25 ޖެނުއަރީ 2022
ސްރީ ލަންކާގެ އިގްތިސާދު ނޭވާ ހޮޅިއަށް އެޅިފައި އޮތަސް، އިގްތިސާދުގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ދޭން ގަސްދުކުރާ ލުއިތައް، ލަންކާއަށް ބޭނުންނުވާ ކަމަށް، އެ ގައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާގެ އިގްތިސާދު ނޭވާ ހޮޅިއަށް އެޅިފައި އޮތަސް، އިގްތިސާދުގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ދޭން ގަސްދުކުރާ ލުއިތައް، ލަންކާއަށް ބޭނުންނުވާ ކަމަށް، އެ ގައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ސީއެންބީސީ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ގަވަރުނަރު އަޖިތު ނިވާޑް ކަބްރާލް ވިދާޅުވީ، އިގްތިސާދު ސަލާމަތް ކުރެވޭނެ އިތުރު ގޮތްތައް ހުއްޓައި އައިއެމްއެފުން ދޭ ލުއިތަކުގެ ބޭނުން ހިފަން ގަސްދު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބޭރު ގައުމުތަކަށް ދައްކަންޖެހިފައިވާ ދަރަނިތައް އަދާކުރުމުގެ ގާބިލްކަން ލަންކާ ސަރުކާރުގައި އެބަ އޮތެވެ.
އޭނާ ވިދާޅުވީ ލަންކާއަށް ބޭރު ގައުމުތަކުން ނަގާފައިވާ ދަރަނިތައް، އެ ގައުމުތަކަށް ގެއްލުމެއް ނުލިބޭނެ ފަދަ ގޮތަކަށް ދެއްކުމުގެ ގާބިލުކަން ލަންކާ ސަރުކާރަށް ލިބިގެންވާ ކަމަށެވެ. ޚާއްސަކޮށް ބައިނަލްއަގުވާމީ ސޮވެރިން ބޮންޑުތަކަށް ފައިސާ ދެއްކުމުގެ މާލީ ގާބިލުކަން ލަންކާއަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކި ގައުމުތަކަށް ލޯނު ދޫކުރާ ބައިނަލްއަގުވާމީ ބައެއް އިދާރާތަކުން ދާދި ފަހުން ބުނެފައިވާ ގޮތުގައި، ސްރީ ލަންކާގެ ދަރަނިތައް އަދާކުރުމުގައި އެހެން އިދާރާތަކުގެ އެހީތެރިކަން މިދަނޑިވަޅުގައި ވަރަށް ބޮޑަށް ބޭނުންވާނެ އެވެ. ލަންކާގެ އިންފްލޭޝަން ރޭޓް އޮބިނޯންނަ މިންވަރަށް މަތިވިޔަ ނުދިނުމަށާއި، ބޭރު ފައިސާގެ ތަނަވަސްކަން ލަންކާގައި އޮތުމަށްޓަކައި، އެހެން ބައެއް އިދާރާތަކުގެ އެހީތެރިކަން ލަންކާއަށް ބޭނުންވާނެ އެވެ.
ނަމަވެސް މަރުކަޒީ ބޭންކުގެ ގަވަރުނަރު، އެ ވިސްނުމާ މުޅިން ދެކޮޅެވެ. އޭނާ ވިދާޅުވި ގޮތުގައި އެހެން ގައުމުތަކުގެ އެހީގައި ދަރަނިތައް އަދާކުރުމުގެ ފުރުސަތު ލަންކާ ސަރުކާރަށް އޮތް އިރު، އައިއެމްއެފް ފަދަ މާލީ އިދާރާތަކުގެ އެހީތެރިކަމަށް ލަންކާ ސަރުކާރުން އެދެންޖެހޭ ސަބަބެއް ނެތެވެ.
ގަވަރުނަރު ވިދާޅުވީ އެ ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރެވޭނެ ހަރުދަނާ ސްޓްރެޓެޖީއެއް އެބަ އޮތް ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރަށް ބަލާއިރު ވެސް، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނިތައް އަދާކުރަމުން ގެންދެވޭނެ ސިޔާސަތެއް މިހާރު ކަނޑައަޅައި ތަންފީޒުކުރުމުގެ މަރުހަލާގައި އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަންކާގެ އާ ރައީސް ވެސް އައިއެމްއެފްގެ ޕްރޮގްރާމާ އެކު
ލަންކާ އަށް އައިއެމްއެފްގެ ތައުރީފް
ލަންކާއަށް އައިއެމްއެފްގެ އެހީ ދިނުން ފަސްކޮށްފި
ރަނިލް، ލަންކާގެ ރައީސް ކަމުގެ ހުވާ ކުރައްވައިފި
ލަންކާ ސަލާމަތް ކޮށްދިނުމަށް އައިއެމްއެފަށް ގޮވާލައިފި
ލަންކާގެ އިގްތިސާދަށް 4.4 ޕަސެންޓުގެ ކުރިއެރުމެއް
ޖަޕާނުން އަލުން ލަންކާއަށް އެހީދޭން ފަށައިފި
ލަންކާގެ ބޮންޑުން 28 ޕަސެންޓް އުނިކޮށްދެނީ
ދަރަނި އެކުލަވާލުމުން ލަންކާއަށް ފަސް ބިލިއަން ފައިދާ
ކާބޯތަކެތީގެ އަގު ލަންކާގައި އަނެއްކާވެސް މައްޗަށް