Roadha Mihaaru
ނަޝާ ކުރިމައްޗެއް ނުލާ، ނަން ހުށަހެޅީ ރާޝިދު

ނަޝާ ކުރިމައްޗެއް ނުލައްވާ، ނަން ހުށަހެޅުއްވީ ރާޝިދު

22 ޑިސެމްބަރ 2021

ރައްޔިތުން މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދުގެ ދަރިކަނބަލުން ނަޝާ ހުސެއިން ވާދަކޮށްދިނުމަށް ބަޔަކު އެދިފައި ވިޔަސް، އެ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަނުކުރައްވަން އޭނާ މިއަދު ނިންމަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައްޔިތުން މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދުގެ ދަރިކަނބަލުން ނަޝާ ހުސެއިން ވާދަކޮށްދިނުމަށް ބަޔަކު އެދިފައި ވިޔަސް، އެ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަނުކުރައްވަން އޭނާ މިއަދު ނިންމަވައިފި އެވެ.

އެހެންވެ، އެމްޑީޕީން ހުޅުވާލާފައިވާ ބައި އިލެކްޝަންގެ ޕްރައިމަރީގައި ބައިވެރިވާން ނަން ހުށަހެޅުއްވީ އެންމެ ބޭފުޅެކެވެ. އެއީ ށ. ފޯކައިދޫ، ޔުނިވާސް، މުހައްމަދު ރާޝިދެވެ. އޭނާއަކީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އެވެ.

ނަޝާ ކުރިމަތިނުލެއްވީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ހުސެއިން އަވަހާރަވުމާ ގުޅިގެން، ކޮމަންޑޫ ދާއިރާގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ފެބުރުއަރީ 5 ގަ އެވެ. އެ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ތަވާލުކޮށްފައި ވަނީ މި މަހު 27 ގަ އެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނެނީ ކޮމަންޑު އާއި ފޯކައިދޫ އަދި މަރޮށްޓެވެ. މި ތިން ރަށުގެ އިޖުތިމާއީ އަދި ތަރައްގީގެ ގިނަ ކަންކަމަށް ހުސައިން ހޭދަކުރައްވާފައިވާ އިރު "ހުސައިންގެ ބައިވެރިވުމެއް ނެތް އެއްވެސް ކަމެއް ނޯންނާނެ ކަމަށް" އޭނާއާ ގުޅޭ ގޮތުން ޝުއޫރުފާޅުކުރި ބައެއް މީހުން ބުނެފައިވެ އެވެ.

ހުސައިން އަވަހާރަވުމުގެ ކުރިން "މިހާރު" އަށް ދެއްވި ފަހު އިންޓަވިއުގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ މި ދައުރުގައި، އަދި މި ވެރިކަން ފެށުނީއްސުރެން ވެސް އޭނާ އަށް ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމަކީ ދާއިރާގެ ރައްޔިތުން ބޭނުންވާ އަސާސީ ކަންކަން ފުދި، އެ ކަމުން ރައްޔިތުންނަށް ލިބޭ އުފާވެރިކަން ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި އަށް އެމްޑީޕީގެ އިތުރުން ދެން ވާދަކުރަނީ އިދިކޮޅު ޕީޕީއެމާއި އެމްއެންޕީންނެވެ. މި ދެ ޕާޓީން ވެސް ވަނީ އެ ދާއިރާގެ ޓިކެޓުގެ ޕްރައިމަރީ އަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ.