05 ޖެނުއަރީ 2022
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް ކުޅިވަރު ސާމާނު ވިއްކާ ރާއްޖޭގެ އެންމެ ބޮޑު ބްރޭންޑް، "ސޮނީ ސްޕޯޓްސް" ހަމަޖައްސައިފި އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް ކުޅިވަރު ސާމާނު ވިއްކާ ރާއްޖޭގެ އެންމެ ބޮޑު ބްރޭންޑް، "ސޮނީ ސްޕޯޓްސް" ހަމަޖައްސައިފި އެވެ.
ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ ގޯލްޑަން ފުޓްސަލް ޗެލެންޖް މުބާރާތުގެ ޕާޓްނަރެއްގެ ދައުރު ސޮނީ ސްޕޯޓްސް އިން އަދާކުރަމުން އަންނަތާ ހަތް އަހަރުވެއްޖެ އެވެ. މިއީ އެ މުބާރާތުގެ ޓައިޓަލް ސޮނީ ސްޕޯޓްސް އަށް ހާއްސަކުރާ ދެވަނަ ފަހަރެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބާއްވާ މުބާރާތުގެ ޓައިޓަލް ސޮނީ ސްޕޯޓްސް އިން ވަނީ 2018 ވަނަ އަހަރު ވެސް ނަގައިފަ އެވެ. އެ ކުންފުނިން ޓައިޓަލް ޕާޓްނަރަކަށް ވުމުން މުބާރާތުގެ ނަމަކަށް ހަމަޖައްސާފައި ވަނީ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022" އެވެ.
ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތް ފަށާނީ އަންނަ މަހު 19 ގަ އެވެ. އެކަމަކު ފުވައްމުލަކާއި މާލެ އިން ކޮންމެ އަވަށަކުން ޓީމެއް ނެރުމުގެ ފުރުސަތު ވަނީ ދީފަ އެވެ. މިފަހަރުގެ މުބާރާތުގައި 91 ޓީމު ވާދަކުރެ އެވެ. މުބާރާތް ކުރިއަށްދާނީ ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި އޮންނަ ފޓްސަލް ދަނޑުގަ އެވެ.
ސޮނީ ސްޕޯޓްސްއިން ބުނީ ރާއްޖޭގެ ކުޅިވަރަށް އެއްބާރުލުން ދިނުމުގައި އެކުންފުނިން ދެމިއޮންނާނެ ކަމަށެވެ.
ފުޓްސަލްގެ ރަސްކަން ތިމަރަފުށިން ދިފާއުކޮށްފި
ފުޓްސަލް ދަނޑުތަކުގެ މައްސަލަ ހައްލުކުރަނީ
ނޯތުކާފްގެ ޗެމްޕިއަންކަން އޮބްލޫ ސިލެކްޓް ސަންގެލި އަށް
ފުޓްސަލް ވޯލްޑް ކަޕް: ބްރެޒިލް އަށް ހަވަނަ ތަށި
ޅ. ޒޯނުގެ ފައިނަލަށް ލެ މެރީޑިއެން، ސެމީގައި ކަނިފުށި އަދި ކަނުހުރާ
ސައުތު ކާފްގެ ފައިނަލަށް ކްރޮސްރޯޑްސް އާއި ހާޑްރޮކް
ފުވައްމުލައް މުބާރާތުގައި ސަޕޯޓަރަކު ދަނޑަށް އަރައި ރެފްރީ އަށް ހަމަލާދީފި
ޓެކާސް މުބާރާތް ކްރޮސްރޯޑްސްގައި ފަށައިފި
ޓެކާސް މުބާރާތް ފަށަން ހާއްސަ ޗެރިޓީ މެޗެއް
ޓެކާސް ރިސޯޓް ކަޕް ފަށަނީ ސައުތު ކާފު މުބާރާތުން