Roadha Mihaaru
ރާނީ އަވަހާރަވި ނަމައޭ ބުނި މީހަކު ހޫނު ފެނަށް

އެމެރިކާގެ ބަތަލާ ބެޓީގެ ބަދަލުގައި ރާނީ އެލިޒަބަތު އަވަހާރަވި ނަމައޭ ބުނި މީހަކު ހޫނު ފެނަށް

02 ޖެނުއަރީ 2022

އެމެރިކާގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ބެޓީ ވައިޓް ހުކުރު ދުވަހުގެ ރޭ މަރުވުމާ ގުޅިގެން، ބެޓީގެ ބަދަލުގައި އިނގިރޭސީ ރާނީ އެލިޒަބަތު ދޭއް އަވަހަރާވި ނަމަ މާ ރަނގަޅުވީސް ކަމަށް އެ ގައުމުގެ ނޫސްވެރިއަކު ބުނި މައްސަލަ ހޫނުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ބެޓީ ވައިޓް ހުކުރު ދުވަހުގެ ރޭ މަރުވުމާ ގުޅިގެން، ބެޓީގެ ބަދަލުގައި އިނގިރޭސީ ރާނީ އެލިޒަބަތު ދޭއް އަވަހަރާވި ނަމަ މާ ރަނގަޅުވީސް ކަމަށް އެ ގައުމުގެ ނޫސްވެރިއަކު ބުނި މައްސަލަ ހޫނުވެއްޖެ އެވެ.

ނައިލާ ބާޓަން ކިޔާ ނޫސްވެރިޔާ އެ ޓްވީޓް ކުރުމާ އެކު އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން ވެސް އޭނާ ވަނީ "އަލިފާނަށް އިތުރަށް ތެޔޮ އަޅައި"، ރާނީ މިހާރު ދުނިޔެއާ ވަކިވާން ވެއްޖެ ކަމަށް ބުނެ ޓްވީޓްކޮށްފަ އެވެ. އެހެންވެ، ގިނަ ބަޔަކު މިހާރު އަންނަނީ ނައިލާ އަށް ފިޔަވަޅު އަޅަން ގޮވާލަމުންނެވެ.

މައްސަލަ ހޫނުވުމުން ނައިލާ ވަނީ ޓްވީޓްތައް ޑިލީޓްކޮށް، އޭނަގެ އެކައުންޓް ނުވަދެވޭ ގޮތް ހަދައިފަ އެވެ.

"އިންސާނިއްޔަތު ކަމެއް ނެތް" ވާހަކަތަކެއް ދެއްކުމާ ގުޅިގެން ނައިލާގެ ލިޔުންތައް ޝާއިއުކުރާ ނިއު ޔޯކް މެގަޒިނާއި ބްރިޓިޝް ވޯގް މަޖައްލާ އިން އޭނާ ވަކިކުރުމަށް އެތައް ބަޔަކު އަންނަނީ ގޮވައިލަމުންނެވެ. އަދި އޭނާގެ "ރަހުމެއް ނެތް" ޓްވީޓްތަކުގެ ސްކްރީންޝޮޓް ޓްވިޓާގައި ވަރަށް ބޮޑަށް ދައުރުކޮށްފައިވެ އެވެ.

ގިނަ ބަޔަކު ވަނީ ނައިލާ އަށް ދެން ޓްވީޓާ ބޭނުން ނުކުރެވޭ ގޮތް ހެދުމަށް އެތައް ވެސް ގޮވާލައިފަ އެވެ.

އުމުރުން މިހާރު 96 އަހަރުގެ ރާނީ އަވަހާރަވި ނަމައޭ ނައިލާ ބުނި މައްސަލާގައި މަޝްހޫރު އިނގިރޭސި ނޫސްވެރިޔާ އަދި ޓީވީ ޝަހުސިއްޔަތު ޕިއާސް މޯގަން ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އޭނާ ބުނިގޮތުގައި ނައިލާގެ އެ އަމަލަކީ ނޫސްވެރިއެއްގެ ފަރާތުން ފެނިގެންވާނެ ފަދަ ކަމެއް ނޫނެވެ.

ހުކުރު ދުވަހުގެ ރޭ 99 އަހަރުގައި މަރުވި ބަތަލާ ބެޓީ އަކީ އާންމުންގެ ލޯބި ހޯދާފައިވާ ތަރިއެކެވެ.