Roadha Mihaaru
ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ނުފެނޭ

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ އަދިވެސް ނުފެނޭ

16 ޖެނުއަރީ 2022

އދ. މާންދޫ ކައިރި ފަރަކަށް އިއްޔެ ޑައިވިނަށް ފައިބާ އުޅެނިކޮށް ގެއްލުނު ޓޫރިސްޓް އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އދ. މާންދޫ ކައިރި ފަރަކަށް އިއްޔެ ޑައިވިނަށް ފައިބާ އުޅެނިކޮށް ގެއްލުނު ޓޫރިސްޓް އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އެ މީހާ ގެއްލުނުކަން އެމްއެންޑީއެފަށް ރިޕޯޓްކުރީ އިއްޔެ މެންދުރު ފަހު އެވެ. ގެއްލިގެން ހޯދަމުން އަންނަނީ 69 އަހަރުގެ އިނގިރޭސިވިލާތުގެ އަންހެނެކެވެ.

"ގޮމަ" ނަމަކަށް ކިޔާ ދޯންޏެއްގައި އޭނާއާ އެކު އިތުރު ޓޫރިސްޓުންތަކެއް ވެސް އިއްޔެ ޑައިވިނަށް ދިޔަ އެވެ.

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ޓޫރިސްޓް މީހާ ހޯދުމަށް އެމްއެންޑީއެފުން ކަނޑުގެ ސަރަހައްދު ބަލަނީ.-- ފޮޓޯ: އެމްއެންޑީއެފް

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ޓޫރިސްޓް މީހާ ހޯދުމަށް އެމްއެންޑީއެފުން ކަނޑުގެ ސަރަހައްދު ބަލަނީ.-- ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ ގެއްލުނު މީހާ ހޯދަން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަސެޕްޓާ ކްރާފްޓް "ވެލާނާ" ވެސް ޑައިވަރުންނާ އެކު އެ ސަރަހައްދުގައި މިިހާރު ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

"ސާފޭސް ސާޗްގެ އިތުރުން، ޑައިވްކޮށްގެން، ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން. މި މަސައްކަތުގައި އެ ސަރަހައްދުގެ ރިސޯޓްތަކުގެ ޑައިވަރުން ވެސް ހަރަކާތްތެރިވަމުން ދޭ. އަދި މިއަދު ވައިގެމަގުން ވެސް ސާޗް ކުރިއަށް ދާނެ،" އެމްއެންޑީއެފުން ބުންޏެވެ.

ޑައިވިނަށް ގޮސް އުޅެނިކޮށް ޓޫރިސްޓް މީހާ ގެއްލުނު ސަރަހައްދު ދައްކައިދޭ މެޕް.

ޑައިވިނަށް ގޮސް އުޅެނިކޮށް ޓޫރިސްޓް މީހާ ގެއްލުނު ސަރަހައްދު ދައްކައިދޭ މެޕް.

އެމްއެންޑީއެފުން ބުނީ މީހާ ގެއްލުނު ހިސާބު މަތިން ދަތުރުކުރާ ސީޕްލޭންތަކުން ވެސް، މީހާ ފެނޭތޯ ބަލަމުން ގެންދާ ކަމަށެވެ.