Roadha Mihaaru
ކޮވިޑުން ރައްކާތެރިވުމަށް ނެދަލޭންޑް ފުރަބަންދަކަށް

ކޮވިޑުން ރައްކާތެރިވުމަށް ނެދަލޭންޑް ފުރަބަންދަކަށް

19 ޑިސެމްބަރ 2021

ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދާތީ، އެކަމާ ދެކޮޅަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން ނެދަލޭންޑް ފުރަބަންދުކޮށްފި އެވެ.

ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދާތީ، އެކަމާ ދެކޮޅަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން ނެދަލޭންޑް ފުރަބަންދުކޮށްފި އެވެ.

ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާފައިވާ ނިންމުން ތަންފީޒުކުރުން ނެދަލޭންޑް ސަރުކާރުން މިއަވަސްކުރީ، އޮމިކްރޯން ބާވަތުގެ ވައިރަހުން ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާތީ އެވެ.

މިއަދުން ފެށިގެން ފުރަބަންދުގެ ހާލަތަށް އަމަލުކުރަން ފެށުމުން، ޒަރޫރީ ބޭނުމެއްގައި ނޫނީ ވިޔަފާރިކުރާކަށް ނުނިކުމެވޭނެ އެވެ. ބާތަކާއި ޖިމްތަކާއި ބޯކޮށާ ތަންތަނާއި އާންމުން އެއްވެ އުޅޭ ތަންތަން މިއަދުން ފެށިގެން ޖެނުއަރީ 14ގެ ނިޔަލަށް ބަންދުވާނެ އެވެ. އަދި ކޮންމެ ގެއަކުން ވެސް ހަފުތާ ބަންދުގައި ނުކުމެވޭނީ ގިނަވެގެން ދެ މީހުންނަށެވެ. ބޮޑުވަޒީރު މާކް ރޫޓް ވިދާޅުވި ގޮތުގައި މިފިޔަވަޅުތައް ނާޅައި ފަރުޖެހޭކަށް މިހާރަކު ނެތެވެ.

ކޮވިޑް ޖައްސާ އެހެން ބާވަތުގެ ވައިރަސްތަކަށް ވުރެ، އޮމިކްރޯން ބާވަތުގެ ވައިރަސް ފެތުރޭ މިންވަރު މާބޮޑަށް ހަލުވިކަމަށް ދިރާސާތަކުން ދައްކާތީ، ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވިލާތުގެ ގައުމުތަކުގައި އަންނަނީ ހަރުކަށި ކުރަމުންނެވެ.

ފުރަބަންދުގެ ހާލަތު އިއުލާން ކުރައްވައި އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވަމުން، ބޮޑުވަޒީރު ވިދާޅުވީ ފުރަބަންދުގެ ހާލަތު އިއުލާން ކޮށްފައި އޮންނަ ދުވަސްވަރު، ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ވީހާ ގިނަ ވަގުތު ބޭރަށް ނުނިކުމެ ގޭގައި ތިބުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

ފުރަބަންދުގެ ހާލަތުގައި އެއްފަހަރާ ގޭގެއަށް ޒިޔާރަތްކޮށް އުޅެވޭނީ އެއް ގެއަކަށް އެއްފަހަރާ ދެ މީހުންނަށެވެ. އަދި ކުރިއަށް އޮތް ކްރިމަސް ތެރޭގަޔާއި އައު އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުން އެއްފަހަރާ ހަތަރު މީހުންނަށް އެއްވެ އުޅެވޭނެ އެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި މިހާރުގެ ހާލަތުގައި އާންމު އެއްވުންތަކެއް ނޯންނާނެ އެވެ. ނަމަވެސް ޖަނާޒާތަކާއި، ބެލުންތެރިން ނުވައްދައި ބާއްވާ ކުޅިވަރު މުބާރާތްތައް ހަފުތާ ބަންދުގައި އޮންނަ ތަރުކާރީ އާއި މޭވާގެ ބާޒާރު ކުރިއަށް ދާނެ އެވެ. އެ ބާޒާރަށް ވެސް ދެވޭނީ ގެއަކުން ދެ މީހުންނަށެވެ.

ރެސްޓޮރަންޓްތަކުން ދެވޭނީ ޓޭކަވޭގެ ހިދުމަތް އެކަންޏެވެ. އަދި ޖެނުއަރީ 9 ވަނަ ދުވަހާ ހަމައަށް ސްކޫލްތައް ބަންދުވާނެ އެވެ.