20 ޖެނުއަރީ 2022
ސްކޫލްގައި ޓީޗަރުގެ މޫނު ފެންނަ ގޮތަށް ކިޔަވައިދޭން އެންގީ ފިލާވަޅު ފަހުމްވުމުގައި މޫނުމަތީގެ އިޝާރާތްތައް މުހިއްމު ދައުރެއް އަދާކުރާތީ ކަމަށާއި މަސައްކަތުގެ މާހައުލުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސްކޫލްގައި ޓީޗަރުގެ މޫނު ފެންނަ ގޮތަށް ކިޔަވައިދޭން އެންގީ ފިލާވަޅު ފަހުމްވުމުގައި މޫނުމަތީގެ އިޝާރާތްތައް މުހިއްމު ދައުރެއް އަދާކުރާތީ ކަމަށާއި މަސައްކަތުގެ މާހައުލުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މޫނު ބުރުގާގެ ބަހުސް އަނެއްކާވެސް ފެށިފައިވަނިކޮށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ޖެނުއަރީ 2019 އިން ފެށިގެން މޫނު ބުރުގާ އަޅައިގެން ސްކޫލްތަކުގައި މަސައްކަތްކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. މިހާރު ވެސް ސްކޫލުތަކުގެ އެކި މަގާމުތަކުގައި މޫނު ބުރުގާ އަޅާ ޓީޗަރުން އެބަތިބިކަން މިނިސްޓްރީން ފާހަގަކުރި އެވެ.
މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމަކީ ސިވިލް ސާވިސްގެ ގަވައިދުތަކާ ހިލާފުވުން ކަމަށް ބަލައި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދެ ޓީޗަރަކު ވަޒީފާއިން ވަކިކުރި އެވެ. އެހެންވެ، ވަޒީފާގެ ހަމަހަމަކަން ހޯދައިދިނުމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ އިދިކޮޅު ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މޫނު ބުރުގާ އެޅުން ފަދަ ކަންތައްތަކާ މެދު ކުރެވޭ ތަފާތުކުރުންތައް ނައްތާލުމަށް ވައުދުވެވަޑައިގެންފަ އެވެ.
މިނިސްޓްރީން ވެސް ބުނީ މޫނު ބުރުގާ އަޅާފައި ތިބި ޓީޗަރުންނާއި އެހެން ޓީޗަރުން މަސައްކަތުގެ މާހައުލުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށެވެ.
މި ފަހަރު މޫނު ބުރުގާގެ މައްސަލަ ބޮޑުވީ، މިދިޔަ އާދިއްތަ ދުވަހު ދެ ވަނަ ޓާމުގެ ކިޔެވުން ފެށިއިރު އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ސްކޫލްތަކުން އަމަލުކުރާކަން ޕްރިންސިޕަލުން ކަށަވަރުކުރުމަށް އެންގުމުންނެވެ. އެ ކަންތައްތަކުގެ ތެރޭގައި މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމާ ގުޅޭ އުސޫލު ވެސް ހިމެނެ އެވެ.
ބަޔާނުގައި ބުނީ މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭން ބޭނުންވާ ޓީޗަރުންނަށް އެ ފުރުސަތު ފަހިކޮށްދީފައި ވަނީ ކިޔަވައިދޭ ވަގުތު ދަރިވަރުންނަށް މޫނު ފެންނާނެހެން ތިބޭ ގޮތަށް ކަމަށެވެ. އެއީ ލޮލާއި އަނގަ އާއި މޫނުމަތީގެ އިޝާރާތްތަކަކީ މުވާސަލާތު ކުރުމުގައި ޒަރޫރީ ކަންކަމަށްވެފައި ކިޔަވައިދޭ ފިލާވަޅު ދަރިވަރުންނަށް ފަހުމްވުމުގައި މުހިއްމު ދައުރެއް އަދާކުރާތީ ކަމަށް ބުންޏެވެ.
"ފިލާވަޅަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމުގައި މުދައްރިސުންގެ ނޮން-ވާބަލް ބިހޭވިއާ މުހިއްމު ދައުރެއް އަދާކުރާތީ އެވެ. އަދި މިގޮތަށް އަންގާފައިވަނީ ދަރިވަރުންނަށް އުނގަންނައި ދިނުމުގައި މޫނުމަތީގެ ހަރަކާތްތަކަކީ ނުހަނު ބޭނުންތެރި ވަސީލަތަކަށްވުމާއި ޓީޗަރުންގެ މޫނުމައްޗަށް ގެނެވޭ އެކިއެކި ހަރަކާތްތަކުން ފިލާވަޅު ދަރިވަރުންނަށް ފަހުމްވުމުގައި އެހީއަކަށްވާ ކަމަށް ތަޖުރިބާކާރުންނާއި މާހިރުން އިއްތިފާގުވާތީ އެ ފުރުސަތުން ދަރިވަރުން މަހުރޫމްވިޔަ ނުދިނުމަށްޓަކަ އެވެ،" ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ ފިލާވަޅު ރަނގަޅަށް ދޭހަވުމުގައި ދަރިވަރުންނަށް ޓީޗަރުގެ މޫނުމަތީގެ އިޝާރާތްތަކާއި ނޮން-ވާބަލް ބިހޭވިއާ ކޮންމެހެން ފެނުން ލާޒިމްކަމުގައިވީ ނަމަވެސް މި ދުވަސްވަރު މާސްކް އަޅަން އަންގާފައިވަނީ މަޖުބޫރީ ހާލަތެއް މެދުވެރިވެގެން ކަމަށެވެ.
ކޮވިޑުގެ ބަލި މަޑުކަމުން އަރައިގަނެ މާސްކާ ނުލައި ކިޔަވައިދިނުމުގެ ކަންކަން ގެންދެވޭ ފަދަ ހާލަތަކަށް ވީހާ ވެސް އަވަހަކަށް ބަދަލުވެ އެ ފުރުސަތު ޓީޗަރުންނާއި ދަރިވަރުންނަށް ފަހިވެގެން ދިއުމަކީ ދުއާއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ޓާމްޗުއްޓީތަކުގައި ޓީޗަރުން ނުނެރެން އަންގައިފި
ކްލާސްތަކަށް ވަކިން ވައިބާގްރޫޕްތައް ނުހަދަން އަންގައިފި
ޓީޗަރުންގެ މުސާރަ ބޮޑު ވިޔަސް ބަދަލެއް ނުފެނޭ!
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ
ޣާޒީސްކޫލުގެ އިހުތިޖާޖު: މުވައްޒަފުންގެ މައްސަލަ ބަލަނީ
ޓީޗަރުންގެ ވަޒީފާއަށް ޑިމާންޑު ބޮޑުވެއްޖެ: އެޑިއުކޭޝަން
ތައުލީމީ ދާއިރާއަށް އަލުން ވަނުމަށް ޝައުގުވެރިވެއްޖެ
ޓީޗަރުކަން ކިޔަވާނެ މީހުނެއް ނުވޭ، ކީއްވެ؟
ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު އެކުލަވާލައިފި
ޓީޗަރުން އެކަހެރިވީ ލީޑިން ޓީޗަރުގެ ޒިންމާއިން