25 ޖެނުއަރީ 2022
ރޮބަޓް ޕެޓިންސަނާ އެކު ގެނެސްދޭން ތައްޔާރުވަމުން އަންނަ ޑީސީގެ ސުޕަހީރޯ "ބެޓްމޭން" ގެ ރީބޫޓް ފިލްމުގެ އާ މަންޒުތަކެއް ދައްކާލައިފި އެވެ.
ރޮބަޓް ޕެޓިންސަނާ އެކު ގެނެސްދޭން ތައްޔާރުވަމުން އަންނަ ޑީސީގެ ސުޕަހީރޯ "ބެޓްމޭން" ގެ ރީބޫޓް ފިލްމުގެ އާ މަންޒުތަކެއް ދައްކާލައިފި އެވެ.
މީގެ ކުރިން ޓްރެއިލާ ވެސް ނެރެފައިވާ "ދަ ބެޓްމޭން" ގެ އާ ޓީޒާއެއް އިއްޔެ ނެރުނު އިރު، އޭގެން ފެންނަނީ ބެޓްމޭން (ރޮބަޓް ޕެޓިންސަން) އާއި ރިޑްލާ (ޕޯލް ޑޭނޯ) އާ ދެމެދު ހިނގާ ތަޅާފޮޅުންގަނޑެކެވެ.
މި ފިލްމަކީ އަންނަ މާޗު މަހަށް ތާވަލުކޮށްފައިވާ ފިލްމުތަކުގެ ތެރެއިން ބެލުންތެރިން އެންމެ ކެތްމަދުވެފައިވާ އެއް ފިލްމެވެ. މި ފިލްމު ވާދަކުރާނީ ހަމަ މި ކަހަލަ ޑާކް ތީމަކަށް، ޑީސީގެ އެންމެ ބޮޑު ވާދަވެރިޔާ މާވެލް އިން ގެނެސްދޭ ސީރީޒް "މޫން ނައިޓް" އެވެ.
މެޓް ރީވްސް ޑައިރެކްޓުކުރި "ބެޓްމޭން" ގެ އާ ފިލްމުގައި ޕެޓިންސަންގެ އިތުރުން މުހިންމު ރޯލުތަކުން ޒޯ ކްރަވިޒް، ޕޯލް ޑޭނޯ، ޖެފްރީ ރައިޓް، ޖޯން ޓާޓުރޯ، އެންޑީ ސާކިސް، ކޮލިން ފެރެލް އަދި ޕީޓާ ސާސްގާޑް ފެންނާނެ އެވެ.
މީގެ ތެރެއިން ކްރަވިޒް ކުޅޭ "ކެޓްވުމަން" އަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.
މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށަނީ މާޗު ހަތަރެއްގަ އެވެ.
"ބެޓްމޭން" ގެ ގޮތުގައި ޕެޓިންސަން ދައްކާލައިފި
ބެޓްމޭންގެ ދެވަނަ ބައިގެ މަސައްކަތް ފަށައިފި
މިހާތަނަށް އެންމެ ކާމިޔާބު ފިލްމަކީ ބެޓްމޭން
128މިލިއަން ހޯދައި ބެޓްމޭންގެ ފެށުން ވަރުގަދަކޮށްފި
"ބެޓްމޭން" 2022 އަށް ފަސްކޮށްފި
"ޓެނެޓް" އާއި "ވޮންޑަ ވުމަން 1984" ފަސްކޮށްފި
ބެޓްމޭންގެ ރޯލް ދެން ކުޅޭނީ ރޮބަޓް ޕެޓިންސަން
"އަކުއަމޭން"ގެ ދެވަނަ ފިލްމުގެ ޓްރެއިލާ ނެރެފި
ރޮބާޓް ޕެޓިންސަންގެ "ބެޓްމޭން 2" އިއުލާނުކޮށްފި
ސްނައިޑާގެ ބޮޑު ފިލްމެއްގެ ޝޫޓިން ފަށައިފި