15 ޑިސެމްބަރ 2016
ޖެނީވާ (ޑިސެމްބަރު 15) - ހަލަބު ސިޓީގެ އިރުމަތީގައި އިދިކޮޅު ހަނގުރާމަ ވެރިންގެ ބާރުގެ ދަށުގައި އެންމެ ފަހުން އޮތް ސަރަހައްދުތައް ހިފުމަށް ދިން ބޮމުގެ ހަމަލާތައް ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ބެލެވިދާނެ ކަމަށް އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.
ޖެނީވާ (ޑިސެމްބަރު 15) - ހަލަބު ސިޓީގެ އިރުމަތީގައި އިދިކޮޅު ހަނގުރާމަ ވެރިންގެ ބާރުގެ ދަށުގައި އެންމެ ފަހުން އޮތް ސަރަހައްދުތައް ހިފުމަށް ދިން ބޮމުގެ ހަމަލާތައް ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ބެލެވިދާނެ ކަމަށް އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.
ހަލަބަށް ދޭ ބޮމުގެ ހަމަލާތައް ހުއްޓާލުމަށް ފަހު ހަނގުރާމަވެރިންނާއި އާއްމުން ނުކުތުމަށް ފުރުސަތު ދިނުމަށް ފަހު، ސީރިއާ ސިފައިން އިއްޔެ ހަވީރު ވަނީ ހަމަލާތައް އަލުން ފަށައިފަ އެވެ. ސީރިއާގެ އެކްޓިވިސްޓުން ބުނީ ވައިގެ ހަމަލާތައް އަމާޒުކުރި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ހިސާބުތަކުގައި އާއްމުންގެ 50،000 މީހުން ވަނީ ނުކުމެވޭނެ ގޮތެއް ނެތި ތާށިވެފަ އެވެ.
އދ. އިން ބުނީ އާއްމުން ތޮއްޖެހިފައިވާ ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ދިން ހަމަލާއެއް ކަމަށެވެ.
އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނާ ޒައިދު ރާދު އަލް ހުސައިން ވިދާޅުވީ ސީރިއާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެ ގައުމުގެ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.
ސީރިއާގެ ހަލަބު ސިޓި އާއި އެ ގައުމުގެ އެހެން ހިސާބުތަކުގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކާ ބެހޭ ހެކި ހުޅަނގުގެ ބައެއް ފަރާތްތަކުން ދަނީ ސެޓެލައިޓާއި މީހަކު ނެތި ދުއްވާ މަތިންދާ ބޯޓު ބޭނުންކޮށްގެން ހޯދަމުންނެވެ.
ހަލަބުގެ އިރުމަތީގެ ހިސާބުތަކުގެ ކޮންޓްރޯލް 2012 ވަނަ އަހަރުން ފެށިގެން އޮތީ ސީރިއާ ސަރުކާރާ ދެކޮޅު މީހުންގެ އަތުގަ އެވެ. ނަމަވެސް ރަޝިޔާގެ ވަރުގަދަ ވައިގެ ހަމަލާތަކާ އެކު އިދިކޮޅު ހަނގުރާމަ ވެރިންގެ ބާރުގެ ދަށުން ހަލަބު ސިޓީ މިހާރު ވަނީ ހިފައިފަ އެވެ. ހަލަބު ސިޓީ ހިފަން ދިން ހަމަލާތަކުގައި ސީރިއާ ސިފައިން އަނިޔާވެރި އަމަލުތައް ހިންގާފައިވާ ކަމަށް އދ. އިން ކުރިން ވަނީ ބުނެފަ އެވެ.
ހަލަބް: ވަރުގަދަ ސިޓީ "ނަރަކަޔަކަށް"
ސީރިއާގެ އަސްކަރީ މަރުކަޒަކަށް އިޒްރޭލުން ހަމަލާދީފި
ސީރިިއާގެ ބަހަށް ދިން ހަމަލާގައި 112 މީހުން މަރު
ހަލަބުގެ މިސްކިތަކަށް ވައިގެ ހަމަލާދީ 42 މަރު
ހަލަބު މިނިވަން ކުރުމަކީ އަސަދުގެ ވެރިކަން ނުވެއްޓޭނެކަމުގެ ހެއްކެއް
ދިރިހުރުމާއި މަރުގެ ވަގުތުތައް ސީރިއާ އިން ޓްވިޓްކުރި ކުއްޖާ ސިފަކޮށްދީފި
ހަލަބުގެ ފުރިހަމަ ކޮންޓްރޯލް ސީރިއާ ސިފައިން ހޯދައިފި
ހަލަބުން ޓްވީޓް ކުރި ކުއްޖާއާ އުރުދުޣާން ބައްދަލުކޮށްފި
ހަލަބުން ޓްވީޓްކުރި ކުއްޖާ އަށް ތުރުކީން ގެ ދެނީ
ހަލަބުގައި ތިބި މަދު ހަނގުރާމަވެރިން ނުކުތުމަށް އިންޒާރު ދީފި