށް ގެންދަނީ އެއާޕޯޓާ ހަވާލުވުމުގެ އިދާރީ މަސައްކަތްތައް ކަމަށާއި އެއާޕޯޓުގެ ތަރައްގީގެ ޕްލޭންތައް ވެސް އެ ކުންފުނިން ހަދަމުން އަންނަ ކަމަށެވެ. އެއާޕޯޓާ ހަވާލުވުމަށް ފަހު، މިހާރުގެ ޓާމިނަލް މަރާމާތު ކުރުމުގެ މަސައްކަތް ފަށައި މިހާރު ހުރި މައްސަލަތައް ހައްލު ކުރަން ވެސް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"[އެއާޕޯޓް ހިންގާތީ] ރަށެއް ދިނުމަކީ އަލަށް ކުރާ ކަމެއް ނޫން. އެއާޕޯޓް ރަނގަޅަށް ހިންގައި ހަރަދުތައް ހަމަޖެއްސުމަށް ރަށްތައް ދޫކުރަން ފެށީ. އެ ރަަށެއް ތަރައްގީ ކޮށްގެން ލިބޭ އެއްޗަކުން އެއާޕޯޓުގެ ކަންކަން ހަމަޖައްސާނީ،" ނާޝިދު ވިދާޅުވި އެވެ.
"ކާޑެއްދޫ އެއާޕޯޓުގެ ކަންކަމުގައި އަޅުގަނޑުމެން އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން ކޮށްފައި އޮތީ. ޕްރޮސެސް ނިމި އެއްބަސްވުމުގައި ސޮއިކުރުމާއެކު އެއާޕޯޓާ ހަވާލުވާނެ."
ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު "މިހާރު" އަށް ވިދާޅުވީ އެއާޕޯޓް ހިންގުމަކީ އޭގެ ޒާތުގައި ފައިދާވާ ކަމެއް ނޫން ކަމަށާއި އެހެންވެ، އަމިއްލަ ކުންފުނިތަކާ އެއާޕޯޓުތައް ހަވާލު ކުރާއިރު، އޭގެ ބަދަލުގައި ސަރުކާރުން ރަށްތައް ދޫކުރާ ކަމަށެވެ. އެހެންވެ، ކާޑެއްދޫގެ އެއާޕޯޓް ހިންގުމުގެ ހަރަދު ފޫބެއްދުމަށް ވިލާ އެއާ އަށް ވެސް ރަށެއް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޝިދު ވިދާޅުވިގޮތުގައި، ކާޑެއްދޫ އެއާޕޯޓާ މިހާރު އޮތީ ވިލާ އެއާ އިން އެންމެ ފުރަތަމަ އެ ތަނާ ހަވާލުވިއިރު އޮތް ގޮތަށެވެ. އެހެންވެ، އެ ތަން އަލުން މަރާމާތު ކުރުމަށް ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެ އެވެ.
"އަޅުގަނޑުމެން ޕްލޭން ކޮށްފައި އޮތީ އެ އެއާޕޯޓްގައި ބައިނަލްއަގްވާމީ ޓާމިނަލެއް ހަދަން ވެސް. އެ ވެސް ވަރަށް ބޮޑު ހަރަދެއް،" ނާޝިދު ވިދާޅުވި އެވެ.
ވިލާ އެއާއަކީ ދިވެހި އަމިއްލަ ކުންފުނިތަކުގެ ތެރެއިން އެއާޕޯޓެއް ހިންގަން ހަވާލުވި ފުރަތަމަ ކުންފުންޏެވެ.
އެ ކުންފުނިން އެންމެ ފުރަތަމަ ހިންގަން ހަވާލުވީ މާމިގިލީ އެއާޕޯޓާ ކަމަށް ވާއިރު، އޭގެ ބަދަލުގައި ސަރުކާރުން އެއްވެސް ރަށެއް ނުދެ އެވެ. އެކަމަކު، އޭގެ ފަހުން އެއާޕޯޓްތައް ހިންގަން އަމިއްލަ ކުންފުނިތަކާ ސަރުކާރުން ހަވާލުކުރަން ފެށީ ރިސޯޓް ތަރައްގީ ކުރާނެ ރަށެއް ނުވަތަ ސިޓީ ހޮޓަލެއް ހެދުމަށް ބިން ދޭ ގޮތަށެވެ. ބައެއް އެއާޕޯޓުތަކާއެކު ދެ ރަށް ވެސް ވަނީ ދޫކޮށްފަ އެވެ.
ކާޑެއްދޫ އެއާޕޯޓް މަރާމާތު ނުކުރާތާ ގިނަ ދުވަސްތަކެއް ވުމުން، އެ އެއާޕޯޓު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. މިދިޔަ ހުކުރު ދުވަހު އެ އެއާޕޯޓުގެ ބަނދަރު ވެސް ވެއްޓިފައިވާއިރު، މަރާމާތުގެ މަސައްކަތް އެމްޓީސީސީން ވަނީ ފަށައިފަ އެވެ.
އެ އެއާޕޯޓް އެންމެ ފުރަތަމަ ވިލާއާ ހަވާލު ކުރީ 2013 ވަނަ އަހަރު 50 އަހަރުގެ މުއްދަތަކަށެވެ. ނަމަވެސް ޖެނުއަރީ 2017 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، އެއާޕޯޓް އަތުލައިފަ އެވެ. އެއާޕޯޓް އަނބުރާ ދޭން ސިވިލް ކޯޓުން 2018 ގައި ކުރި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
ކާޑެއްދޫ އެއާޕޯޓް ވިލާއާ ހަވާލުކޮށްފި
ކާޑެއްދޫ އެއާޕޯޓް އަނބުރާ ދޭން ކުރި ހުކުމް ރަނގަޅު
ކާޑެއްދޫ އެއާޕޯޓް ނަގައި މާމިގިލީ އެއާޕޯޓް ޑޮމެސްޓިކަށް
ވިލާ އިން ހިންގާ ކާޑެއްދޫ އެއާޕޯޓުގެ ފެންވަރު ބަލައިފި
ކާޑެއްދޫ އެއާޕޯޓުގެ ބަދަލު ނުހޯދަން ނިންމައިފި
ކާޑެއްދޫ އެއާޕޯޓުގެ މައްސަލާގައި ސުޕްރީމް ކޯޓަށް
100 މިލިއަން ޑޮލަރު ހޯދަން ވިލާއިން ކޯޓަށް ދަނީ
ކާޑެއްދޫ އެއާޕޯޓު ރީޖަނަލް އެއާޕޯޓާ ހަވާލުކޮށްފި
ވިލާ އެއާގެ އާ ވެބްސައިޓް ލޯންޗުކޮށްފި
ރެޑްބޮކްސްގެ ތަކެތި ވިލާ އެއާއިން ޑެލިވަރީ ކޮށްދެނީ