25 ޖެނުއަރީ 2022
މަސް ނުބޭނޭ ވާހަކަ އާއި ކުރިއާ ހިލާފަށް ކަނޑުގައި މަސް ނުހުންނަ ޝަކުވާތައް ދޭތެރެދޭތެރެ އިން މަސްވެރިން ކުރެ އެވެ. މީގެ އެތައް އަހަރެއް ކުރިން ވެސް، ދިވެހި މަސްވެރިން އެ ޝަކުވާ ކުރި އެވެ. އެ މީހުން ބުނާ ގޮތުން ބޭރުގެ ބައެއް ގައުމުތަކުގައި ދާ އަޅައިގެން ކުދި މަސްކޮޅާ އެކު ހިފާތީ، ރާއްޖޭގެ ކަނޑުގެ ސްޓޮކަށް އޭގެ ގެއްލުން އިންތިހާ އަށް އޮތީ ފޯރައިފަ އެވެ. މަސްވެރިކަމުގެ ދުވަސްވީ ތަޖުރިބާކާރުން ބުނާ ގޮތުން، ޒަމާނުއްސުރެ އެންމެ ރަނގަޅަށް މަސްވެރިކަން ކުރާ މޫސުންތަކުގައި ވެސް ފަހަކަށް އައިސް، މަސްވެރިން ތިބެން ޖެހެނީ ހުސްއަތާ އެވެ.
މަސް ނުބޭނޭ ވާހަކަ އާއި ކުރިއާ ހިލާފަށް ކަނޑުގައި މަސް ނުހުންނަ ޝަކުވާތައް ދޭތެރެދޭތެރެ އިން މަސްވެރިން ކުރެ އެވެ. މީގެ އެތައް އަހަރެއް ކުރިން ވެސް، ދިވެހި މަސްވެރިން އެ ޝަކުވާ ކުރި އެވެ. އެ މީހުން ބުނާ ގޮތުން ބޭރުގެ ބައެއް ގައުމުތަކުގައި ދާ އަޅައިގެން ކުދި މަސްކޮޅާ އެކު ހިފާތީ، ރާއްޖޭގެ ކަނޑުގެ ސްޓޮކަށް އޭގެ ގެއްލުން އިންތިހާ އަށް އޮތީ ފޯރައިފަ އެވެ. މަސްވެރިކަމުގެ ދުވަސްވީ ތަޖުރިބާކާރުން ބުނާ ގޮތުން، ޒަމާނުއްސުރެ އެންމެ ރަނގަޅަށް މަސްވެރިކަން ކުރާ މޫސުންތަކުގައި ވެސް ފަހަކަށް އައިސް، މަސްވެރިން ތިބެން ޖެހެނީ ހުސްއަތާ އެވެ.
ޑރ. ހުސެއިން ސިނާން، ހުންނެވީ އެ ޝަކުވާތަކުގެ ތެރޭގައި، މިނިސްޓްރީގަ އެވެ. އޭރު ވެސް އޭނާ ގެންދެވީ ސްޓޮކަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ދުނިޔޭގެ ގައުމުތަކާ އެކު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. އޭގެ ފެށުމާއި ނިމުން އޭނާ އަށް ރަނގަޅަށް އެނގިވަޑައިގަންނަވަ އެވެ.
އަހަރުތަކެއް ފަހުން، އޭނާގެ ޕީއެޗްޑީ ހާއްސަކުރެއްވީ އެ މައްސަލަ އަށެވެ. ސިނާން، މިދިޔަ މަހު ކެނެޑާ އިން ޕީއެޗްޑީ ހޯއްދެވީ އޭގެ ހައްލަށެވެ. އޭނާގެ މަސައްކަތް ކުރިއަށް އޮތްތާނގައި ގުޅިފައި އޮންނާނީ ވެސް، އޭގެ ދިރާސާތަކާއި ނަތީޖާތަކަށެވެ. އޭނާ ކިޔަވާވިދާޅުވި އެއްޗެއްގެ ފައިދާ ކުރާނީ ހަމައެކަނި ރާއްޖެއަކަށް ނޫނެވެ. މުޅި ދުނިޔެއަށެވެ. މަސްވެރިކަމުގެ މުޅި ކުރިމަގަށެވެ.
މި މައްސަލަ އަށް އޭނާ ހޯއްދެވި ހައްލަކީ ކޮންމެ ގައުމަކަށް ވެސް ކޯޓާ ކަނޑައެޅޭނެ އުސޫލެކެވެ. އޭނާގެ ދިރާސާތައް ދުނިޔޭގެ ބައެއް ގައުމުތަކުން މިހާރު ވެސް އަންނަނީ ބޭނުން ކުރަމުންނެވެ.
ސިނާން "މިހާރު" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ގެއްލުންވެދާނެތީ، ކޮންމެ ގައުމަކަށް ބޭނޭނެ މަހުގެ މިންވަރު ކަނޑައެޅުމަކީ އެއްވެސް ކޮޅެއްގައި ލައްވައިނުލާ އޮތް ކަމެކެވެ. ސިނާން ވިދާޅުވި ގޮތުގައި މައްސަލައަކަށް ވެފައި އޮތީ، އަދި އޭގެ ހައްލަކަށް ނުހޯދި އޮތީ އެކަން ކުރާނެ ގޮތެވެ. މި މައުލޫއުގައި އޭނާ ތިން ދިރާސާއެއް ޝާއިއުކުރެއްވި އެވެ.
"ފުރަތަމަ ކަމަކީ މިކަމުގެ މަޝްވަރާތަކަށް ދާއިރު ކޮންމެ ގައުމަކުން ވެސް އެ ގައުމަކުން ހިމާޔަތް ކުރަން ބޭނުންވާ އިންޓަރެސްޓްތައް ދެނެގަތުން. ކޮބައިތޯ ކަނޑުތަކުގެ ގާނޫނާއި އެ ގާނޫނުތަކުން ކުދި ގައުމުތަކަށް ހުރި ފައިދާތަކަކީ. އަދި މިކަހަލަ މަޝްވަރާތަކުގައި ބޭނުން ކުރެވޭނީ ކޮންކޮން ކަންތައްތަކެއްތޯ،" ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގައި ވެސް ހުންނެވި، އަދި ކުޅިވަރުގެ މަޝްހޫރު ފޮޓޯގްރާފަރު ވިދާޅުވި އެވެ.
"ދެ ވަނަ ކަމަކީ އެކަންކަން ތަންފީޒު ކުރެވޭނެ ފްރޭމްވޯކެއް ޑިވެލޮޕްކޮށް ޓެސްޓްކުރުން. މިސާލަކަށް ކަންނެލި މިއޮތީ ރަތް ދަރަޖައިގައި. އުފެދޭ މިންވަރަށް ވުރެ ބޭނޭ މިންވަރު ގިނަ. ބާނާ ވަރު މަދުކުރާއިރު، ދުނިޔޭގެ ގާނޫނުތަކުގައި އެބަބުނޭ ކުދި ގައުމުތަކަށް ވީހާ ވެސް ގެއްލުން ނުވާނެ ގޮތަށޭ ފިޔަވަޅު އަޅަން ޖެހޭނީ. އެކަމަކު އަޅާނެ ގޮތެއް ނެތް ގާނޫނުގައި. އަޅުގަނޑު ޕްރޮޕޯސްކުރީ އެ ފިޔަވަޅު އަޅާނެ ގޮތެއް."
ސިނާން "މިހާރު" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ތިން ވަނަ ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި ތަންފީޒު ކުރުމުގައި ދިމާވެދާނެ މައްސަލަތަކެވެ.
"މިސާލަކަށް ސީޝެލްގައި ފިޔަވަޅު އަޅައިފިއްޔާ ސީޝެލްސް އަށް އެބަ އެ މީހުންގެ އިކޮނޮމީ އަށް 20 ޕަސެންޓް. އެކަމަކު ޔޫރަޕް ކަހަލަ ގައުމަކަށް ގެއްލުން މި ވަނީ 0.01 ޕަސެންޓް،" އޭނާ ވިދާޅުވި އެވެ.
"ރާއްޖެ އިން ބާނާ މަހުގެ 95 ޕަސެންޓް މި ހާއްސަ ވަނީ ކަޅުބިލަ މަހާއި ކަންނެއްޔެއް. މި މަހަކީ ހަމައެކަނި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ހުންނަ މަސް އެކަންޏެއް ނޫން. ސީސެޝްލް ސަރަހައްދުގައި ވިހައިގެން އިންޑޮނޭޝިޔާ އަށް ދަތުރުކޮށް އަނެއްކާ ވެސް ސީޝެލްސް އަށް ދަތުރުކުރާ މަގުމަތީގައި މި މަސް ބާނަމުން މިދަނީ."
ސްޓޮކް ރަނގަޅަށް ބެލެހެއްޓެނޭ ގޮތެއް އޮތުން އެއީ މުހިންމު ކަމެއް ކަން ތަޖުރިބާކާރު އެންމެންހެން ވެސް ގަބޫލުކުރައްވަ އެވެ. ސިނާން ވެސް ވިދާޅުވީ އެހެން ނޫނީ، ރިސޯސް ހުރި ގައުމުތަކުން ބޯޓުފަހަރު ބަނދެ، މަސްކޮޅު ކަހާލުމުގެ ބިރު އިންތިހާ އަށް އެބައޮތް ކަމަށެވެ.
"ގާތްގަނޑަކަށް 10 އަހަރު ވެއްޖެ މަޝްވަރާތައް ކުރިއަށް ދާތާ [ބޭނޭނެ މިންވަރެއް ކަނޑައެޅުމުގެ]. އެ ކަނޑަނާޅާ ކަމަށް ވަންޏާ އެ ފެސިލިޓީ ނުވަތަ ފައިސާ ހުރި ގައުމަކުން ދޯނި ބަނދެގެން މަސްކޮޅު ހުސްކޮށްލަންވީ. އެކަމަކު ކޯޓާ ކަނޑައެޅީމަ އެނގޭނެތާ އެ ބަލަހައްޓަން،"
"ގާތްގަނޑަކަށް 10 އަހަރު ވެއްޖެ މަޝްވަރާތައް ކުރިއަށް ދާތާ [ބޭނޭނެ މިންވަރެއް ކަނޑައެޅުމުގެ]. އެ ކަނޑަނާޅާ ކަމަށް ވަންޏާ އެ ފެސިލިޓީ ނުވަތަ ފައިސާ ހުރި ގައުމަކުން ދޯނި ބަނދެގެން މަސްކޮޅު ހުސްކޮށްލަންވީ. އެކަމަކު ކޯޓާ ކަނޑައެޅީމަ އެނގޭނެތާ އެ ބަލަހައްޓަން،" އޭނާ ވިދާޅުވި އެވެ.އޭ
އެންމެ ފަހުގެ ދިރާސާތަކާ ހަވާލައިދެއްވައި ސިނާން ވިދާޅުވި ގޮތުގައި، މިހާރު ވެސް އުފެދޭ ވަރަށް ވުރެ 40،000 ޓަނުގެ ރީނދޫ އުހަރަ ކަންނެލި އެބަ ބޭނެ އެވެ.
"ރާއްޖެ އަކީ ސެލެކްޓިވްކޮށް މަސް ބާނާ ގައުމަކަށް ވާތީ އޭގެ ނެދެވޭ އަސަރު ކުރުން ކުޑަ ގައުމަކަށް ވެދާނެ،" މަސްވެރިކަމާއި އެ ދާއިރާގައި ވަރަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ވިދާޅުވި އެވެ.
"ރާއްޖެ އިން އަބަދުވެސް ވަކާލާތު ކުރާ ދެ ކަމެއް އޮވޭ، އެއް ކަމަކީ ކަނދުފަތީގެ ލެވެލް ދަށް ކުރުމާއި ބޮޑުދާ އެޅުން ދަށް ކުރުން."
A big moment of my life. Defended my thesis today. Heartfelt thanks to my supervisor @fishgovernance, committee members, @ipnlf, @MoFMRAmv, lab mates, family, friends, and everyone who contributed to my research and supported me throughout the past four years. #PhDone pic.twitter.com/q1cwsYi1eN
— Hussain Sinan (@buggee) December 9, 2021
ރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތް އޮތީ، ސިނާން ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކާ ވަރަށް ތަފާތުގޮތަކަށް ބައްޓަން ވެފަ އެވެ. އޭނާ ފާހަގަ ކުރެއްވި އެއް ކަމަކީ، ޓޫރިޒަމާ ހިލާފަށް މި ސިޔާއަތުން މުޅި ރާއްޖޭގެ މުޖުތަމައަށް ބައި އެޅޭ ގޮތަށް އޮތް އޮތުމެވެ. އެއީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ވަރަށް މުހިންމު ކަމެކެވެ.
"ދެވަނަ ކަމަކީ ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް، ރާއްޖޭގައި މަސް ބާނައިގެން އައިސް އެހެން ބަޔަކު އެ ގަނެ މި ބޭރުކުރަނީ. ދުނިޔޭގެ އެހެން ގައުމުތަކުން އަޅުގަނޑުމެންނަށް މި ފެންނަނީ ބާނާ މީހުން އެކްސްޕޯޓް ކުރާ ތަން،" ޕީއެޗްޑީގެ ކުރިން، އިނގިރޭސިވިލާތުން ފިޝަރީޒް މެނޭޖްމަންޓުން މާސްޓާސް ހެއްދެވި ސިނާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މަސްވެރިކަން ކުރާ ގޮތަކީ ވެސް އޭގެ މުޅި ފައިދާ މަހުގެ ސްޓޮކަށް ޒަމާންތަކަކަށް ދެމިގެންދާނެ ގޮތެކެވެ. އެކަމަކު އޭނާގެ ވެސް ކަންބޮޑުވުމަކީ، މަސްވެރިކަމަށް އަޅާނުލެވި އޮތް އޮތުމެވެ. އޭގެ ސަބަބުން މަސްވެރިކަމުގެ ހަގީގީ ފައިދާ ގައުމަށް އެތެރެ ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ވަރަށް ގިނަ ދުވަހުގެ އަޅާނުލެވުން މި ފެންނަނީ، ދޭން ޖެހޭ ސަމާލުކަން ނުދެވި،" އެ ވާހަކަ އޭނާ ކުރުކޮށްލެއްވި އެވެ.
އެކަމަކު ސިނާން ވިދާޅުވި ގޮތުގައި، ރާއްޖޭގެ މަސްވެރިކަމުގައި މިހާރު ނުވެ އޮތް ކަމަކީ ވިޔަފާރި މޮޑެލް އަކަށް މި ސިނާއަތް ބަދަލުކޮށްލުމެވެ.
"އެކަމަކު މިހާރު އެބަ ވަރަށް ބޮޑަށް އެބައި [ވިޔަފާރި މޮޑެލް] އާދޭ. ކޯލްޑް ސްޓޯރޭޖް ހެދުމުގެ ވާހަކަތައް އެބަ ދެކެވޭ. މިވީހާ ތަނަށް ވެސް ހައްލު ނުވެ އޮތް ކަމަކީ، މިސާލަކަށް ރާއްޖެ އިން އަހަރަކު 110،000 ޓަނުގެ ކަޅުބިލަ މަސް ބާނާ. އެ ބާނާ ގިނަ މަސް ތައިލެންޑަށް ފޮނުވައިގެން އެ ޕްރޮސެސް ކުރީމަ އޭގެ ހަގީގީ ފައިދާ މި ލިބެނީ ރާއްޖެއަކަށް ނޫން. އަނެއްކޮޅުން އޭގެ އެ ފައިދާ ނެގެން އޮތް ބަޔަކު އެބަ ނަގާ. މިހާރު ޔޫކޭގައި ނުވަތަ އީޔޫގައި މި ވިއްކާ ދަޅު މަހުގައި ޖަހާފައި މި ހުންނަނީ ޕްރޮޑިއުސްޑް އިން ތައިލެންޑް، ސޯސް ފްރޮމް މޯލްޑިވްސް. މާނައަކީ އެހެން ބަޔެކޭ މި ފައިދާ ނަގަނީ،" އޭނާ ވިދާޅުވި އެވެ.
އަނެއްކޮޅުން، ވިޔަފާރި އުސޫލުން ރަނގަޅަށް އިންވެސްޓް ކުރެވިފައި ނެތުމުން އެއިން މަސްވެރިންނަށާއި ކުންފުނިތަކަށް ވެސް ބޮޑު ގެއްލުމެއް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަހުގެ އަގު ވަކި ވަރެއްގައި ބެހެއްޓުމުގެ ބަދަލުގައި ފްލޯޓް ވާ ގޮތަށް ހެދުން މުހިންމެވެ.
"މި އަހަރު ފެށުނު އިރު ޓަނެއް މި ހުރީ 1100 ޑޮލަރަށް. އެ އަގުގައި ކިލޯއެއް 19ރ. އަށް ގަނެގެން ކުންފުންޏަށް ހަގީގަތުގައި ކުރިއެރުމެއް ނުލިބޭ. މަހުގެ އަގު ފްލޯޓް ވެސް ވާން ޖެހޭ. މި ހުރިހާ ދުވަހަކު ވެސް މިފްކޯ އަށް ސަބްސިޑީ ދީގެން ހިންގަމުން މި އައީ. އޭގެ ބަދަލުގައި ކުންފުންޏަށް ގެއްލުން ނުވާ ގޮތަށް، ވިޔަފާރި މޮޑެލްއަކަށް ކުރިއަށް ގެންދިޔައީމަ ފައިދާ ބޮޑު ކަމަކަށް މިކަން ވާނެ،" އޭނާ ވިދާޅުވި އެވެ.
މި ހުރިހާ ދުވަހަކު ވެސް މިފްކޯ އަށް ސަބްސިޑީ ދީގެން ހިންގަމުން މި އައީ. އޭގެ ބަދަލުގައި ކުންފުންޏަށް ގެއްލުން ނުވާ ގޮތަށް، ވިޔަފާރި މޮޑެލްއަކަށް ކުރިއަށް ގެންދިޔައީމަ ފައިދާ ބޮޑު ކަމަކަށް މިކަން ވާނެ"
ރާއްޖޭގެ ކަނޑު އަމިއްލަ އަށް މެނޭޖްކޮށް އެ ކަނޑުގައި ދިވެހިން އަމިއްލަ އަށް މަސްވެރިކަން ކުރުން އެއީ މަދު ގައުމެއްގައި ނޫނީ ނެތް ކަމެއް ކަމަށް ސިނާން ވިދާޅުވި އެވެ.
"ބޮޑެތި ގައުމުތަކުން އެހެން ގައުމަކަށް ކަނޑު ވިއްކާލަނީ. ތިމަންނަމެންގެ ކަނޑުން މަސްވެރިކަން ކުރަން އަންނާށޭ ކިޔައިފައި. އޭގެ ބަދަލުގައި ރާއްޖޭގައި މި އޮންނަނީ ޒަމާނީ އަމިއްލަ މަސްވެރިކަމެއް."
ޕީއެޗްޑީ ނިންމަވައި، ދޮޅު މަހެއްހާ ދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރެއްވުމަށް ފަހު ސިނާން އަނެއްކާ ވެސް ވަނީ ފުރާވަޑައިގެންފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ދެން އޮތީ، އޭނާ ކިޔަވާ ވިދާޅުވި އެއްޗެއް އިތުރަށް ދިރާސާ ކުރުމުގެ ދޮޅު އަހަރެވެ.
"އޭގެ ފަހުން އަޅުގަނޑު ރާއްޖެ އަންނާނަން،" ޗުއްޓީގައި މާލޭގައި ހުންނަވައި އޭނާ ވިދާޅުވި އެވެ.
"އެކޮޅުގައި ހުންނަ އިރު ވެސް އަޅުގަނޑު މިނިސްޓްރީގެ މަސައްކަތްތަކުގައި ބައިވެރިވަން. ތަފާތަކީ ހަމައެކަނި ދަންވަރު ތިނެއް ޖަހާއިރު ތެދުވެ މީޓިންތަކުގައި އިންނަން ޖެހުން."
ޕީއެޗްޑީ ނިމުމާ އެކު، އިތުރަށް ދިރާސާ ކުރުމަށް ޖަޕާނުގެ ނިޕޯން ފައުންޑޭޝަނުން ހުޅުވާލި ދޮޅު އަހަރުގެ ފުރުސަތު ލިބުނު ބޭފުޅުންގެ ތެރޭގައި ސިނާން ހިމެނިވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ އެކަމަށް އެއްބަސްވެ ވަޑައިގަތީ މިނިސްޓްރީން ވެސް ނޯޕޭ ދިނީމަ އެވެ.
"މިނިސްޓްރީގައި ޓެކްނިކަލީ ކިޔަވައިގެން މި ތިބީ ހައެއްކަ މީހުން. މިނިސްޓްރީ އަށް ވެސް އުނދަގޫ ނުވާނެ ގޮތަށް މި ކިޔަވަނީ،" އޭނާ ވިދާޅުވި އެވެ.
ސިނާން ވިދާޅުވި ގޮތުގައި ރާއްޖޭގައި މަސްވެރިކަމުގައި ވެސް، އަދި މަސްވެރިކަމުގެ ދާއިރާ އިން ކިޔަވާ މީހުންނަށް ވެސް ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"މަސްވެރިކަމުގެ ކޮންމެ ދާއިރާއަކުން ކިޔެވިޔަސް ކުރިއަށް ދާން ފުރުސަތު އެބައޮތް ވަރަށް ބޮޑަށް."
މަހުގެ އެކްސްޕޯޓް 50 ޕަސެންޓް ދަށަށް
ބާސެލޯނާ އެކްސްޕޯގައި ދިވެހި މަހަށް ސަމާލުކަން
ކަންނެލީގެ މަސްވެރިކަމުގެ ބޮޑު ކޯޓާ ރާއްޖެއަށް
ކަނޑުމަހުގެ ސްޓޮކް ހުސްވުމުގެ ބިރު ކުޑަވެއްޖެ
ބުރުންޏަށް އަނެއްކާވެސް ރާގޮނޑީގެ އީދެއް!
މަސްވެރިކަން ދަށްވެ ކަންނެލި ކިލޯއެއް 100ރ. އަށް
މަަސްވެރިން ފެންނަނީ ވޯޓަށް: ޔޫނިއަން
މެންބަރު ފިއްޓެ ބޭނި ބޮޑުކަންނެލި އިސްކޮޅަށް ވުރެ ދިގު
ކަޅުބިލަމަހާއި ކަންނެލި ގަނެވޭނެ ދަށްއަގު ކަނޑައަޅައިފި
ބޮޑުކަންނެލީގެ މަސްވެރިންނަށް އިންކަމްސަޕޯޓު ދޭން އެދެފި