Roadha Mihaaru
އިންޑިއާގެ ނުރައްކާތެރި ލިސްޓަށް އިތުރު 8 ގައުމެއް

އިންޑިއާގެ ނުރައްކާތެރި ލިސްޓަށް އިތުރު 8 ގައުމެއް

11 ޖެނުއަރީ 2022

ކޮވިޑް-19 ފެތުރެމުންދާ މިންވަރަށް ބަލައި، ނުރައްކާތެރި ގައުމުތަކުގެ ގޮތުގައި އިންޑިއާ އިން ކަނޑައަޅާފައިވާ ލިސްޓަށް، އިއްޔެ އިން ފެށިގެން އަށް ގައުމެއް އިތުރުކޮށްފި އެވެ.

ކޮވިޑް-19 ފެތުރެމުންދާ މިންވަރަށް ބަލައި، ނުރައްކާތެރި ގައުމުތަކުގެ ގޮތުގައި އިންޑިއާ އިން ކަނޑައަޅާފައިވާ ލިސްޓަށް، އިއްޔެ އިން ފެށިގެން އަށް ގައުމެއް އިތުރުކޮށްފި އެވެ.

ނުރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމެއްގެ މީހަކު އިންޑިއާ އަށް އެތެރެވާ ނަމަ، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ހަމަޖައްސާފައިވާ ހާއްސަ އުސޫލުތަކަށް ތަބާވާންޖެހޭނެ އެވެ. ނުރައްކާތެރި ގައުމުތަކުގެ ލިސްޓަށް އިއްޔެ އިތުރުކުރި އަށް ގައުމަކީ، ކަޒަކިސްތާން، އިތިއޮޕިއާ، ގާނާ، ކޮންގޯ، ކެންޔާ، ނައިޖީރިއާ، ޓިއުނީޝިއާ އަދި ޒެމްބިއާ އެވެ.

މި އަށް ގައުމު އިތުރުކުރުމުން، ނުރައްކާތެރި ގައުމުތަކުގެ ލިސްޓުގައި މިހާރު ޖުމްލަ 19 ގައުމު ހިމެނުނީ އެވެ. އަލަށް އިތުރުކުރި އަށް ގައުމުގެ އިތުރުން، އެ ލިސްޓުގައި ހިމެނޭ އެހެން ގައުމުތަކަކީ، ދެކުނު އެފްރިކާ، ބްރެޒިލް، ޗައިނާ، ނިއު ޒީލޭންޑް، އިނގިރޭސި ވިލާތް، ބޮޓްސުވާނާ، މޮރިޝަސް، ޒިމްބާބުވޭ، ޓެންޒޭނިއާ، ހޮންގް ކޮންގް އަދި އިޒްރޭލެވެ.

ނުރައްކާތެރި ގައުމުތަކުގެ ލިސްޓަށް އިއްޔެ އިތުރުކުރި އަށް ގައުމަކީ، ކަޒަކިސްތާން، އިތިއޮޕިއާ، ގާނާ، ކޮންގޯ، ކެންޔާ، ނައިޖީރިއާ، ޓިއުނީޝިއާ އަދި ޒެމްބިއާ.

މި 19 ގައުމުގެ ތެރޭގައި ހިމެނޭ އެއްވެސް ގައުމަކުން، މިދުވަސްވަރު އިންޑިއާ އަށް އެތެރެވާ ނަމަ، ކޮވިޑުން ރައްކާތެރިވުމުގެ ހާއްސަ އުސޫލުތަކަށް އަމަލުކުރަންޖެހޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ، އިންޑިއާ އަށް ފޭބުމަށް ފަހު އަމިއްލައަށް ހަރަދުކުރާ ގޮތަށް ޕީސީއާރު ޓެސްޓެއް ހެދުމާއި، ހަތް ދުވަހު ގޭގައި ކަރަންޓީނުވެގެން ހުރުމާއި، އަށް ވަނަ ދުވަހު އަލުން ޕީސީއާރް ޓެސްޓެއް ހަދައި އޭގެ ނެގެޓިވް ނަތީޖާ، އެކަމަށް ހާއްސަ ޕޯޓަލްއަށް އަޕްލޯޑް ކުރުމެވެ.

މީގެ އިތުރުން، މިއިން ގައުމަކުން އިންޑިއާ އަށް އެތެރެވާ އިރު، 72 ގަޑިއިރު ނުވާ ނެގެޓިވް ނަތީޖާއެއް އެއާޕޯޓްގެ އޮފިޝަލުންނަށް ދައްކަންޖެހޭނެ އެވެ. އަދި އިންޑިއާގެ އެންމެ ބޮޑު ހަ ވައިގެ ބަނދަރުން ކުރެ ބަނދަރަކަށް އަންނަ ނަމަ، އިންޑިއާ އަށް އައުމުގެ ކުރިން ޕީސީއާރް ޓެސްޓެއް ހެދުމަށް ރިޒާވްކުރަންޖެހޭނެ އެވެ. އެ ވައިގެ ބަނދަރުތަކަކީ، ނިއު ދިއްލީ، މުމްބާއީ، ބެންގަލޫރު، ހައިދަރު އާބާދު، ޗެންނާއީ އަދި ކޮލްކަތާގެ ވައިގެ ބަނދަރެވެ.

އިންޑިއާ އިން އައުމަށް މަތިންދާ ބޯޓަށް އަރާ އިރު، އިންޑިއާ އަށް އެތެރެވުމަށް ފަހު ޕީސީއާރް ޓެސްޓެއް ހެދުމަށް ރިޒަވޭޝަން ނުހަދައި އޮވެއްޖެ ނަމަ، އެ ކަމުގެ ޒިންމާ އުފުލަންޖެހޭނީ އެ މީހަކު ދަތުރުކުރި އެއާލައިނަކުން ކަމަށް، އިންޑިއާ އިން ވަނީ ކަނޑައަޅައިފަ އެވެ. އަދި އެފަދަ މީހަކު ޕީސީއާރް ޓެސްޓެއް ހެދުމުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ނަމަ، އިންޑިއާ ސަރުކާރުން ކަނޑައަޅާ ތަނެއްގައި އެ މީހަކު އެކަހެރިކުރެވޭނެ އެވެ.