Roadha Mihaaru
ވަޒީރުންނާއެކު އެމްޑީޕީގެ ބޮޑު ވަަފުދެއް ކޮމަންޑު އަށް

ޝާހިދާއި މާރިޔާއާއެކު އެމްޑީޕީގެ ބޮޑު ވަފުދެއް ކޮމަންޑު އަށް

12 ޖެނުއަރީ 2022

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއެކު އެމްޑީޕީގެ ބޮޑު ވަފުދެއް ށ. ކޮމަންޑު އަށް މިއަދު ފުރާވަޑައިގެންފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއެކު އެމްޑީޕީގެ ބޮޑު ވަފުދެއް ށ. ކޮމަންޑު އަށް މިއަދު ފުރާވަޑައިގެންފި އެވެ.

ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން، އަންނަ މަހުގެ ފަހެއްގައި ބާއްވާ އެ ދާއިރާގެ ބައި-އިލެކްޝަން ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ވަފުދެއް މިދިޔަ ހަފުތާ ތެރޭގައި ވެސް އެ ދާއިރާ އަށް ވަޑައިގަތެވެ. އަދި އެ އިންތިހާބު ބޯމަތިވެފައި ވަނިކޮށް، ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ކޮމަންޑޫ ދާއިރާ އަށް ހާއްސަ ކޮށްގެން ވަނީ އިއުލާނު ކޮށްފަ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ފޯރި ގަދަވެފައި ވަނިކޮށް، މިއަދު ހެނދުނުގެ ވަގުތެއްގައި ފޮރިން މިނިސްޓަރު ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާއާއެކު އެމްޑީޕީގެ އިސް މެންބަރުންތަކެއް ކަމަށްވާ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) އާއި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު ވެސް ވަނީ ކޮމަންޑޫ ދާއިރާ އަށް ފުރާވަޑައިގެންފަ އެވެ.

އދ. ގެ 76 ވަނަ ސެޝަންގެ ރައީސްގެ މަގާމު ފުރުއްވާ ޝާހިދު ރާއްޖެ ވަޑައިގެން އުޅުއްވަނީ، އޭނާގެ ދައުވަތަކަށް މި ހަފުތާގައި ރާއްޖެ ވަޑައިގެންނެވި ޗައިނާގެ ހާރިޖީ ވަޒީރަށް މަރުހަބާ ދެންނެވުމަށެވެ. ކުރީ ފަހަރާ ހިލާފަށް މި ފަހަރު ޝާހިދު ރާއްޖެ ވަޑައިގަތީ ހާރިޖީ ވަޒީރުގެ މަގާމުގެ ހައިސިއްޔަތުން ކަމަށް ވާތީ، އޭނާ ގެންދަވަނީ މަގާމާ ގުޅޭ ރަސްމީ ކަންކަމާއި އެމްޑީޕީގެ ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ކުރިން ފުރުއްވި ވިޔަފާރިވެރިޔާ ހުސައިން ވަހީދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޝާހިދު އަދި އެެމްޑީޕީގެ ވަރަށް ގިނަ އިސްބޭފުޅުންގެ ވަރަށް ގާތް އެކުވެރިއެކެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން އަށް އެމްޑީޕީގެ އިސް މެންބަރުންނާއި ބައެއް ވަޒީރުން އެ ދާއިރާ އަށް ކުރައްވާ ދަތުރުގެ ތެރެއިން--

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން އަށް އެމްޑީޕީގެ އިސް މެންބަރުންނާއި ބައެއް ވަޒީރުން އެ ދާއިރާ އަށް ކުރައްވާ ދަތުރުގެ ތެރެއިން--

އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާއަށް ވާދަ ކުރައްވާ މުހައްމަދު ރާޝިދަށް ކެމްޕެއިން ކޮށްދިނުމަށް ސަރުކާރުން ގިނަ ވައުދުތަކެއް ވެސް ވަނީ އެ ދާއިރާ އަށް ވެފަ އެވެ. އޭގެ ތެރޭގައި ދެ ކޮމަންޑޫ ގުޅައިލުމާއި ކޮމަންޑޫ ކައިރީ ރިސޯޓެއް ތަރައްގީ ކުރުމާއި ފޯކައިދޫ ބިން ހިއްކާ ގޯތި ދިނުމުގެ ވައުދު ހިމެނެ އެވެ.

ކޮމަންޑު އާއި އެ ރަށް ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ މަތި ކޮމަންޑޫ ގުޅައިލުމުގެ އަމަލީ މަސައްކަތް ފެއްޓެވުމަށް އަންނަ ހުކުރު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެ ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. ސަރުކާރުން ރާވާފައި ވަނީ އެ މަޝްރޫ ވެސް މަހެއް ތެރޭގައި ނިންމައިލުމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވާދަވެރިކަން ބޮޑުވެފައިވާއިރު އެމްޑީޕީގެ އިތުރުން އިދިކޮޅު ޕާޓީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އަދި އެމްއެންޕީން އަބްދުލްހަންނާން އިދުރީސް ވެސް ވާދަކުރައްވަ އެވެ.