04 ޖެނުއަރީ 2022
ސިވިލް ކޯޓާއި ފެމިލީ ކޯޓަށް ކޯޓުތަކުގެ ގާނޫނުން ވަކި އިހްތިސާސްތަކެއް ކަނޑައަޅާފައި ވަނިކޮށް ކުރީގެ ސުޕްރީމް ކޯޓުގެ ސާކިއުލާއަކުން އެ ދެ ކޯޓުގެ މަސައްކަތްތައް ބަހާލައި ޑިވިޝަންތަކެއް އުފެއްދި ނިންމުން ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ސިވިލް ކޯޓާއި ފެމިލީ ކޯޓަށް ކޯޓުތަކުގެ ގާނޫނުން ވަކި އިހްތިސާސްތަކެއް ކަނޑައަޅާފައި ވަނިކޮށް ކުރީގެ ސުޕްރީމް ކޯޓުގެ ސާކިއުލާއަކުން އެ ދެ ކޯޓުގެ މަސައްކަތްތައް ބަހާލައި ޑިވިޝަންތަކެއް އުފެއްދި ނިންމުން ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ސޮއިކުރައްވައި ނެރުއްވި ޕްރެކްޓިސް ޑައިރެކްޝަނެއްގައި ވަނީ ކޯޓްތަކުގެ ގާނޫނުގައި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތައް ކަނޑައަޅައި ބަޔާންކުރުމާ އެކު އެ ކޯޓުތަކުގެ އިހްތިސާސްތަކާއި މަސައްކަތްތައް ހިންގުމުގެ އުސޫލުތައް ބަޔާންކޮށްފައި އެބަ އޮތް ކަމަށެވެ. އެހެންވެ، "ކޯޓުތަކުގެ މަސައްކަތްތައް ތަރުތީބުވެ އިންތިޒާމް ކުރެވިފައި އޮންނަންވާނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން" ކަމަށް އެ ޑައިރެކްޝަންގައިވެ އެވެ.
އޭގައި ބުނެފައިވަނީ ކޯޓުތަކުގެ ގާނޫނުގައި މަދަނީ މައްސަލަތަކުގެ ތެރެއިން އާއިލީ މައްސަލަތައް ފިޔަވައި އެހެން ހުރިހާ މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ދީފައިވާ ސުޕީރިއާ ކޯޓަކީ ސިވިލް ކޯޓު ކަމަށެވެ. އަދި ހަމަ އެ ގާނޫނުގައި ފެމިލީ ކޯޓުގެ މަސައްކަތްތައް ބެހިގެންވާ ގޮތާއި އެ ކޯޓުން ބަލާނެ މައްސަލަތައް ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.
ސިވިލް ކޯޓުގައި ފަސް ޑިވިޝަން ގާއިމުކޮށް ހިބަ އާއި ވަސިއްޔަތާއި ތަރިކައިގެ މައްސަލަތާއި ވާރިސުން ގިންތިކުރުމުގެ މައްސަލަތަކާއި މައިންބަފައިންގެ ގެދޮރަށް ވައްދައިދިނުން އެދި ހުށަހެޅޭ މައްސަލަތައް ބަލާނީ ފެމިލީ ކޯޓުގައި ގާއިމުކުރާ ޑިވިޝަނުން ކަމަށް ނިންމައި ސާކިއުލާއެއް ނެރުނީ ކުރީގެ ސުޕްރީމް ކޯޓުން ޖެނުއަރީ 8، 2015 ގަ އެވެ.
މި ސާކިއުލާ އާއި އެއާ ގުޅިގެން ނެރުނު އެހެން ސާކިއުލާއެއް ވެސް ބާތިލްކޮށް ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނުގައި ވަނީ ސިވިލް ކޯޓާއި ފެމިލީ ކޯޓުން، ކޯޓްތަކުގެ ގާނޫނުގައި ކަނޑައަޅާފައިވާ އިހްތިސާސްއާ އެއްގޮތަށް މައްސަލަތައް ބަަލަމުން ގެންދާ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
ފެމިލީ ކޯޓް ބޭރުގައި ބަޔަކު މަޑުކޮށްލައިގެން. -- ފޮޓޯ: ސޯޝަލް މީޑިއާ
"މިގޮތަށް ހަމަޖެހުމާ ގުޅިގެން އެ ސާކިއުލާގެ ދަށުން ސިވިލް ކޯޓުގައި ގާއިމުކުރެވިފައިވާ ޑިވިޝަންތައް އުވިގެން ދިޔައީ އެވެ." ޕްރެކްޓިސް ޑައިރެކްޝަންގައިވެ އެވެ.
މިގޮތަށް ނިންމައި ސުޕްރީމް ކޯޓުން ވަނީ ކޯޓްތަކުގެ ގާނޫނުގައި ކަނޑައަޅާފައިވާ އިހްތިސާސްއާ އެއްގޮތަށް މަސައްކަތް ކުރުމުގެ އިންތިޒާމް މި މަހުގެ ނިޔަލަށް ހަމަޖައްސައި އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އާ ޕްރެކްޓިސް ޑައިރެކްޝަނަށް އަމަލުކުރަން އަންގައިފަ އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއިކުރައްވައި ނެރުއްވި ސާކިއުލާއަކުން ސިވިލް ކޯޓުގައި ފަސް ޑިވިޝަނެއް އުފައްދައި އެގޮތުގެ މަތިން މަސައްކަތް ފެށީ ފެބްރުއަރީ 15، 2015 އިން ފެށިގެންނެވެ. މިގޮތަށް ހަމަޖެއްސި ސާއިކުލާގައި ބުނެފައިވަނީ މިއި ސިވިލް ކޯޓުގެ ހިންގުން ހަރުދަނާކޮށް، ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް އިންސާފާ ހަމައަށް ވާސިލްކޮށްދޭނެ ނިޒާމެއް ގާއިމްކުރުމަށް ހަމަޖެއްސި ގޮތެއް ކަމަށެވެ.
އޭރު އުފެއްދީ މުދަލާއި ފައިސާއާ ބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޝަނަކާއި މުދަލާއި ފައިސާއާ ބެހޭ ކުދި މައްސަލަތައް ބަލާ ޑިވިޝަނަކާއި އަަވަސް ނިޔާގެ މައްސަލަތައް ބަލާ ޑިވިޝަނަކާއި އިދާރީ މައްސަލަތައް ބަލާ ޑިވިޝަނަކާއި ހުކުމް ތަންފީޒުކުރުމުގެ ޑިވިޝަނެއްގެ އިތުރުން ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނެވެ. މި ޑިވިޝަންތައް އުފެއްދި ފަހުން ގިނަ އަދަދެއްގެ މައްސަލަތައް ޝަރީއަތަކާ ހަމަޔަށް ނުގޮސް ޑިސްޕިއުޓް މަރުހަލާއިން ނިންމަ އެވެ.
ސިވިލް ކޯޓުގައި ފަސް ޑިވިޝަނެއް ގާއިމުކޮށް ހިބަ އާއި ވަސިއްޔަތާއި ތަރިކައިގެ މައްސަލަތަކާއި ވާރިސުން ގިންތިކުރުމުގެ މައްސަލަތަކާއި މައިންބަފައިންގެ ގެދޮރަށް ވައްދައިދިނުމަށް އެދި ހުށަހަޅާ މައްސަލަތައް ފެމިލީ ކޯޓަށް ބަދަލުތައް އެ ކަންކަމަށް ވަނީ ޑިވިޝަންތައް ހަމަޖައްސައިފަ އެވެ.
އެއް ރަށެއް، އެއް އަވަށެއް: އެއް ކަމަކަށް ދެ ކޯޓު؟
ދަށު ކޯޓުތަކުގެ ފަނޑިޔާރުން ގައުން ލާ ގޮތަށް ހަދައިފި
ޑިސްޕިއުޓް އުވާލުމުން ނިންމި މައްސަލަތައް މަދުވެއްޖެ
286މިލިއަންގެ ޖޫރިމަނާ :ސުޕްރީމް ކޯޓުން ނާކާމިޔާބު
ތަހުވީލުކޮށްފިނަމަ އިސްތިއުނާފް ނިމެންދެން މަޑުޖައްސަނީ
ބޮޑު ބަދަލެއް:މަދަނީ އިޖުރާއަތަށް އަމަލުކުރަން ފަށައިފި
ދެން ވަކީލު ފީ ދައްކަންޖެހޭނީ ނާކާމިޔާބުވާ މީހާ
ސިވިލް ކޯޓުން މައްސަލަ ބަލާ އުސޫލު ބަދަލުކޮށްފި
ސިވިލް ކޯޓު ޑިސެމްބަރު މަހު ރިސެސްއަކަށް ނުދާނެ
ހުކުމް ތަންފީޒު ފަސްކުރުމަށް އާ ބާވަތުގެ އަމުރެއް