ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 13) - ސީރިއާގެ ހަލަބު ސިޓީގައި އާއްމުންނަށް ދޭ އަނިޔާތަކާ މެދު އިންތިހާ އަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ-މޫން ވިދާޅުވެއްޖެ އެވެ.
13 ޑިސެމްބަރ 2016
ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 13) - ސީރިއާގެ ހަލަބު ސިޓީގައި އާއްމުންނަށް ދޭ އަނިޔާތަކާ މެދު އިންތިހާ އަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ-މޫން ވިދާޅުވެއްޖެ އެވެ.
ހަލަބުގެ އާއްމުން ސަލާމަތް ކުރުމަށް ސަރުކާރު ސިފައިން ޚާއްސަ ގޮތެއްގައި މަސައްކަތް ކުރުމަށް ބާން ވަނީ އެދިވަޑައިގެންފަ އެވެ. ބާން ކީ މޫންގެ ތަރުޖަމާން ސްޓެފަން ޑުޖަރިކް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހަލަބުގެ އަންހެނުންނާއި ކުޑަކުދިންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ މެދު ސެކްރެޓަރީ ޖެނެރަލް ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ހަލަބު ސިޓީގައި ސަރުކާރު ސިފައިން ކާމިޔާބީ ފާހަގަކުރާ މަންޒަރުތައް އެ ގައުމުގެ ސަރުކާރު ޓީވީން ވަނީ ދައްކާފައި. --ފޮޓޯ:އޭއެފްޕީ
ސީރިއާގެ ހަލަބުން އާއްމުން ނެރުމަށް އެހީވުމަށް މަސައްކަތްކުރާ އެމެރިކާ ސިފައިންގެ އޮފިޝަލަކު ބުނީ ހަލަބަށް ދޭ ބޮމުގެ ހަމަލާތަކުގައި 50،000 އާއްމުން ތާށިވެފައި އެބަތިބި ކަމަށެވެ. ހަލަބުގައި ހާލުގައި ޖެހިފައި ތިބި މީހުންނާ ބެހޭ ގޮތުން ސީރިއާ ސަރުކާރު އަދި ވައިގެ ހަމަލާތައް ދޭ ރަޝިޔާ އިން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.
އދ.ގެ އިންސާނީ އެހީއާ ބެހޭ އެޑްވައިޒަރު ޖޭން އެގެލޭންޑް ވިދާޅުވީ ހަލަބުގެ އާއްމުންނަށް ލިބޭ ހުރިހާ ގެއްލުމެއްގެ ޒިންމާ އުފުލަން ޖެހޭނީ ސީރިއާ ސަރުކާރާއި ރަޝިޔާ އިން ކަމަށެވެ.
ހަލަބުގެ އިދިކޮޅު ހަނގުރާމަވެރިންގެ މައްޗަށް ސަރުކާރު ސިފައިން ވަރަށް އަވަހަށް ކާމިޔާބު ހޯދާނެ ކަމަށް ވަނީ ބުނެފައި. --ފޮޓޯ:ރޮއިޓާސް
ހަލަބަށް ސަރުކާރު ސިފައިން ދޭ ހަމަލާތަކުގައި އިދިކޮޅު ހަނގުރާމަވެރިން ބަލިވުމުގެ މަގުމަތީގައިވާ ކަމަށް ސަރުކާރުގެ ސެކިއުރިޓީ ކޮމިޓީގެ އޮފިޝަލެއް ކަމަށްވާ ލެފްޓިނެންޓް ޖެނެރަލް ޒައިދު އަލް ސާލިހު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިދިކޮޅު ހަނގުރާމަވެރިންނަށް ވަގުތެއް ނެތް ކަމަށާއި އެ މީހުންނަށް އޮތީ އަމާން ދިނުން ނޫނީ މަރުވެ ދިއުން ކަމަށެވެ. ސީރިއާ ސަރުކާރު ޓީވީން ވަނީ ހަލަބުގެ ކާމިޔާބީ ސަރުކާރު ސިފައިން ފާހަގަ ކުރަމުންދާ މަންޒަރުތައް ދައްކައިފަ އެވެ.
ސީރިއަން އޮބްޒަވޭޓަރީން ބުނީ ނޮވެމްބަރު 15 އިން ފެށިގެން ހަލަބުގެ އާއްމުންގެ ތެރޭން 415 އަދި އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭން 364 މީހުން މަރުވެފައިވާ ކަމަށެވެ.
ހަލަބަށް އޮބްޒާވަރުން ފޮނުވަން ރަޝިޔާ ދެކޮޅު
ސީރިއާގެ އަސްކަރީ މަރުކަޒަކަށް އިޒްރޭލުން ހަމަލާދީފި
ސީރިިއާގެ ބަހަށް ދިން ހަމަލާގައި 112 މީހުން މަރު
ހަލަބުގެ މިސްކިތަކަށް ވައިގެ ހަމަލާދީ 42 މަރު
ހަލަބު މިނިވަން ކުރުމަކީ އަސަދުގެ ވެރިކަން ނުވެއްޓޭނެކަމުގެ ހެއްކެއް
ދިރިހުރުމާއި މަރުގެ ވަގުތުތައް ސީރިއާ އިން ޓްވިޓްކުރި ކުއްޖާ ސިފަކޮށްދީފި
ހަލަބުގެ ފުރިހަމަ ކޮންޓްރޯލް ސީރިއާ ސިފައިން ހޯދައިފި
ހަލަބުން ޓްވީޓް ކުރި ކުއްޖާއާ އުރުދުޣާން ބައްދަލުކޮށްފި
ހަލަބުން ޓްވީޓްކުރި ކުއްޖާ އަށް ތުރުކީން ގެ ދެނީ
ހަލަބުގައި ތިބި މަދު ހަނގުރާމަވެރިން ނުކުތުމަށް އިންޒާރު ދީފި