10 ޖެނުއަރީ 2022
ކޮވިޑް-19 ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން އޮމިކްރޮން ބާވަތުގެ ކޮވިޑް ވައިރަސް ހަލުވިކަމާ އެކު ފެތުރެމުންދާތީ، ކޮވިޑުން ދިފާއުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް، އިންޑިއާގެ ގިނަ ސްޓޭޓްތަކެއްގައި ހަރުކަށިކޮށްފި އެވެ.
ކޮވިޑް-19 ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން އޮމިކްރޮން ބާވަތުގެ ކޮވިޑް ވައިރަސް ހަލުވިކަމާ އެކު ފެތުރެމުންދާތީ، ކޮވިޑުން ދިފާއުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް، އިންޑިއާގެ ގިނަ ސްޓޭޓްތަކެއްގައި ހަރުކަށިކޮށްފި އެވެ.
އިންޑިއާ ސަރުކާރުގެ ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން، އިއްޔެ އެކަނި ވެސް އެ ގައުމުގައި އަލަށް 159،632 މީހަކަށް ކޮވިޑް ޖެހުނެވެ. ނަމަވެސް ބަލި ޖެހޭ މީހުންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ މީހުން ކޮވިޑް ޖެހިފައިވާ ކަން ކަށަވަރުކުރުމަށް ޓެސްޓު ނުހަދާތީ، ބަލި ފެތުރިފައިވާ މިންވަރު މުޅިން ސާފެއް ނުވެ އެވެ.
އިންޑިއާގެ އެންމެ މުއްސަނދި ސްޓޭޓް ކަމަށްވާ މަހާރާސްޓްރާ ސަރުކާރުން ބުނި ގޮތުގައި އެ ސްޓޭޓްގެ ސްވިމިން ޕޫލްތަކާއި ޖިމްތަކާއި ކުޅިވަރު ކުޅޭ ތަންތަން މިއަދުން ފެށިގެން ބަންދުވާނެ އެވެ. އަދި އެ ސްޓޭޓްގެ ސްކޫލްތަކާއި ކޮލެޖްތައް މިހާރު ވަނީ ފެބްރުއަރީ 15ގެ ނިޔަލަށް ބަންދުކޮށްފަ އެވެ. އެ ސްޓޭޓްގައި ދުވާލެއްގެ މައްޗަށް އަލަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު ހުރީ އެވްރެޖްކޮށް 41،000 އަށް ވުރެ މަތީގަ އެވެ.
އެ ސްޓޭޓްގެ ސަރުކާރުން ބުނި ގޮތުގައި އަމިއްލަ އޮފީސްތަކުގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން ވެސް ވަޒީފާ އަށް ނުކުމެވޭނީ، ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށެވެ. އަދި އަމިއްލަ އޮފީސްތަކުގައި ވެސް ވަޒީފާތަކަށް މީހުން ނެރެން ވާނީ، އެ ތަނެއްގެ މުވައްޒަފުންގެ އަދަދުގެ ދެބައިކުޅަ އެއްބައި ކަމަށް ވެސް މިހާރު ވަނީ ނިންމައިފަ އެވެ.
ގުޖުރާތު ސްޓޭޓްގައި މިހާރު ވަނީ ރޭގަނޑު ބޭރަށް ނުކުމެ އުޅުން މުޅިން މަނާކޮށްފަ އެވެ. އަދި ސިއްހީ ހިދުމަތުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ޗުއްޓީ ކެންސަލްކޮށް، ހިދުމަތަށް ނުކުތުމަށް މިހާރު ވަނީ އަންގައިފަ އެވެ.
އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 35.52 މިލިއަނަށް ވުރެ މަތިވެފައިވާ އިރު، ކޮވިޑް ބަލީގައި އިންޑިއާ އިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 483،790 އަށް ވުރެ މަތިވެފަ އެވެ.
އިންޑިއާގެ ބޮޑެތި ސަހަރުތަކުގެ ކޮވިޑް އަދަދުތައް ދަށަށް
އިޓަލީގެ ބަޔަކު ޕޮޒިޓިވްވެ، ލެބޯޓެރީގެ މައްސަލަ
ޗައިނާގެ ދަތުރުވެރިންނަށް ފިޔަވަޅުތައް ވަރުގަދަކުރަނީ
އިންޑިއާ އިން ބައިނަލްއަގުވާމީ ދަތުރުތައް ފަށަނީ
އިންޑިއާގައި ކޮވިޑުގެ އަދަދުތައް 50 ހާހުން ދަށަށް
ދެން އުފެދޭ ކޮވިޑް ވައިރަސް ފެތުރުން މާ ހަލުވި ވެދާނެ
އިންޑިއާ: 3 ވަނަ ކޮވިޑް ރާޅުގެ ކުންނު ޖެނުއަރީގައި
ދެ މަސް ތެރޭ ޔޫރަޕްގެ ގިނަ ބަޔަކަށް އޮމިކްރޯން ޖެހޭނެ
އިންޑިއާގެ ނުރައްކާތެރި ލިސްޓަށް އިތުރު 8 ގައުމެއް
ޑެލްޓާ އާއި އޮމިކްރޯން އެކުވެ ޑެލްޓާކްރޯން އުފެދިއްޖެ