24 ޖެނުއަރީ 2022
ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވާ ކުދިން ރާއްޖޭގައި ރަޖިސްޓްރީކޮށްދޭނެ އުސޫލު އާންމުކޮށްފި އެވެ.
ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވާ ކުދިން ރާއްޖޭގައި ރަޖިސްޓްރީކޮށްދޭނެ އުސޫލު އާންމުކޮށްފި އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހެދި އުސޫލުގައިވާ ގޮތުން، ހަނގުރާމަވެރި ސަރަހައްދެއްގައި އުފަންވާ ކުދިންނަށް ދިވެހި ރައްޔިތުކަން ދީ ރަޖިސްޓްރީކޮށްދެވޭނީ އެއީ ދިވެއްސަކަށް އުފަން ދަރިއެއްކަމާ މެދު ކޯޓުން ގޮތެއް ކަނޑައެޅުމަށް ފަހުގަ އެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ރޭ ގެޒެޓްކުރި އުސޫލުގައި، ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހިންނަށް އުފަންވާ ކުދިންގެ އުފަންވުން ރާއްޖޭގައި ރަޖިސްޓްރީކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓް ހެދުމާ ގުޅޭ ހުރިހާ އިޖުރާއަތްތަކެއް ބަޔާންކޮށްފަ އެވެ.
މީހުން މެރުމާއި ބޮން ގޮއްވުން ފަދަ އަނިޔާވެރި އަމަލުތައް ހިންގަމުން އަންނަ އެކި ގައުމުތަކުގައި އަނބިދަރިން ގޮވައިގެން ދިވެހިން އުޅެ އެވެ. އެތަނުގައި ފިރިން މަރުވުމުން އެހެން މީހުންނާ އިނދެގެން ވެސް ބައެއް މީހުންނަށް ދަރިން ލިބިފައިވެ އެވެ.
ހަނގުރާމަވެރި ގައުމުތަކުގައި ބައެއް ދިވެހި ބައެއް އާއިލާތައް ހާލުގައި ޖެހި، އަނބުރާ ރާއްޖެއަށް އަންނަން ބޭނުންވާތީ ސަރުކާރުން އަންނަނީ އެ މީހުން ގެނައުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ސަރުކާރުން ނިންމާފައި ވަނީ އެ މީހުން ރާއްޖެ ގެނެސް ރީހެބިލިޓޭޓް ކުރާށެވެ. އެކަމަށް ކ. ހިންމަފުށީގައި ރިހެބިލިޓޭޝަން ސެންޓަރެއް ވަނީ ހަދައިފަ އެވެ.
ކުދިން ރަޖިސްޓްރީ ކުރުމާ ބެހޭ އުސޫލުގައި ވަނީ ކުދިން ރަޖިސްޓްރީކުރުމަށް ކޯޓަށް ހުށަހެޅުމުން ކޯޓުން ނިންމާ ނިންމުން ލިބޭތާ ހަތަރު ދުވަހުގެ ތެރޭގައި އެ ކުއްޖާގެ ބެލެނިވެރިޔާ މެދުވެރިކޮށް ކަނޑައަޅާ ފަރާތުން ކުއްޖާ ރަޖިސްޓްރީ ކުރުމަށާއި އުފަން ދުވަހުގެ ސެޓުފިކެޓު ހެދުމަށް ކުއްޖާގެ ބައްޕަ ނުވަތަ މަންމަގެ ރަށު ކައުންސިލަށް ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެ ފޯމު ހުށަހަޅާއިރު ކޯޓުން ނިންމި ގޮތުގެ ރިޕޯޓު ވެސް ކައުންސިލަށް ހުށަހަޅަން ޖެހެ އެވެ.
ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ނަމަ، ކޯޓު ނިންމުމުގެ މައްޗަށް ބިނާކޮށް އެ ކުއްޖާގެ އުފަންވުން އެ ރަށެއްގައި ރަޖިސްޓްރީކޮށްދޭން ޖެހޭނެ އެވެ.
ކުއްޖާ ރަށުގައި ރަޖިސްޓްރީކުރުމަށް ފަހު ކައުންސިލުން ބަލަހައްޓާ އުފަންވުމުގެ ރަޖިސްޓްރީގައި އެ ކުއްޖެއްގެ އުފަންވުމާ ގުޅޭ މައުލޫމާތު ހިމެނުމާ އެކު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް މައުލޫމާތު ދިނުމަށް "ގެމެން ޕޯޓަލް" މެދުވެރިކޮށް އެ މައުލޫމާތު ހުށަހަޅަން ޖެހެ އެވެ. އަދި އުފަންދުވަހުގެ ސެޓުފިކެޓުގައި ޖެހުމަށް އެ ކުއްޖެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހޯދުމަށް ކައުންސިލުން އެދެން ޖެހެނީ ވެސް ހަމަ އެ ޕޯޓަލް މެދުވެރިކޮށެވެ.
ސީރިއާ އާއި ހަނގުރާމަވެރި އެހެން ސަރަހައްދުތަކަށް ގިނަ އަދަދެއްގެ ދިވެހިން ގޮސްފައިވެ އެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭއިރު، ބައެއް މީހުން ތިބީ ހާލުގައިޖެހި ރާއްޖެ ނާދެވިފަ އެވެ. އެންމެ ބޮޑު އެއް މައްސަލައަކަށް ވަނީ އެ މީހުންގެ ދަރިން އެއްވެސް ގައުމެއްގައި ރަޖިސްޓްރީ ނުވެ އޮންނާތީ ވަކި ގައުމަކަށް އެ ކުދިން ގެންދެވޭނެ ގޮތެއް ވެސް ނޯންނާތީ އެވެ.
ހާލުގައި ޖެހިފައިވާ ކުޑަކުދިންނާއި އަންހެނުން ގެނައުމަށް އޮތް ދައްޗަކީ ނެޝެނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ވެސް ކުރިން ބުނެފައިވާ ގޮތުގައި، ކޮން ބައެއް ކަން އެނގޭނެ ފަދަ ލިޔެކިޔުންތައް ނެތުމެވެ. އެތަނުގައި ތިބި ކުދިންނަކީ ދިވެހި ރައްޔިތުންކަން ކަނޑައެޅުމުގައި ވެސް ދަތިތައް އެބަހުރި ކަމަށް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނެފައިވެ އެވެ.
އޮޅުވާލައިގެން ހަނގުރާމައަކަށް، ހަޔާތް މުސީބާތަކަށް!
ސީރިއާއިން ދިވެހިން ގެންނަން 1.8 މިލިއަން ހަރަދުކުރި
ހަނގުރާމަޔަށް ދިޔަ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެ
ސީރިޔާގެ އައިއެސް ލީޑަރު މަރާލައިފިން: ތުރުކީ
ލިސްޓަށް ބަދަލެއް ނެތް،ސީރިއާއަށް ދިއުން އަދިވެސް މަނާ
އިޒްރޭލުގެ މިސައިލް ހަމަލާތަކެއް ދިމިޝްގު އެއާޕޯޓަށް
ހަނގުރާމާގައި ލިބުނު ދެ ކުއްޖެއްގެ މަންމަ ސާބިތުކޮށްފި
ޓެރަރިސްޓް ލިސްޓަށް ބަދަލެއް ނެތް، ސީރިއާއަށް ނުދެވޭނެ
ސީރިއާގައި އަނެއްކާވެސް ދިވެއްސަކު މަރުވެއްޖެ
ހަނގުރާމައަށް ދިޔަ ކަމަށް ބެލެވުނަސް ރިހެބިލިޓޭޝަނަށް