Roadha Mihaaru
ސުނާމީގައި ފުރާނާ ސަލާމަތްވީ އަށް ފަހަރު "ގެނބިފައި"

ސުނާމީގައި ފުރާނާ ސަލާމަތްވީ އަށް ފަހަރު "ގެނބިފައި"

22 ޖެނުއަރީ 2022

ޓޮންގާގެ ރަށެއް ކަމަށްވާ އެޓަޓާގައި ދިރިއުޅޭ އެމީހާ ކިޔައިދިން ގޮތުގައި ސުނާމީގައި އެރި ބޮޑު ރާޅާ އެކު، ގޮނޑުދޮށުގައި ހުއްޓާ އޭނާ ކަނޑަށް ދަމައިގަނެގެން ގެންދިޔައިރު، ހަނދާންވާ ގޮތުން އަށް ފަހަރެއްގެ މަތިން އޭނާ "ގެނބުނެވެ." އެކަމަކު ކޮންމެ ފަހަރަކު ވެސް އޭނާ ސަލާމަތްވި އެވެ.

ކަނޑު އަޑިން ބޮޑު އަލިފާން ފަރުބަދައެއް ގޮވައި، ޓޮންގާ އަށް އެރި ބާރުގަދަ ސުނާމީގައި ލިސަލާ ފޯލޫ ކިޔާ 57 އަހަރުގެ އެ މީހާގެ ފުރާނާ ސަލާމަތްވީ ކަނޑުމަތީ އޮތްތާ ދުވަހެއްވީ ފަހުންނެވެ. އޭނާ ބުނާ ގޮތުން އެއްގަމަށް އެރުނީ 27 ގަޑިއިރު ވީ ފަހުންނެވެ.

"ފެންމަތީ އޮތްއިރު އަހަރެން ހަނދާންވޭ އަށް ފަހަރެއްގެ މަތިން ފެނުގެ އަޑި އަށް ދިޔަކަން. އޭރު އަހަރެން ދެ ފައި ވެސް އެއްވެސް ހަރަކާތެއް ނުކުރޭ،" ބީބީސީގެ ނިއުސް ޕްރޮގްރާމަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

"އެކަމަކު އަހަންނަށް އިތުބާރު އޮތް ހެއްދެވި ފަރާތުން އަހަރެން ސަލަމާތް ކުރާނެ ކަމުގެ."

ޓޮންގާ އަށް އެރި ސުނާމީގައި ކިރިޔާ ފުރާނާ ސަލާމަތްވި ބައެއް މީހުން އެ ވާހަކަ ބީބީސީ އަށް ކިޔައިދެނީ؛ އެއް ދުވަސް ވަންދެން ކަނޑުމަތިވި ލިސަލާ ފަލޯ (ވ-2).-- ފޮޓޯ: ރޮއިޓާސް

ޓޮންގާ އަށް އެރި ސުނާމީގައި ކިރިޔާ ފުރާނާ ސަލާމަތްވި ބައެއް މީހުން އެ ވާހަކަ ބީބީސީ އަށް ކިޔައިދެނީ؛ އެއް ދުވަސް ވަންދެން ކަނޑުމަތިވި ލިސަލާ ފަލޯ (ވ-2).-- ފޮޓޯ: ރޮއިޓާސް

ގެނބުނު ފަހުން، ކަނޑުމަތިން އޭނާގެ އެހީތެރިޔަކަށް ވީ ގަހެއް އޮފިގަނޑެކެވެ. އެއްގަމަށް އެރެންދެން އޭނާ އޮތީ އޭގައި ހިފަހައްޓައިގެންނެވެ.

"ރާޅު އަހަރެން ދަމައިގަތް ގަޑީގައި އަހަންނަށް އިވުނު ދަރިފުޅު ގޮވާ އަޑު ވެސް. އެކަމަކު ވެސް އޭނާ އަހަރެން ހޯދަން އުޅެފާނެތީ އެއްވެސް ޖަވާބެއް ނުދީ އޮތީ،" އޭނާ ބުންޏެވެ.

ޓޮންގާ އަށް އެރި ސުނާމީގައި މިހާތަނަށް ތިން މީހަކު މަރުވެފައިވެ އެވެ. އެކަމަކު އެ ގައުމުގެ ރަށްތަކުގައި މުއާސަލާތީ ހިދުމަތްތައް މެދުކެނޑިފައިވުމުން މަރުވި މީހުންނާއި ގެއްލުނު މީހުން އަދި ލިބުނު ގެއްލުމުގެ ތަފުސީލު އަދިވެސް ޔަގީނެއްނުވެ އެވެ.

ކަނޑު އަޑީގައި ހުރި އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑަށް އެރި ކުއްލި ލޮޅުމުގައި އުފެދުނު ސުނާމީ އެންމެ ފުރަތަމަ ޓޮންގާ އަށް އެރިއިރު، ޕެސިފިކް ކަނޑުގެ އިތުރު އެހެން ބައެއް ގައުމުތަކަށް ވެސް އޭގެ އަސަރު ކުރި އެވެ.

ހުންގާ-ޓޮންގާ-ހުންގާ-ހާޕައި ނަމަކަށް ކިޔާ މި އަލިފާން ފަރުބަދަ ދޭތެރެ ދޭތެރެއިން ގޮވަ އެވެ. އެކަމަކު މިފަހަރުގެ ގޮވުމަކީ އާދަޔާ ހިލާފަށް ބާރުގަދަ ގޮވުމެއް ކަމަށް، ބިންހެލުމާއި އަލިފާން ފަރުބަދަތައް ގޮވުމުގެ ހާދިސާތައް ދިރާސާކުރާ އިދާރާތަކުން ބުނެ އެވެ.

މި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ވައިގެ ތެރޭގައި އުފެދުނު އަޅި އާއި ދުމުގެ ބޯ ވިލާގަނޑެއް ކަނޑުގެ ސަތަހައިން ފެށިގެން 20 ކިލޯމީޓަރަށް އަރައިގެން ގޮސްފައިވެ އެވެ. މި ހާދިސާ އަށް ހަފުތާއެއް ވީ އިރު، މި ވިހަ ދުމުގެ އަސަރު އިންޑިއާ ކަނޑަށް ވެސް މިހާރު ފޯރާފައިވާ ކަމަށް މޫސުމާ ބެހޭ ދުނިޔޭގެ އިދާރާތަކުން ބުނެފައިވެ އެވެ.