14 ޖެނުއަރީ 2022
ގްރާންޑޭގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޓީސީ ސްޕޯޓްސް ކްލަބުން، ހަމަ ނޭވާއެއް ލައިފި އެވެ.
ގްރާންޑޭގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޓީސީ ސްޕޯޓްސް ކްލަބުން، ހަމަ ނޭވާއެއް ލައިފި އެވެ.
ޕްރެޒިޑެންޓްސް ކަޕްގައި ޓީސީ މޮޅެއް ހޯދީ، ހަތަރު މެޗަށް ފަހު އެވެ. އެޓީމު ކުޅުނު ފުރަތަމަ މެޗުގައި، ޕެނަލްޓީ އަކުން އީގަލްސްގެ މައްޗަށް ކާމިޔާބު ހޯދިފަހުން، ދެން ކުޅުނު އެއްވެސް މެޗަކުން މޮޅުވެވިފައެއް ނެތެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗުގައި ޓީސީން ފުރަތަމަ ލީޑް ނެގީ ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 13 ވަނަ މިނެޓްގައި ޓީސީގެ އަހްނާފް މުހައްމަދު ތަސްނީމް ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަނުމުން ގްރާންޑޭ ޑިފެންޑަރު ވަނީ އަހްނާފް އަށް ފައުލުކޮށްފަ އެވެ. ލިބުނު ޕެނަލްޓީން ޓީސީ އަށް ލަނޑު ޖަހައިދިނީ މުހައްމަދު ދާނިޝް އެވެ.
ޓީސީ އާއި ގްރާންޑޭ މިއަދު ހަވީރު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޓީސީގެ ދެވަނަ ލަނޑު 19 ވަނަ މިނެޓްގައި ޖެހީ އަހްނާފް އެވެ. ޓީސީން އުފެއްދި ބިލްޑްއަޕްއެއްގައި ތޮލާލް ނަސީރު އޭރިއާ ތެރެއިން ތިރިތިރިން އަހްނާފް އަށް ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު އޭނާ ވަނީ ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ. ބޯޅަ ފޮނުވާލިއިރު އޭނާ އަށް ހުރަސް އަޅާނެ ގްރާންޑޭގެ އެއްވެސް ޑިފެންޑަރެއް ކައިރިގައި ވިއްދާފައި ނެތެވެ.
ޓީސީގެ ތިން ވަނަ ލަނޑު ޖެހީ 43 ވަނަ މިނެޓްގަ އެވެ. އެ ލަނޑުގައި ވެސް އަހްނާފްގެ ހިއްސާ އޮތެވެ. އަރިމަތިން އޭނާ ނަގައިދިން ހުރަސް ތޮލާލް ގޯލްގެ ތެރެއަށް ފޮނުވާލީ މަތިމަތިންނެވެ. ދެވަނަ ހާފު ފެށި ގޮތަށް ގްރާންޑޭގެ ހަމައެކަނި ލަނޑު ޖެހީ މުސްރިފް މޫސާ އެވެ.
މި ސީޒަންގައި އަދި މިހާތަނަށް މޮޅެއް ނުލިބި އޮތް ދެ ޓީމުގެ ތެރޭގައި ގްރާންޑޭ ހިމެނެ އެވެ. ދެން އަނެއް ޓީމަކީ ޔުނައިޓެޑް ވިކްޓަރީ އެވެ.
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ގްރާންޑޭ ބަލިކޮށް ޓީސީ އަލުން ތިންވަނަ އަށް
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ކޯޗަކު އެއް ކްލަބެއްގައި ދިގުމުއްދަތަކަށް ނުހިފެހެއްޓޭ!
ފުރަތަމަ ހާފުގެ ލަނޑުތަކުން މާޒިޔާއިން ޓީސީ ބަލިކޮށްފި
ފުޓްބޯޅަ ކަލަންޑަރުގައި ބްރޭކް ގިނަވުމަކީ ކަންބޮޑުވުމެއް
މިއީ ދިވެހި ފުޓްބޯޅައިގެ މުސްތަގުބަލް ފެންނާނެ މެޗެއް
ދެން އޮތް ލެވެލަށް ދާން ތަށްޓެއް ބޭނުން: ނިޒާމް
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ދިވެހި ފުޓްބޯޅަ ދިރިދިރި އެބައޮތް: އާފީ