01 ޖެނުއަރީ 2022
ޒުވާނުންގެ މެދުގައި ފުޓްބޯޅައިގެ ޝައުގުވެރިކަން އުފެއްދުމަށް ކަމަށް ބުނެ އިންޑިއާގެ ގޯއާގައި ޕޯޗްގަލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ސްޓެޗޫއެއް ބެހެއްޓުމުން އެކަމާ ގަޔާނުވެގެން ބައެއް އާންމުންގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދިއްޖެ އެވެ.
ޒުވާނުންގެ މެދުގައި ފުޓްބޯޅައިގެ ޝައުގުވެރިކަން އުފެއްދުމަށް ކަމަށް ބުނެ އިންޑިއާގެ ގޯއާގައި ޕޯޗްގަލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ސްޓެޗޫއެއް ބެހެއްޓުމުން އެކަމާ ގަޔާނުވެގެން ބައެއް އާންމުންގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދިއްޖެ އެވެ.
ރޮލާންޑޯ ބޯޅައެއްގައި ޖެހޭ ތަން ސިފަކޮށްދޭ ގޮތަށް ހަދާފައިވާ ސްޓެޗޫ ބެހެއްޓީ ހުޅަނގު ގޯއާގެ ޕާކެއްގަ އެވެ. އެތަނުގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ މައިކަލް ލޯބޯ ވިދާޅުވީ ރޮނާލްޑޯ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން މި ޖީލުގެ ވަރަށް ގިނަ ބަޔަކު ސަޕޯޓްކުރާ ތަރިއެއް ކަމަށެވެ.
"އެހެންވެ ގޯއާގެ ޒުވާންގެ މެދުގައި ފުޓްބޯޅަ އަށް ލޯބިޖައްސައި ޝައުގުވެރިކަން އުފައްދަން އިންސްޕިރޭޝަނެއްގެ ގޮތުގައި ރޮނާލްޑޯ ބެލުމަށްޓަކައި އޭނަގެ ސްޓެޗޫއެއް ބެހެއްޓީ." އޭނާ ވިދާޅުވި އެވެ.
For the love of football and at the request of our youth we put up Cristiano Ronaldo's statue in the park to inspire our youngsters to take football to greater heights. It was an honour to inaugurate the beautification of open space, landscaping, garden with foundation & walkway. pic.twitter.com/VU5uvlSlMT
— Michael Lobo (@MichaelLobo76) December 28, 2021
ލޯބޯ ވިދާޅުވީ މި ސްޓެޗޫގެ ސަބަބުން ގޯއާގެ ހާއްސަކަން ވެސް އިތުރުވާނެ އެވެ. ރޮނާލްޑޯ ފަދަ ފުޓްބޯޅައިގެ ވަރުގަދަ ޝަހުސިއްޔަތެއްގެ ސްޓެޗޫ ގޯއާގައި ބެހެއްޓުމަކީ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ވެސް މަޝްހޫރު ގޯއާގެ ސްޓޭޓަށް ލިބޭ ފަހުރެއް ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ސްޓެޗޫ ރަސްމީކޮށް ދައްކާލުމާ އެކު، އެކި މީހުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ބައެއް މީހުން ބުނި ގޮތުގައި އެ ގައުމުގެ ޒުވާނުން އެ ކުޅިވަރަށް ލޯބި ޖައްސަން ބޭނުން ނަމަ އިންޑިއާގެ ފުޓްބޯޅަ ތަރިން އިންސްޕިރޭޝަކަށް ދައްކަން މަސައްކަތް ކުރުން މާ ރަނގަޅު ކަމަށެވެ.
I would have to support the concerns raised by Goa's locals who this year celebrated 61 years of independence from their coloniser nation, Portgual. Erecting a statue of a Portuguese hero is a bit insensitive. ?
— Nuzhat Uthmani (@NUthmani) December 29, 2021
Ronaldo statue divides opinion in Indiahttps://t.co/Ydhjo2B9E9
އެހެންވެ ބައެއް މީހުން ބުނީ ރޮނާލްޑޯ ފަދަ ކުޅުންތެރިއެއްގެ ސްޓެޗޫގައި ބަދަލުގައި އިންޑިއާގައި ބަހައްޓަން އެންމެ އައުލާކަން ބޮޑީ ބައިޗުން ބުޓިއާ އާއި ސުނިލް ޗެތުރީ ފަދަ އިންޑިއާގެ ފާހަގަކޮށްލެވޭ ފުޓްބޯޅަ ތަރިންގެ ސްޓެޗޫ ކަމަށެވެ. އަދި ރޮނާލްޑޯ އަކީ ޕޯޗްގަލްގެ ކުޅުންތެރިއަކަށް ވާތީ ވެސް އޭނަގެ ސްޓެޗޫ ގޯއާގައި ބަހައްޓަން ތާއީދުނުކުރާ ކަމަށް ބައެއް މީހުން ބުންޏެވެ. ސަބަބަކީ ގޯއާ އަކީ 450 އަހަރު ވަންދެން ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ދަށުގައި އޮތް ތަނަކަށްވުމެވެ. ގޯއާ އަޅުވެތިކަމުން ސަލާމަތްވީ 1961 ގަ އެވެ.
ބައެއް މީހުން ބުނި ގޮތުގައި ރޮނާލްޑޯގެ ސްޓެޗޫގެ ސަބަބުން އަނެއްކާވެސް "ސިޔާސީ" ފިތުނަވެރިކަމެއް ވެސް އާންމުންގެ ތެރޭގައި އުފެދި ބައިބައިވުމަށް މަގުފަހިވެދާނެ އެވެ.
ރޮނާލްޑޯއަކީ އެންމެ މުހިންމު ކުޅުންތެރިޔާއެއް ނޫން
ބަތަލާ މޯނީ ކައިވެނިކޮށްފި
ރޮނާލްޑޯ އަށް ސޯޝަލް މީޑިއާ އިން އާ ރެކޯޑެއް
ރޮނާލްޑޯ ކުރާ މަސައްކަތް ސިފަކޮށް ނުދެވޭނެ: ވީޓީނިއާ
ބޮލީވުޑް ތަރިންގެ ހާއްސަ ވަގުތުކޮޅެއް ރާއްޖެ އަށް
ޕޯޗުގަލް ލީގުގައި ކޮންމެ ގޯލަކަށް 200 ގަސް އިންދަނީ
ކޭން މިސާލު ނަގަނީ ރޮނާލްޑޯގެ ކެރިއާއިން
އެންމެ ގިނައިން ޓެކްސް ދެއްކި ސެލެބްރިޓީއަކީ ޝާހު
ހިތްދަތި ނަތީޖާއަކުން ރާއްޖެއަށް މުބާރާތް ނިމިއްޖެ
ރޭޕް ކޭސްއާ ގުޅިގެން ތަރިން އިންސާފަށް ގޮވާލަނީ