ގޭގޭގެ ފާރުތަކުގައި ވެސް "އިންޑިއާ އައުޓް" ލިޔަން އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔަމީން ގޮވާލައްވާފައި ވަނިކޮށް ށ. ފުނަދޫ ސްކޫލްގެ ފާރުގައި މިއަދު އެހެން ލިޔެފި އެވެ. އަދި ސްކޫލުގެ ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
16 ޖެނުއަރީ 2022
ގޭގޭގެ ފާރުތަކުގައި ވެސް "އިންޑިއާ އައުޓް" ލިޔަން އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔަމީން ގޮވާލައްވާފައި ވަނިކޮށް ށ. ފުނަދޫ ސްކޫލްގެ ފާރުގައި މިއަދު އެހެން ލިޔެފި އެވެ. އަދި ސްކޫލުގެ ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އިންޑިއާ ޓީޗަރުން ވެސް ކިޔަވައިދެމުން އަންނަ ފުނަދޫ ސްކޫލްގެ އުތުރު ފަރާތު ފާރުގައި އިނގިރޭސި ބަހުން "ސޭ ނޯ ޓު އިންޑިއަން" އާއި "އިންޑިއާ އައުޓް" ވަރަށް ބޮޑުކޮށް ލިޔެފައި ވެ އެވެ.
ފުނަދޫ ސްކޫލުގެ ފާރުގައި އެހެން ލިޔުނުއިރު، އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް، އިދިކޮޅުން އިސްވެ ހިންގަމުން ދާ "އިންޑިއާ އައުޓް" ކެމްޕެއިނަށް މިދިޔަ ހަފުތާގައި ޔަމީން އެ ރަށަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވަނީ ގޭގޭގެ ފާރުތަކުގައި "އިންޑިއާ އައުޓް" ޖަހަން ގޮވާލައްވައިފަ އެވެ.
"މި ރަށުގައި އަޅުގަނޑު ހަމަ ވަރަށް އުފާވާނެ މިއަދު ތި ދައްކުވައިދިން މަންޒަރު، ހަމަ ޓީޝާޓުގައި ޖަހާފައި ހުރި އެއްޗެހި ގޭގޭގެ ފާރުގައި ޖަހާލަންވީ ނޫންތޯ. އެއީ އަޅުގަނޑުމެންގެ ހިތުގެ އެތެރޭގެ ޝުއޫރު،"
"މި ރަށުގައި އަޅުގަނޑު ހަމަ ވަރަށް އުފާވާނެ މިއަދު ތި ދައްކުވައިދިން މަންޒަރު، ހަމަ ޓީޝާޓުގައި ޖަހާފައި ހުރި އެއްޗެހި ގޭގޭގެ ފާރުގައި ޖަހާލަންވީ ނޫންތޯ. އެއީ އަޅުގަނޑުމެންގެ ހިތުގެ އެތެރޭގެ ޝުއޫރު،" އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓަށް އިޝާރަތްކުރައްވާ ޔާމީން ވިދާޅުވެފައިވެ އެވެ.
އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ސަޕޯޓަރުން ށ. ފުނަދޫގައި ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޕީޕީއެމް
މިކަމާ ގުޅޭ ގޮތުން، ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހިމްފުޅު "މިހާރު" އަށް ވިދާޅުވީ ސްކޫލް ފާރުގައި "އިންޑިއާ އައުޓް" ލިޔެފައިވާ ކަމަށް ބެލެވެނީ ރޭގެ ވަގުތެއްގައި ކަމަށާއި ކައުންސިލުން މި މައްސަލަ ފުލުހުންނަށް ވެސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މިއީ އެ ރަށުގެ ބަޔަކު ކޮށްފާނެ ކަމެއް ކަމަށް އޭނާ ގަބޫލުނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ހަމަ ޔަގީން މިއީ މި ސަރުކާރުގެ ބަޔަކު އަޑީގައި ތިބެގެން ބަޔަކު ލައްވާ ކުރުވި ކަމެއް،" އޭނާ ތުހުމަތުކުރެއްވި އެވެ.
ސިޔާސީ ގޮތުން ޖެހޭ މައްސަލަތައް ސްކޫލްތަކުގެ ތެރެއަށް ނުވެއްދުމަށް ގޮވާލާއި މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ވެސް ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. މި ސަރުކާރުގެ ބައެއް އިސްވެރިން ވެސް ވަނީ މިކަމަށް ފާޑުކިޔައިފަ އެވެ.
ރާއްޖޭގައި އިންޑިއާގެ އަސްކަރީ ސިފައިން ތިބުމާ ދެކޮޅަށް، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ ކެމްޕެއިނުގެ ތެރެއިން، އެކި ދުވަސް މަތިން މާލޭގައި މުޒާހަރާތައް ބާއްވަ އެވެ. އަދި މި ކެމްޕެއިން އިތުރަށް ފުޅާކޮށް، ޕާޓީގެ އިސް ލީޑަރުންނާ އެކު ރަށްރަށުގައި ވެސް މުޒާހަރާތައް ބާއްވާފައިވެ އެވެ.
ޕޮންގަލް ފާހަގަކުރަން އުޅެނިކޮށް ހުއްޓުވައިފި
ފާލުބެލުމުގެ ހިދުމަތް ދޭ ގުރޫޕު ހިފަހައްޓައިފި
އާޓިފިޝަލް ބީޗުގައި ހަމަނުޖެހުން ހިންގި ބިދޭސީން ޑީޕޯޓު
ޑްރަގު އެތެރެކުރި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފި
އަލިފާނުގެ ހާދިސާގެ ތަގުގީގަށް އިންޑިއާގެ ޓީމެއް
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
ޕޮލިސް ސްޓޭޝަންތަކަށް ވީ ގޮތެއް ބަލަން އޮޑިޓް ކުރަނީ
ބަނޑޭރިކޮށިން ފެނުނު ހަށިގަނޑު އިންޑިއާ އަށް
ފުލުހުންގެ އިމާރާތް ހަވާލުކުރި ކުންފުނި ހޯދައިފި
އިންޑިއާ ކުންފުންޏަށް ޖަމާކުރި 3.6މިލިއަން ގެއްލިއްޖެ